Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޫލިއަން އަސާންޖް

ބެއިލް ސްކިޕް ކުރުމުން ޖޫލިއަން އަސާންޖް 50 ހަފްތާއަށް ޖަލަށްލުމަށް ހުކުމްކޮށްފި

އިކުއެޑޯއިން ހިމާޔަތް އަނބުރާ ގެންދިއުމުން އަސާންޖް ހައްޔަރުކޮށްފައިވަނީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 1 މެއި 2019 | ބުދަ 12:15
ޫޖޫލިއަން އަސާންޖް އިނގެރޭސި ފުލުހުންގެ ބެލުމުގެ ދަށުގައި

ޫޖޫލިއަން އަސާންޖް އިނގެރޭސި ފުލުހުންގެ ބެލުމުގެ ދަށުގައި

މީގެ ހަތް އަހަރުކުރިން ކަފާލާތުގައި ހުރެ ކޯޓަށް ހާޒިރުނުވެ، އިކުއެޑޮގެ އެމްބަސީއިން ހިމާޔަތް ހޯދި މައްސަލައިގައި ވިކީލިކްސްގެ ބާނީ، ޖޫލިއަން އަސާންޖް 50 ހަފްތާއަށް ޖަލަށް ލުމަށް އިނގެރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރެއްވި ފަނޑިޔާރު، ޑެބޯރާ ޓެއިލަރ ވިދާޅުވީ، އަސާންޖް ކުރި ކުށަށް ވުރެ ވަކި ސީރިއަސް ކުށެއް އޮތް ކަމަށް ދެކިނުލައްވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ، އަސާންޖް އިކުއެޑޯ އެމްބަސީއިން ހިމާޔަތް ހޯދީ އިންސާފު ލަސް ކުރުމަށް ކަމަށާއި، އަސާންޖް ހިމާޔަތް ހޯދައިގެން ހޭދަކުރި ހަތް އަހަރު، އޭނާގެ ސަބަބުން އިނގެރޭސި ރައްޔިތުންގެ ޓެކްސް ފައިސާއިން 16 މިލިއަން ޕައުންޑް (21 މިލިއަން އެމެރިކާ ޑޮލަރު) ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި އަސާންޖް މަޑުމަޑުން އިންއިރު، ހުކުމް އިއްވުމަށް ފަހު ޕްރިޒަން އޮފިސަރުން އޭނާ ގެންދަން ފެށުމުން، ކޯޓުގެ ޕަބްލިކް ގެލެރީގައި ތިބި އޭނާގެ ސަޕޯޓަރުން ވަނީ ހުކުމް އިއްވި ފަންޑިޔާރު ލަދުގަންނަން ޖެހޭނެ ކަމަށް ބުނެ ފަންޑިޔާރަށް އަމާޒުކޮށް އަޑުއުފުލާފައެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންނާއި ވިލިކީކްސް ސަޕޯޓަރުން އަޑުއަހަން ވަދެ ތިބި މި ޝަރީއަތުގެ އަޑުއެހުމުގައި އަސާންޖްގެ ވަކީލު، މާކް ސަމަރޒް ވިދާޅުވީ، އިކުއެޑޯގެ އެމްބަސީއަށް ވަދެ އަސާންޖް ހިމާޔަތް ހޯދީ އޭނާ އެމެރިކާ އާއި ހަވާލުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އެގޮތުން އިނގެރޭސި ސަރުކާރުން އޭނާ އެމެރިކާ އާއި ހަވާލުކޮށް، އެމެރިކާއިން އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ލޭބަލްކޮށް، ގުއަންޓަނަމޯ ބޭ ފަދަ ލާއިންސާނީ އަމަލުތައް ހިންގާ ޖަލަކަށް ލާފާނެކަމުގެ ބިރު އޮތްކަމަށެވެ.

އޭޕްރީލް 11 ވަނަ ދުވަހު އިކުއެޑޮ އެމްބަސީގައި ހުއްޓައި އަސާންޖް ހައްޔަރު ކޮށްފައިވަނީ، އިކުއެޑޯއިން އޭނާއަށް ދީފައިވާ ހިމާޔަތް އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ. އިކުއެޑޯއިން ހިމާޔަތް އަނބުރާ ގެންގޮސްފައިވަނީ އަސާންޖް އެޤައުމުގެ ޚާރިޖީ ކަންކަމާއި ބެހޭ ކަމަށް ތުހުމަތު ކުރުމަށް ފަހުއެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރާ ގޮތުގައި އިކުއެޑޯގެ ނިންމުމަކީ ވިކިލީކްސްއިން އިކުއެޑޯއާއި ގުޅޭ ލިޔެކިޔުންތަކެއް ލީކުކޮށްލުމާއި ގުޅިގެން ނިންމި ނިންމުމެކެވެ.

އަސާންޖްގެ މައްޗަށް 50 ހަފްތާގެ ހުކުމެއް އިއްވާފައިވާއިރު، އެމެރިކާއިން އަސާންޖް އެކްޓްރަޑައިޓް ކުރުމަށް އެދިފައިވާ އެދުމަކާއި ގުޅިގެން ބާއްވާ ޝަރީއަތުގެ މަޖިލީހެއް ބުރާސްފަތި ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމުން މޮރޮކޯގައި މުޒާހަރާ ކުރަނީ

އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމުން މޮރޮކޯގައި މުޒާހަރާ ކުރަނީ

21 މެއި 2018
ގުދުސްއަށް އެމެރިކާ އެމްބަސީ ބަދަލުކުރުމުން ތުރުކީގެ މަންދޫބުން އަނބުރާ ގެންދަނީ

ގުދުސްއަށް އެމެރިކާ އެމްބަސީ ބަދަލުކުރުމުން ތުރުކީގެ މަންދޫބުން އަނބުރާ ގެންދަނީ

15 މެއި 2018
ސޯޝަލް މީޑިއާ މަނާކުރުމުން ޑިޕްލޮމޭޓުން ފިއްތުންތައް ކުރިމަތިކުރުވި: ސިރިސެނާ

ސޯޝަލް މީޑިއާ މަނާކުރުމުން ޑިޕްލޮމޭޓުން ފިއްތުންތައް ކުރިމަތިކުރުވި: ސިރިސެނާ

19 އެޕްރީލު 2018
އދ. ގެ ބަޖެޓް ކުޑަކުރުމުން އެމެރިކާއިން ތައުރީފުކޮށްފި

އދ. ގެ ބަޖެޓް ކުޑަކުރުމުން އެމެރިކާއިން ތައުރީފުކޮށްފި

25 ޑިސެމްބަރު 2017
އުތުރުކޮރެއާއަށް އިިތުރު ފިޔަވަޅު އެޅުމަށް ފާސްކުރުމުން ޓްރަމްޕް ތައުރީފް ކުރައްވައިފި

އުތުރުކޮރެއާއަށް އިިތުރު ފިޔަވަޅު އެޅުމަށް ފާސްކުރުމުން ޓްރަމްޕް ތައުރީފް ކުރައްވައިފި

23 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު