Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-އިނގިރޭސި ވިލާތް

އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ކައިރިން ރަޝިޔާގެ ޖެޓްތަކެއް ހުއްޓުވައިފި

ރަޝިޔާގެ އަސްކަރީ ޖެޓްތައް ޔޫރަޕްގެ ޤައުމުތަކުގެ ވައިގެ ސަރަހައްދަށް ވަނުމުގެ މައްސަލަ ވަނީ ބޮޑުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 03:16
އިނގިރޭސި ވައިގެ ސިފައިން ހުއްޓުވި ރަޝިޔާގެ ބޮން އަޅާ މަތިންދާބޯޓު

އިނގިރޭސި ވައިގެ ސިފައިން ހުއްޓުވި ރަޝިޔާގެ ބޮން އަޅާ މަތިންދާބޯޓު

އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދުގެ ކައިރިން ދަތުރު ކުރަމުންދިޔަ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް އިނގިރޭސި ވައިގެ ސިފައިން ހުއްޓުވައިފިއެވެ.

އިނގިރޭސި ދިފާޢީ ވުޒާރާއިން ބުނާ ގޮތުގައި ހޯމަ ދުވަހު އެޤައުމުގެ ވައިގެ ސަރަހައްދު ކައިރިއަށް އައީ ރަޝިޔާގެ ޓުޕޮލެވް ޓީ-ޔޫ 160 ބްލެކްޖެކް މަރުކާގެ ބޮން އަޅާ މަތިންދާބޯޓެކެވެ. އަދި އެ މަތިންދާބޯޓަށް ހުރަސް އެޅުމަށް ސްކޮޓްލެންޑްގެ ލުސީމަތް އެއަރފޯސް ބޭސްއިން ޓައިފޫން މަރުކާގެ ހަނގުރާމަމަތީ 2 ޖެޓް އުދުއްސާލި ކަމަށް އިނގިރޭސި ދިފާޢީ ވުޒާރާއިން ބުނެއެވެ.

ރަޝިޔާއިން އިނގިރޭސިވިލާތާއި ދިމާއަށް ރަޝިޔާގެ މަތިންދާބޯޓު އައި އިރު، އޭގެ ޙަރަކާތްތައް ބެލުމަށް ޔޫރަޕްގެ އެހެން ޤައުމުތަކުގެ ހަނގުރާމަމަތީ ޖެޓްތައް ޙަރަކާތްތެރިވިއެވެ. އަދި އިނގިރޭސި އަސްކަރީ ޖެޓްތަކާއި ރަޝިޔާގެ ބޮން އަޅާ މަތިންދާބޯޓު 'ބައްދަލުވީ' ނޯތު ސީ މަތިން ކަމަށްވެއެވެ. އިނގިރޭސިވިލާތުގެ ކައިރިން ދިޔަ ނަމަވެސް، ރަޝިޔާގެ މަތިންދާބޯޓު އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދަށް ވަދެފައިނުވާ ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.

ރަޝިޔާގެ މިޢަމަލަކީ ނޭޓޯގެ މެމްބަރު ޤައުމުތަކުން ވައިގެ ހަމަލާއަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ރަޝިޔާގެ އަސްކަރީ ޖެޓްތައް ޔޫރަޕްގެ ޤައުމުތަކުގެ ވައިގެ ސަރަހައްދަށް ވަންނަ މައްސަލައާއި، ޔޫރަޕްގެ ޤައުމުތަކުގެ އަސްކަރީ ޖެޓްތަކަށް ޖެއްސުންކުރާކަމުގެ ރިޕޯޓްތައް ފަހަކަށް އައިސް ވަރަށް ގިނައިން ރިޕޯޓް ކޮށްފައިވެއެވެ.

ވައިގެ މަގުން ނޭޓޯގެ ޤާބިލްކަން ވަޒަންކުރުމުގެ އިތުރުން ރަޝިޔާއިން ގެންދަނީ ޔޫރަޕްގެ ޤައުމުތަކާއި ނޭޓޯގެ ކަނޑުގެ ޤާބިލްކަންވެސް ޓެސްޓްކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް އިނގިރޭސި ކަނޑުގެ ސިފައިން ވަނީ އިނގިރޭސިވިލާތުގެ ކަނޑުގެ ސަރަހައްދުގައި ޙަރަކާތްތެރިވަމުންދިޔަ ރަޝިޔާގެ އަސްކަރީ 2 މަނަވަރަކަށް ހުރަސް އަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު