Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމިއްލަ ޓީވީތަކަށް އިންޒާރުދިނުން

ހަގީގަތް ހާމަކޮށް ސަރުކާރު ޖަވާބުދާރީކުރާ އަމިއްލަ ޓީވީތައް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރު ދީފި

އަމިއްލަ ޓީވީތައް ހިންގަނީ ސިޔާސީ ޕާޓީތަކުން ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖޫން 2024 | ހޯމަ 11:57
އިނގުރައިދޫ ދާއިރާގެ މެންބަރުން އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރުން އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި، ހާމަނުކޮށް ސިއްރުންކުރާ ކަންކަމުގެ ހަގީގަތް ހާމަކޮށް ސަރުކާރު ޖަވާބުދާރީކުރާ އަމިއްލަ ޓީވީތައް މަޖިލީހަށް ހާޒިރުކޮށް ބިރުދައްކާނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.

ރައީސް މުއިއްޒު ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް އާދިއްތަ ދުވަހުގެ ރޭ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރުން އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ދޮގު ހަދަނީ ދައުލަތުގެ ފައިސާއިން ހަރަދުކުރާ ސިޔާސީ ޕާޓީތަކުން ޓީވީތައް އުފައްދައިގެން ކަމަށެވެ.

Advertisement - newsAdvertisement

ފަލާހު ވިދާޅުވީ ދޮގަކީ 2003 ވަނަ އަހަރު ފުރަތަމަ އިސްތިހާރުރަން ފެށި ކަމެއް ކަމަށާއި، އެކަން ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމާލަން ވެގެން ވަރަށް ކުޑަކޮށް ކަމަށެވެ. ލެޕްޓޮޕެއް އެކަނި އޮވެގެން ގައުމު ހިންގޭނެކަމަށް ބައެއް ވެރިން ވިދާޅުވި ކަމަށާއި، އެވަރަށް ދޮގު ހަދަމުން އައިސް މިހާރު ހުރީ އިންސާނުންނަށް ނުހިފޭ ވަރުގެ 100 ކިލޯގެ ދޮގު ގޯނި ހަދާފައި ކަމަށެވެ.

އަދި ދޮގު އުފައްދަނީ ދައުލަތުގެ ފައިސާއިން ހަރަދުކުރާ ޕާޓީތަކުން ޓީވީ ޗެނަލްތައް ހަދައިގެން ހަމައެކަނި ދޮގުހެދުން އިސްތިހާރަކަށް ހަދައިގެން ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ސަރުކާރާއި މެދު ދޮގު ހަބަރު ފަތުރާނަމަ، ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމިޓީތަކަށް ހާޒިރުކޮށްގެން ސުވާލުކުރާނެ ކަމަށެވެ.

ސަރުކާރުން މީޑިއާތަކަށް އެކި ގޮތްގޮތުން ހުރަސް އަޅާ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ މައުލޫމާތު ނުދީ ހިފަހައްޓާ މައްސަލައިގައި އާންމުންގެ ތެރޭގައި ސަރުކާރަށް ފާޑުކިއުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރަށް ސަނާ ނުކިޔާ މީޑިއާތަށް ބަންދުކުރުމަށެވެ.

ހަގީގަތް ހާމަކޮށް ރައްޔިތުންނާއި ހަމައަށް ހަބަރުތައް ގެނެސްދޭ މީޑިއާތަކަށް މި ސަރުކާރު ވެރިކަމަށް އައިފަހުން ދަނީ އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅު އަަޅަމުންނެވެ. އެގޮތުން ސަރުކާރު ނުރުހޭ ހަބަރުތައް ލިޔާ މީޑިއާތަކަށް ދައުލަތުގެ ކުންފުނިތަކުންނާއި އެކިއެކި ގޮތްގޮތުން ލިބޭ ފައިސާ ހިފަހެއްޓުމާއި އިސްތިހާރުތައް ސަރުކާރުން ބޭނުންވާ މީޑިއާތަކަށް ދީ އައު ނޫސްތައް އުފައްދާ ސަރުކާރު ޕްރޮމޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފަލާހު މީޑިއާތަކަށް އިންޒާރު ދީފައިވާއިރު ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ފަލާހުމެން އެއިރު ތިއްބަވައިގެން އެތައް ނޫހެއް ހުއްޓުވާ މީޑިއާތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބައެއް ނޫސްތައް ހުއްޓުވާލިއެވެ. އަނެއްކާވެސް މިހާރު އޮތް ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ދަނީ މައުލޫމާތު ހޯދުމުގެ ގާނޫނަށް ހުރަސްއަޅާ މައުލޫމާތު ހިފަހައްޓާ އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު