Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ބެލްޖިއަމް އަތުން ބައި ކޮޅަށް ވަތް ލަނޑާއެކު، ފްރާންސް ކުއާޓާ ފައިނަލަށް

1 ޖުލައި 2024 | ހޯމަ 19:31

މެޗުގެ 85 ވަނަ މިނެޓުގައި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅަ، ގޯލަށް ވަނީ ބެލްޖިއަމްގެ ޑިފެންޑަރު ޔާން ވެޓޮންގަންގެޔާން ވެޓޮންގަންގެ ގައިގައި ޖެހިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2024 | ހޯމަ 19:31
މެޗުގައި ލީޑު ލިބުމުން ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލީޑު ލިބުމުން ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ބެލްޖިއަމް އަތުން ބައި ކޮޅަށް ވަތް ލަނޑާއެކު، ފްރާންސް އިން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-0 އިންނެވެ.

މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ފްރާންސްއާ ދެކޮޅަށް ލީޑު ނަގަން ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ފްރާންސްގެ ގޯލު އޭރިޔާ ކުރިމަތިން ޑި ބްރޭނާ ފޮނުވާލި ބާރު ހަމަލާ، ފްރާންސްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ އަށް އެ ފުރުަސަތުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. މިއަހަރުގެ ޔޫރޯ ގައި ލުކާކޫ ޖެހި ތިން ލަނޑެއް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގައި ފްރާންސް އަށް ލީޑު ލިބުނީ ވެސް އެންމެ ފަހު ވަގުތު އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅަ، ގޯލަށް ވަނީ ބެލްޖިއަމްގެ ޑިފެންޑަރު ޔާން ވެޓޮންގަންގެޔާން ވެޓޮންގަންގެ ގައިގައި ޖެހިފަ އެވެ. އެ ބޯޅަ ދިފާއު ކުރުމަށް ބެލްޖިއަމްގެ ގޯލު ކީޕަރަށް އުނދަގޫވީ ވެސް އެހެންވެ އެވެ.

ފްރާންސް އިން ލީޑު ނެގި ފަހުން ވެސް، ބެލްޖިއަމް އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ބެލްޖިއަމް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ ޕޯޗުގަލް އާއި ސްލޮވޭނިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
11 ސެޕްޓެމްބަރު 2025

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ
10 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި
06 ސެޕްޓެމްބަރު 2025

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
18 ނޮވެމްބަރު 2024

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް
18 ނޮވެމްބަރު 2024

އިސްރާއީލް އިން ބެލްޖިއަމް ބަލިކޮށްފި

18 ނޮވެމްބަރު 2024
އިސްރާއީލް އިން ބެލްޖިއަމް ބަލިކޮށްފި
14 އޮކްޓޯބަރު 2024

އެމްބާޕޭގެ ދިފާއުގައި ޑެޝޯމްޕްސް ވާހަކަ ދައްކައިފި

14 އޮކްޓޯބަރު 2024
އެމްބާޕޭގެ ދިފާއުގައި ޑެޝޯމްޕްސް ވާހަކަ ދައްކައިފި
01 އޮކްޓޯބަރު 2024

ފްރާންސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ގްރީޒްމަން ނިންމައިފި

01 އޮކްޓޯބަރު 2024
ފްރާންސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ގްރީޒްމަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް