Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-އިނގިރޭސިވިލާތުގެ ކޯޅުނ

ރަޝިޔާ-އިނގިރޭސިވިލާތުގެ ކޯޅުން: 23 ޑިޕްލޮމެޓުން ލަންޑަނުން ފުރައިފި

ދެޤައުމުގެ ގުޅުން ގޯސްވީ އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިން ކަމަށް ބުނާ ރަޝިޔާގެ މީހަކަށް ހަމަލާ ދިނުމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2018 | ބުދަ 03:27
ރަޝިޔާގެ ޑިޕްލޮމެޓުން ލަންޑަނުން ފުރުމަށް މަތިންދާބޯޓަށް އަރަނީ

ރަޝިޔާގެ ޑިޕްލޮމެޓުން ލަންޑަނުން ފުރުމަށް މަތިންދާބޯޓަށް އަރަނީ

ރަޝިޔާ އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ނުތަނަވަސްކަމުގައި އިނގިރޭސިވިލާތުން ފޭބުމަށް އެންގި ރަޝިޔާގެ 23 ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތައް އިނގިރޭސިވިލާތުގެ ލަންޑަނުން ފުރައިގެން އަނބުރާ ރަޝިޔާއަށް ހިނގައްޖެއެވެ.

މި 23 ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކާ އެކު، ގާތްގަނޑަކަށް 80 ވަރަކަށް މީހުން ލަންޑަނުގެ ސްޓެންސްޓެޑް އެއަރޕޯޓުން ރަޝިޔާގެ ސަރުކާރުގެ މަތިންދާބޯޓުގައި ފުރިކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ރަޝިޔާގެ ސަފީރު އެލެގްޒެންޑަރ ޔަކޮވެންކޯ ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ މިވަގުތަށް ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅު ނާޅުއްވާނެ ކަމަށާއި، އެހެންނަމަވެސް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން ޤައުމީ ސަލާމަތާ ބެހޭ ކައުންސިލާ އެކު މަޝްވަރާތައް ކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ރަޝިޔާގެ ޑިޕްލޮމެޓުން ފުރީ ރަޝިޔާ ސަރުކާރުން ފޮނުވި މަތިންދާބޯޓެއްގައި. ފޮޓޯ: ރޮއިޓަރސް

ލަންޑަންގައި ހުންނަ ރަޝިޔާގެ އެމްބަސީގައި މަސައްކަތްކުރާ 23 ޑިޕްލޮމެޓަކު އިނގިރޭސިވިލާތުން ފޭބުމަށް އިނގިރޭސި ސަރުކާރުން އެންގުމާ ގުޅިގެން، މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީއިން ވެސް 23 ޑިޕްލޮމެޓަކު ބޭރުކުރުމަށް ރަޝިޔާ އިން ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ރަޝިޔާ އިން ވަނީ އެޤައުމުގައި ހުންނަ ބްރިޓިޝް ކައުންސިލްގެ އޮފީސް ބަންދުކުރުމަށާއި، ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ވެސް ބަންދުކުރުމަށް އަންގާފައެވެ.

ދެޤައުމުގެ ގުޅުން ގޯސްވެފައި ވަނީ އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިން ކަމަށް ބުނާ ރަޝިޔާގެ ރައްޔިތަކާއި އޭނާގެ އަންހެން ދަރިފުޅު އިނގިރޭސިވިލާތުގެ ލަންޑަންގެ ސެލިސްބަރީގައި މާޗް މަހުގެ ކުރީކޮޅު މަރާލުމަށް ކުރެވުނު މަސައްކަތާ ގުޅިގެންނެވެ. އިނގިރޭސި ފުލުހުން ބުނާ ގޮތުގައި އެދެބަފައިންނަށް ހަމަލާދީފައި ވަނީ ރަޝިޔާގައި އުފައްދާ ނަރވް އެޖެންޓް ބޭނުންކޮށްގެންނެވެ. އަދި އޭގެ ހަފްތާއެއް ފަހުން ލަންޑަންގައި ހުރި ރަޝިޔާގެ އެހެން ވިޔަފާރިވެރިއަކަށް ހަމަލާދީ ވަނީ މަރާލާފައެވެ.

ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާދީފައި ވަނީ 66 އަހަރު ސަރްގޭ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު، 33 އަހަރުގެ ޔޫލިއާއަށެވެ. ސްކްރިޕާލް 2006 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް.އައި.ސިކްސް އަށް ޖާސޫސުކޮށްދިން ކަމަށް ބުނެ ޖަލަށް ލެވުނެވެ. އަދި 2010 ވަނަ އަހަރު މިނިވަންވުމަށް ފަހު އޭނާ ދިރިއުޅުން ބަދަލުކުރީ އިނގިރޭސިވިލާތަށެވެ. ސްކްރިޕާލްއަކީ ރަޝިޔާގެ އަސްކަރީ ޖާސޫސީ އިދާރާގައި ކާނަލެއްގެ ރޭންކްގައި ހުރެ ރިޓަޔަރކުރި އޮފިސަރެކެވެ. އޭނާގެ ދަރިފުޅު ޔޫލިއާ އިނގިރޭސިވިލާތަށް ދިޔައީ އެދެބަފައިންނަށް ހަމަލާދިނުމުގެ އެއް ދުވަސްކުރިން، މާޗް މަހުގެ 3 ވަނަ ދުވަހުއެވެ.

މި ހަމަލާތަކުގެ ފަހަތުގައި ރަޝިޔާގެ ސަރުކާރު އޮތް ކަމަށް އިނގިރޭސި ސަރުކާރުން ބުނި ނަމަވެސް، ރަޝިޔާ އިން އެކަން ދޮގުކުރެއެވެ. އަދި އެމައްސަލައިގައި ޤައުމުތަކަށް މައުލޫމާތު ދިނުމަށް ރަޝިޔާގައި ތިއްބަވާ ހުރިހާ ޤައުމުތަކުގެ އެމްބެސެޑަރުން ބުދަ ދުވަހު ރަޝިޔާގެ ޚާރިޖިއްޔާގައި އޮންނަ ބައްދަލުވުމަކަށް ވަޑައިގަތުމަށް ޚާރިޖިއްޔާ އިން ވަނީ ދައުވަތު އަރުވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫކްރެއިނުން ގޮވާން ބަރުކޮށްގެން 4 ބޯޓު ފުރައިފި

ޔޫކްރެއިނުން ގޮވާން ބަރުކޮށްގެން 4 ބޯޓު ފުރައިފި

07 އޯގަސްޓު 2022
އެމެރިކާގެ ފަހު ފްލައިޓް ކާބުލްއިން ފުރައިފި

އެމެރިކާގެ ފަހު ފްލައިޓް ކާބުލްއިން ފުރައިފި

31 އޯގަސްޓު 2021
ގަލްފް ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަދި އިރާނުގެ މަނަވަރުތަކުގެ ކޯޅުން ބޮޑު ވެއްޖެ

ގަލްފް ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަދި އިރާނުގެ މަނަވަރުތަކުގެ ކޯޅުން ބޮޑު ވެއްޖެ

20 މެއި 2020
މުޒާހަރާ ކުރުމުން ސައުދީގެ ބޯޓް ހަތިޔާރު ބަރުނުކޮށް ފްރާންސުން ފުރައިފިި

މުޒާހަރާ ކުރުމުން ސައުދީގެ ބޯޓް ހަތިޔާރު ބަރުނުކޮށް ފްރާންސުން ފުރައިފިި

11 މެއި 2019
އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައި، ރަޝިއާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓެއް ބަންދުކޮށްފި

އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައި، ރަޝިއާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓެއް ބަންދުކޮށްފި

30 މާރިޗު 2018

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު