Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޫލިއަން އެމެރިކާއާ ހަވާލުކުރުން

ވިކީލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އާސާންޖް އެމެރިކާއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވެއްޖެ

އޭނާ ހައްޔަރުކޮށްފައިވަނީ ފާރަލައިގެން މައުލޫމާތު ހޯދާ ކަމުގެ ތުހުމަތުގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖޫން 2022 | ހުކުރު 14:09
ވިކީލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އާސާންޖް

ވިކީލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އާސާންޖް

ވިކީލީކްސްގެ ކޯ ފައުންޑަރ ޖޫލިއަން އާސާންޖް އެމެރިކާއާ ހަވާލުކުރަން އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ނިންމަވައިފިއެވެ.

ޖޫލިއަން އާސާންޖް އެމެރިކާއާ ހަވާލުކުރަމް އިނގިރޭސިވިލާތުން ނިންމައި މިކަމުގެ އަމުރުގައި ޕަޓޭލް ސޮއިކޮށްފައިވާއިރު، މި ނިންމާއެކު ފާރަލައިގެން މައުލޫމާތު ހޯދާފައިވާތީ އެމެރިކާއިން އޭނާއާއި ދެކޮޅަށްފިޔަވަޅުތަކެއް އަޅާނެއެވެ. އެގައުމުގެ ސުޕްރީމް ކޯޓުން މި ކޭސް ހޯމް ސެކްރެޓަރީއަށް ފޮނުވާފައިވަނީ މިދިޔަ މަހުއެވެ.

ޕަޓޭލްގެ މި ނިންމުމާއެކު ވިކީ ލީކްސްއިން ވަނީ ވަގުތުން ސްޓޭޓްމަންޓްއެއް ނެރެފައެވެ. އަދި މި ނިންމުން ބަދަލުކުރަން ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ. މިއީ ފެށުމެއް ކަމަށާއި، ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގައި ވިކީ ލީކްސްއިން ވަނީ ބުނެފައެވެ.

ޖޫލިއަން އާސާންޖް އަކީ ކުށްވެރިއެއް ނޫން ކަމަށާއި، އޭނާ ކުށެއް ކޮށްފައިވެސް ނުވާކަމަށް ވިކީ ލީކްސްއިން ބުނެފައިވެއެވެ. އޭނާއަކީ ނޫސްވެރިއެއް ކަމަށާއި، އޭނާއަށް އަދަބު ދެވިގެން އެދަނީ ވަޒީފާގެ ސަބަބުން ކަމަށް ވިކީ ލީކްސްއިން ބުނެފައިވެއެވެ.

މިކަމުގައި ރަނގަޅު ގޮތް ނިންމުމުގެ ބާރު ޕްރިޓީ ޕަޓޭލްގެ އަތްމަތީގައި އޮތްއިރު އޭނާ މި ނިންމި ނިންމުމުގެ ސަބަބުން، އެމެރިކާއިން އިންވެސްޓިގޭޓިވް ޖަރނަލިޒަމްއަކީ ކުށަކަށް ހެދުމަށް ކުރާ މަސައްކަތަށް އެހީވެދޭ މީހަކަށް އޭނާ ވެގެންދާނެ ކަމަށް ވިކީލީކްސްއިން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ޖޫލިއަން މިވަގުތު ހުރީ ލަންޑަންގައި ހުންނަ ބެލްމަރޝް ޖަލުގައެވެ. ވިކީ ލީކްސްއިން ގެންދަނީ ގައުމުތަކުގެ އެތެރޭގެ ސިއްރުތައް ހޯދައި، މުޅި ދުނިޔެއަށް ހާމަކުރަމުންނެވެ.

ވިކީލީކްސް

އިތުރަށް ކިޔާލަން

25 ޖޫން 2024

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސިވިލާތުގެ މެކްސިމަމް ސެކިއުރިޓީ ޖަލުން ދޫކޮށްލައިފި

25 ޖޫން 2024
ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސިވިލާތުގެ މެކްސިމަމް ސެކިއުރިޓީ ޖަލުން ދޫކޮށްލައިފި
21 ޑިސެމްބަރު 2017

އެމެރިކާއާއި ދެކޮޅު ވުމަކީ ބޭނުންކަމެއް ނޫން: ބަހްރައިން

21 ޑިސެމްބަރު 2017
އެމެރިކާއާއި ދެކޮޅު ވުމަކީ ބޭނުންކަމެއް ނޫން: ބަހްރައިން
18 ޑިސެމްބަރު 2017

ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް

18 ޑިސެމްބަރު 2017
ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް
09 ޑިސެމްބަރު 2017

އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން

09 ޑިސެމްބަރު 2017
އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން
09 ޑިސެމްބަރު 2017

ޤުދުސްއަށް އެމްބަސީ ބަދަލުކުރާ މައްސަލައިގައި ސަލާމަތީ މަޖިލީހުގެ އަޣުލަބިއްޔަތު އެމެރިކާއާ ދެކޮޅަށް!

09 ޑިސެމްބަރު 2017
ޤުދުސްއަށް އެމްބަސީ ބަދަލުކުރާ މައްސަލައިގައި ސަލާމަތީ މަޖިލީހުގެ އަޣުލަބިއްޔަތު އެމެރިކާއާ ދެކޮޅަށް!
27 އޮކްޓޯބަރު 2017

އެމެރިކާއާށް އެތެރެވާ ފަސިންޖަރުން އިތުރަށް ސްކްރީން ކުރަނީ

27 އޮކްޓޯބަރު 2017
އެމެރިކާއާށް އެތެރެވާ ފަސިންޖަރުން އިތުރަށް ސްކްރީން ކުރަނީ
25 އޮކްޓޯބަރު 2017

އަފްޣާނިސްތާނު މައްސަލައިގައި ޕާކިސްތާނާ އެމެރިކާއާ ދެމެދު އިތުބާރު ނުކުރެވުމުގެ މައްސަލަ އެބަ އޮތް: ޕާކިސްތާން

25 އޮކްޓޯބަރު 2017
އަފްޣާނިސްތާނު މައްސަލައިގައި ޕާކިސްތާނާ އެމެރިކާއާ ދެމެދު އިތުބާރު ނުކުރެވުމުގެ މައްސަލަ އެބަ އޮތް: ޕާކިސްތާން
28 ސެޕްޓެމްބަރު 2017

ޕްލޭބޯއީ ފައުންޑަރ ހިއު ހެފްނަރ 91 އަހަރުގައި މަރުވެއްޖެ

28 ސެޕްޓެމްބަރު 2017
ޕްލޭބޯއީ ފައުންޑަރ ހިއު ހެފްނަރ 91 އަހަރުގައި މަރުވެއްޖެ
12 ޖުލައި 2017

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު
29 މެއި 2017

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

29 މެއި 2017
އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު