Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވިކިލީކްސްގެ ބާނީ ޖަލުން ދޫކޮށްލުން

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސިވިލާތުގެ މެކްސިމަމް ސެކިއުރިޓީ ޖަލުން ދޫކޮށްލައިފި

ދޫކޮށްލީ ކުށަށް އިއުތިރާފް ވާނެ ކަމަށް އެއްބަސްވުމުން. ބުދަ ދުވަހު އެމެރިކާގެ ކޯޓަކަށް އަސާންޖް ހާޒިރުވާނެ. އަސާންޖް ގެ މައްޗަށް ކުރާ ހުކުމުގެ މުއްދަތައް ޖަލުގައި މިހާރުވެސް ވަނީ ދުވަސްތައް ހޭދަކޮށް ނިމިފައި.

ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 10:53
ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް

މަޝްހޫރު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސި ވިލާތުގެ މެކްސިމަމް ސެކިއުރިޓީ ޖަލުން ހޯމަ ދުވަހު ދޫކޮށްލައިފިއެވެ.

އުމުރުން 52 އަހަރުގެ އަސާންޖް އިނގިރޭސިވިލާތުގެ އެންމެ މަތީ ސެކިއުރީ ޖަލު ކަމުގައިވާ ބެލްމާރޝް ޖަލުގެ ބަންދުން ދޫކޮށްލުމާއެކު އޭނާ ވަނީ އޮސްޓްރޭލިއާގެ އަމިއްލަ ވަޒަނަށް ދިއުމަށް ވަގުތުން ދަތުރުފަށާފައެވެ.

އަސާންޖް އިނގިރޭސިވިލާތުން ދޫކޮށްލީ އޭނާގެ މައްޗަށް ކުރެވިފައިވާ އެމެރިކާގެ ޖާސޫސް ކުރުމާބެހޭ ގާނޫނާ ޚިލާފަށް ސިއްރު މައުލޫމާތު އާއްމު ކުރި ކަމަށް ކުރެވޭ ތުހުމަތައް ކޯޓުގައި އިއުތިރާފް ވާނެ ކަމަށް އެއްބަސްވުމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ޕެސިފިކް ސަރަހައްދުގައި އޮންނަ އެމެރިކާގެ ޓެރިޓަރީ އެއް ކަމަށްވާ ސައިޕަންގެ ކޯޓަށް ބުދަ ދުވަހު ހާޒިރުވާނެއެވެ. ކުށަށް އިއުތިރާފް ވުމާއެކު އަސާންޖް ގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ، 62 މަސް ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު މިހާރުވެސް ޖަލުގައި ހޭދަކޮށް ހަމަކޮށްފައިވާތީ ހުކުމް ކުރުމުން އޭނާ އަށް އިތުރު ޖަލު ބަންދަކަށް ދާކަށް ނުޖެހޭނެއެވެ.

"އަސާންޖް މިނިވަން ވެއްޖެ" އެކްސްގައި ވިކިލީކްސް އިން "އެކްސް" ގައި އާއްމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

"24 ޖޫން ގައި ބެލްމާޝް މެކްސިމަމް ސެކިއުރިޓީ ޖަލުގައި 1901 ދުވަސް ހޭދަ ކުރުމަށް ފަހު އަސާންޖް ޖަލުން ނުކުމެއްޖެ. ލަންޑަންގެ ހައިކޯޓުން އަސާންޖް އަށް ކަފާލާތު ހަމަޖައްސެމުން ސްޓެންސްޓެޑް އެއަރޕޯޓް އާ ހަމައިން އޭނާ ވަނީ މިނިވަންކޮށް ދޫކޮށްލާފައި، އެތަނުން އަސާންޖް އިނގިރޭސި ވިލާތުން ފުރާނެ."

އަސާންޖް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ޕްރައިވެޓް ޖެޓަށް އެރުމުގެ ކުރިން ލިޔެކިޔުންތަކެއްގައި ސޮއި ކުރާ މަންޒަރު ދައްކައިދޭ ވީޑިއޯ އެއްވެސް ވިކިލީކްސް އިން ވަނީ އާއްމު ކޮށްފައެވެ.

އަސާންޖް ދަތުރު ކުރާ ބޯޓު ބެންކޮކް އަށް ގޮސް ތެޔޮ އަޅައިގެން ދެން ދާނީ ކޯޓަށް ހާޒިރުވުމަށް އެމެރިކާގެ ޓެރިޓަރީ އަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އަސާންޖް މަޝްހޫރުވީ 2006 ވަނަ އަހަރު، ވަކި މީހަކު ނޭގޭ ގޮތައް ސިއްރު މައުލޫމާތާއި ވީޑިއޯ ފޮނުވޭ ގޮތައް އޮންލައިން ވިސްލްބްލޯވަރ ޕްލެޓްފޯމެއް ވިކިލީކްސް ގެ ނަމުގައި އުފެއްދުމާ ގުޅިގެންނެވެ.

ވިކިލީކްސް ދުނިޔޭގެ ސަމާލުކަމަށް އައީ އިރާގުގައި އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރަކުން ހަމަލާދީ އާންމުންގެ އެތައް ބަޔަކާ ދެ ނޫސްވެރިއަކު މަރާލި ވީޑިއޯ ލީކު ކޮށްލި ހިސާބުންނެވެ. އެއާއެކު 2010 ވަނަ އަހަރު އެމެރިކާ އިން އިރާގް އާއި އަފްޣާނިސްތާނުގައި ހިންގި ހަނގުރާމައިގެ ސިއްރު އެތައް ހާސް ލިޔެކިޔުންތައް ލީކު ކޮށްލުމާއެކު މުޅި ދުނިޔޭގެ މަގްބޫލުކަން ވިކިލީކްސް އަށް ލިބިގެން ދިޔައެވެ.

ވިކީލީކްސްޖޫލިއަން އަސާންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކީލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އާސާންޖް އެމެރިކާއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވެއްޖެ

ވިކީލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އާސާންޖް އެމެރިކާއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވެއްޖެ

17 ޖޫން 2022
ބެއިލް ސްކިޕް ކުރުމުން ޖޫލިއަން އަސާންޖް 50 ހަފްތާއަށް ޖަލަށްލުމަށް ހުކުމްކޮށްފި

ބެއިލް ސްކިޕް ކުރުމުން ޖޫލިއަން އަސާންޖް 50 ހަފްތާއަށް ޖަލަށްލުމަށް ހުކުމްކޮށްފި

01 މެއި 2019
އަސާންޖް އެމްބަސީ ބޭނުންކުރީ ޖާސޫސުކުރަން: އިކުއެޑޯ

އަސާންޖް އެމްބަސީ ބޭނުންކުރީ ޖާސޫސުކުރަން: އިކުއެޑޯ

15 އެޕްރީލު 2019
ވިކީލީކްސްގެ ފައުންޑަރ އަސާންޖް ހައްޔަރުކޮށްފި

ވިކީލީކްސްގެ ފައުންޑަރ އަސާންޖް ހައްޔަރުކޮށްފި

11 އެޕްރީލު 2019
ޔޫއޭއީގައި ޖަލަށް ލާފައިވާ އިނގިރޭސިވިލާތުގެ ދަރިވަރަށް މައާފު ދީފި

ޔޫއޭއީގައި ޖަލަށް ލާފައިވާ އިނގިރޭސިވިލާތުގެ ދަރިވަރަށް މައާފު ދީފި

27 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު