Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ 10 ކުޑަ ކުއްޖެއްގެ ފައެއް ނުވަތަ ދެފައި ގެއްލޭ: އދ.

20،000ށް ވުރެ ގިނަ ކުޑަކުދިން ވަނީ ވީނުވީ އެއް ނޭގި ގެއްލިފައެވެ.

ރާއްޖެ އެމްވީ | 26 ޖޫން 2024 | ބުދަ 10:41
ގާޒާގައި ފާއިތުވި އަށެއްކަ މަސްދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި އެތައް ހާސް ކުޑަކުދިންނެއް ވަނީ މަރުވެފައި

ގާޒާގައި ފާއިތުވި އަށެއްކަ މަސްދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި އެތައް ހާސް ކުޑަކުދިންނެއް ވަނީ މަރުވެފައި

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ 10 ކުޑަ ކުއްޖެއްގެ ފައެއް ނުވަތަ ދެފައި ގެއްލޭ ކަމަށް އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ ވެރިޔާ ފިލީޕް ލައްޒަރީނީ ވިދާޅުވެއްޖެއެވެ.

ލައްޒަރީނީ މިހެން ވިދާޅުވީ، އަންގާރަ ދުވަހު ޖެނީވާގައި އޮތް ނޫސް ކޮންފަރެއްސެއްގައި އިޒްރޭލުން ފަލަސްތީނުގެ ގަޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ކުދިންނެއްގެ އަތްފައި ގެއްލިފައިވާ އިރު، ޔުނިސެފް އިން އެއްކޮށްފައިވާ މައުލޫމާތުގެ އަލީގައި ވާހަކަ ދައްކަވަމުން ލައްޒަރީނީ ވިދާޅުވީ، އޭނާ މި ހާމަ ކުރެއްވި ތަފާސް ހިސާބުގައި އަތެއް ނުވަތަ ދެ އަތް ގެއްލޭ ކުދިން ނުހިމެނޭ ކަމަށެވެ.

ގާޒާގައި ފާއިތުވި އަށެއްކަ މަސްދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި އެތައް ހާސް ކުޑަކުދިން މަރުވެ، އެތައް ހާސް ކުދިންނަށް އެކި ވަރުގެ ޒަޚަމްތައް ލިބުމުގެ އިތުރުން، 21،000ށް ވުރެ ގިނަ ކުދިން ވީ ނުވީ އެއް ނޭގި ގެއްލިފައިވާ ކަމަށް ސޭވް ދަ ޗިލްރެން އިން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

އެ ޖަމާއަތުން ބުނީ އެތައް ކުދިންނެއް ފުނޑުވި އިމާރާތްތަކުގެ ދަށުވެފައި ވެދާނެ ކަމަށާއި، ނުވަތަ ކާކު ކަން އެނގެން ނެތް ގޮތައް ވަޅުލެވިފައި ވެދާނެ ކަމަށާއި، ނުވަތަ އިޒްރޭލުން ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް ވެދާނެ ކަމަށެވެ.

އަނެއްކޮޅުން ކާނާ އާ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން އެތައް ކުޑަކުދިންގެ ސިއްހީ މައްސަލަތައް ގާޒާގައި ބޮޑުވެފައި ވާއިރު، އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނެފައިވަނީ އިންތިހާ އަށް ހޫނު ގަދަ މި ދުވަސްވަރު، ފެންފޮދެއް ހޯދަން ކިއުގައި ކުޑަކުދިން އެތައް ގަޑީއިރެއް ހޭދަ ކުރަން ޖެހޭ ކަމުގައެވެ. މީރު ފެން ލިބުން ދަތިވުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާ މޫދު ލޮނު ޒަރޫރީ ކަންކަންކަމަށް ގާޒާގެ އާއިލާ ތަކުން ބޭނުން ކުރަންޖެހިފައވާ ކަމަށްވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

25 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު