Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް ސެމްބެ

ނައިބު ރައީސް ސެމްބެގެ ތަފާތު ޖަޒުބާތީ އިންސްޓަގްރާމް ސްޓޯރީއެއް

އިނގިރޭސި ބަހުން ލިޔެފައިވާ އެ ސްޓޯރީ ޕޯސްޓުގައި ބުނެފައި ވަނީ، "ވަންސް ޔޫ ފީލް އަންއެޕްްރިޝިއޭޓެޑް، ލީވް"

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2025 | އާދީއްތަ 04:02
ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް

ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފް (ސެމްބެ) އިންސްްޓަގްރާމް އެކައުންޓުން ތަފާތު ސްޓޯރީއެއް ޕޯސްޓު ކުރައްވައިފި އެވެ.

ނައިބު ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ސެމްބެ ގެންގުޅުއްވީ އިންސްޓަގްރާމް އެންމެ އެކައުންޓެކެވެ. ނަމަވެސް، ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ވަނީ އިތުރު އިންސްޓަގްރާމް އެކައުންޓެއް ހައްދަވައިފަ އެވެ. އެގޮތުން "ވީޕީހުސެންސެމްބެ" ގެ ނަމުގައި ވަނީ އެކައުންޓެއް ހައްދަވައިފަ އެވެ.

Advertisement - newsAdvertisement

އެންމެ ކުރިން ވެސް ނައިބު ރައީސް ގެންގުޅުއްވަމުން އައީ "ހުސެންސެމްބެ"ގެ ނަމުގައި ހައްދަވާފައިވާ އެކައުންޓެވެ. މި އެކައުންޓުގައި ހޮނިހިރު ދުވަހުގެ އިރު އޮއްސެނިކޮށް ނައިބު ރައީސް ވަނީ ސްޓޯރީއެއް ޕޯސްޓު ކުރައްވައިފަ އެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ އެ ސްޓޯރީ ޕޯސްޓުގައި ބުނެފައި ވަނީ، "ވަންސް ޔޫ ފީލް އަންއެޕްްރިޝިއޭޓެޑް، ލީވް" މިހެންނެވެ. އޭގެ މާނައަކީ، ތިމާގެ އަގު ވަޒަން ނުކުރެވޭ ނަމަ، ދާށެވެ.

ނައިބު ރައީސްގެ އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓު
ނައިބު ރައީސްގެ އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓު

ނައިބު ރައީސްގެ މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ އެކި ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ނައިބު ރައީސްގެ މާ ބޮޑު ދައުރެއް ނޯންނަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު އާއި، ނައިބު ރައީސްގެ ގުޅުން ގޯސްވެފައިވާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ގިނަ ކަންކަމުން ނައިބު ރައީސް ވަރަށް ބޮޑަށް އެއް ފަރާތް ކޮށްފައި ހުންނަވާ ވާހަކަ ވެސް އެކި ފަރާތްތަކުން އަންނަނީ ދައްކަމުންނެވެ.

ހަމަ އެހެންމެ، ނައިބު ރައީސް ސެމްބެ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އާ ގާތް ގުޅުމެއް އޮންނާތީ، އެކަމާ ރައީސް މުއިއްޒުއާ ނައިބު ރައީސްއާ ދެމެދު މައްސަލަ ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

މީގެ ކުރިން ރައީސް ޔާމީން، އަދި ޕީޕީއެމް-ޕީއެންސީ އެކުގައި މަސައްކަތް ކުރިއިރު، ނައިބު ރައީސް ސެމްބެ އަކީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދެއްކެވި ބޭފުޅެކެވެ. އަދި ރައީސް ޔާމީން އާއި ނައިބު ރައީސް ސެމްބެއާ ދެެމެދު އޭރު ވަރަަށް ގާތް ގުޅުމެއް ވެސް އޮތެވެ.

އެކި އެކި ޖަލްސާ ތަކުގައި އަދި އިންޓަވިޔުތަކުގައި ވެސް ރައީސް ޔާމީން ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. ރައީސް ޔާމީން އާއި ރައީސް މުޢިއްޒުއާ މައްސަލަ ޖެހުނު ފަހުން، ސަރުކާރުގެ އެކި ބޭބޭފުޅުން ރައީސް ޔާމީން އަށް ސީދާ ގޮތުން، އަދި ނުސީދާ ގޮތުން ވެސް ބަހުގެ ހަަމަލާތައް އަމާޒު ކުރި ނަމަވެސް، ނައިބު ރައީސް ސެމްބެގެ ފަރާތުން އެފަދަ ކަމެއް ފެނިފައި ނުވެ އެވެ.

މުއިއްޒު ގެ ރަނިންގމޭޓަކަށް ސެމްބެ ހަމަ ޖެއްސެވީ ވެސް އެމަނިކުފާނު ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު