Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

އީޔޫއިން ވަކިވުމާއި ދެކޮޅަށް އިނގިރޭސިވިލާތުގެ އެތައްހާސް ބަޔަކު މުޒާހަރާކޮށްފި

100،0000 އެއްހާ މީހުން ބައިވެރިވިކަމަށް އެއްވުމުގެ ބައިވެރިން ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 24 ޖޫން 2018 | އާދީއްތަ 08:15
23 ޖޫން 2018 ގައި، އީޔޫއިން ވަކިވުމާއި ދެކޮޅަށް ލަންޑަންގައި މުޒާހަރާ ކުރަނީ

23 ޖޫން 2018 ގައި، އީޔޫއިން ވަކިވުމާއި ދެކޮޅަށް ލަންޑަންގައި މުޒާހަރާ ކުރަނީ

އިނގިރޭސި ވިލާތުގެ އިއއްތިހާދުން ވަކިވުމާއިމެދު ފެންނަ ނުފެންނަ ގޮތް ބެލުމަށް ވޯޓް ނެގިތާ ސީދާ ދެ އަހަރު ފުރުނު ދުވަހު ވެރިރަށް ލަންޑަންގައި އެތައް ހާސް ބަޔަކު އީޔޫއިން ވަކިވުމާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ވިލާތުގެ އިއްތިހާދުގައި ދެމިއޮތުމަށް ތާއީދުކުރާ ފަރާތްތަކުން ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި ގޮވާލާފައިވަނީ 28 މެމްބަރުންގެ އެ ޖަމާއަތުން ވަކިވުމުގެ ކުރިން ރައްޔިތުންގެ އެންމެ ފަހު ބަހެއް ހޯދުމަށް އިތުރު ވޯޓެއް ނެގުމަށެވެ.

ބްރެކްސިޓް ނުވަތަ ބްރިޓަންސް އެގްޒިޓް ފްރޮމް އީޔޫގެ ދެވަނަ އަހަރާއި ދިމާކޮށް ބޭއްވި މި އެއްވުން އިންތިޒާމްކޮށްފައިވަނީ އީޔޫގައި އިނގިރޭސިވިލާތް ދެމިއޮތުމަށް ބާރުއަޅަމުންދިޔަ ގްރޫޕްތަކެއް އެކުވެގެން އުފައްދާފައިވާ ޕީޕަލްސް ވޯޓް ކިޔާ ގުރޫޕަކުންނެވެ.

އެއްވުން އިންތިޒާމްކުރި ފަރާތުން ބުނެފައިވަނީ 2016 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އީޔޫގައި ދެމި އޮތުމަށް ވޯޓުލީ 100،000 މީހުން މި އެއްވުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

"ބްރެކްސިޓާއި މެދު ތިބޭފުޅުންގެ ކޮންމެ ވިސްނުންފުޅެއް އޮތަސް، އެއްވެސް މީހަކު ދެބަހެއް ނުވާނެ މިއީ ބޮޑުކަމެއް ނޫން ކަމަކަށް. އަދި މިއީ ނިމިފައި އޮތް ނިންމުމެއްވެސް ނޫން" އެންމެ ފަހުގެ ނިންމުން ނިންމުމުގެ ކުރިން އާއްމު ވޯޓަކަށް ދިއުމަށް ބާރުއަޅައި އެއްވުން އިންތިޒާމުކުރި ފަރާތްތަކުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އިނގިރޭސިވިލާތުގެ ދިދައާއި އީޔޫއިން ވަކިވުމާއި ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން ތިބި ފަރާތްތަކުން ވަނީ އިނގިރޭސި ވިލާތުގެ ގާނޫނުހަދާ މަޖިލީހާ ދިމާއަށް ގޮސްފައެވެ.

މީގެ ދެ އަހަރުކުރިން 2016 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫއިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓް ލިބިފައިވެއެވެ. ވޯޓަށް ފަހު އެ ގައުމު އީޔޫއިން ވަކިވުމުގެ މަޝްވަރަތައް ފެށިފައިވާއިރު އެ މަސައްކަތްދަނީ މަޑު ދުވެއްޔެއްގައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު