Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުން ގާޒާގެ އާއްމުން ދިރިއުޅޭ ތަންތަނަށް ހަމަލާދީ 27 ފަލަސްތީން މީހުން މަރާލައިފި

ހަމަލާ ދިން އެއް ގެއަކީ ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާގެ އާއިލީ މެމްބަރުން ދިރިއުޅޭ ގެއެއް.

ރާއްޖެ އެމްވީ | 26 ޖޫން 2024 | ބުދަ 02:47
އިޒްރޭލުގެ ހަނގުރާމަތީ މަތިންދާ ބޯޓު ތަކުން އަންގާރަ ދުވަހު ޓާގެޓް ކޮށް ހަމާލާ ދިން އެއް ގެއަކީ ހަމާސްގެ ވެރިޔާ ހަނިއްޔާގެ އާއިލީ މެމްބަރުން ދިރިއުޅޭ ޝާތީ ކޭމްޕްގައި ހުރި ގެއެއް ކަމަށް ޚަބަރުތައް ބުނޭ

އިޒްރޭލުން ވައިގެ މަގުން ގާޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީ ފަލަސްތީނުގެ 27 މީހުން މަރާލައިފި ކަމަށް ގާޒާގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފިއެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާގެ ދައްތަ ހިމެނޭ ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

އިޒްރޭލުގެ ހަނގުރާމަތީ މަތިންދާ ބޯޓު ތަކުން އަންގާރަ ދުވަހު ޓާގެޓް ކޮށް ހަމާލާ ދިން އެއް ގެއަކީ ހަމާސްގެ ވެރިޔާ ހަނިއްޔާގެ އާއިލީ މެމްބަރުން ދިރިއުޅޭ ޝާތީ ކޭމްޕްގައި ހުރި ގެއެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި ހަމަލާގައި 10 މީހުން މަރުވި އިރު އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ހަނިއްޔާގެ އާއިލީ މެމްބަރުންނެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖޭންސީން ބުނެފައިވާ ގޮތުގައި، ގާޒާގެ މެދުތެރޭން އަލް-މަޣާޒީ ރެފިއުޖީ ކޭމްޕުގައި މީހުން ދިރިއުޅޭ ތަނަކަށް ހޯމަ ދުވަހު ދިން ހަމަލާއެއްގައި އާއްމުންގެ 5 މީހުން މަރުވި އިރު އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުރުން ދެކުނު ގާޒާގެ ޚާން ޔޫނިސްގެ އިރުން އޮންނަ ބަނީ ސުހެއިލާ ސަރަހައްދަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 10 މީހުން މަރުވެފައިވެއެވެ.

ގާޒާގެ ރަފަހް ސިޓީ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި 2 މީހުން ވަނީ މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ހޯމަ ދުވަހު ޝެއިޚް އިޖްލިން އާއި ބައިތު ލާހިއާ ވެސް އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ހަމާލާ ދިން ކަމަށް ރިޕޯޓް ތައް ބުނެއެވެ.

އަނެއްކޮޅުން އެއްގަމު މަގުން ރަފަހްގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުގެ ޓޭންކުތަކުން ވަދެގަނެ އެ ސަރަހައްދުގައި އާއްމުން އުޅޭ އެތައް ގެއެއްގައި އިޒްރޭލް ސިފައިންވަނީ ހުޅު ޖަހާ އަންދާލާފައެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުން 37،626 މީހުން ވަނީ މަރުވެފައެވެ. އަދި 86،098 މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންނާ ޒަޚަމްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އަންހެނުން ހިމެނެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު