Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮރިން މިނިސްޓަރު އެމެރިކާއަށް

އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ނިންމި މައްސަލައިގައި އެމެރިކާގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައި އޮއްވާ ޒަމީރު އެގައުމަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ.ބްލިންކަން ބައްދަލުކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖޫން 2024 | ހޯމަ 14:13
ފޮރިން މިނިސްޓަރ ޒަމީރު ވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައި

ފޮރިން މިނިސްޓަރ ޒަމީރު ވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައި

ނިރުބަވެރި އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ރާއްޖެއިން ނިންމި މައްސަލައިގައި އެމެރިކާގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައި އޮއްވައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ފުރާވަޑައިގެންފިއެވެ.

އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ނިންމި ވާހަކަ ނޫސްތަކަށް އެރުމާއެކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން ހޫނު ބަހުސްތަކެއް ކުރެވި ރާއްޖެއަށް ފިޔަވަޅުއެޅުމަށާއި، އެހީތައް ކަނޑާލުމަށް ގޮވާލާފައިވެއެވެ. އަދި އެމެރިކާ ސަރުކާރުގެ ޕްރެޝަރުވެސް ވަނީ ރާއްޖެއަށް ބޮޑުވެފައެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން މި ދަތުރާއި ގުޅިގެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު މި ޖޫން މަހުގެ 24 އިން 27 އަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރޭގައި އެމެރިކާ ސަރުކާރާއި އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ދިވެހިރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށްދިނުމެވެ.

މިދަތުރުފުޅުގައި ހާރިޖީ ވަޒީރު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީ.ސީ. އަށެވެ. ވޮޝިންގްޓަން ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ. ބްލިންކަން އާއި ޔުނައިޓަޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ކައުންސިލް އޮފް ފޮރިން ރިލޭޝަންސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރެކްޓިވް ޑިސްކަޝަންއެއްގައި ބައިވެރިވުމުގެ އިތުރުން، ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ވޮޝިންގްޓަން އަށް ކުރައްވާ ދަތުރުފުޅަށްފަހު، އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ހާރިޖީ ވަޒީރު ނިއު ޔޯކް އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ނިއު ޔޯކް އަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާއި އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރުއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު