Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ މުޒާހަރާ

މަހަށް ދިއުމުގެ ބަދަލުގައި މަސްވެރިން އިހުތިޖާޖަށް ނުކުންނަން މަޖުބޫރުވީ ސަރުކާރުގެ ސަބަބުން - ދީދީ

ހުކުރު ދުވަހުން ފެށިގެން އައްޑޫ އަތޮޅުގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ޑރ. މުއިއްޒުގެ ސަރުކާރަށް 3 ކަމެއް ވަނީ ހުށަހަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖޫން 2024 | އާދީއްތަ 14:25
މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަހަށް ދިއުމުގެ ބަދަލުގައި އިހުތިޖާޖަށް ނުކުންނަން މަޖުބޫރުވީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މަރަދޫގެ އިގްތިޞާދުގެ 90% ހިއްސާކުރަނީ މަސްވެރިން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމަކީ އިގްތިޞާދަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސް ވުމަކީ މަސްވެރިންނަށް ލިބޭ ބޮޑު ނިކަމެތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުން ބަހަނާ ނުދައްކާ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ގޮވާލައްވާފައެވެ.

ހުކުރު ދުވަހުން ފެށިގެން އައްޑޫ އަތޮޅުގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ޑރ. މުއިއްޒުގެ ސަރުކާރަށް 3 ކަމެއް ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރޭގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އައްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވާ މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުން ހިމެނެއެވެ.

ދެވަނަ ކަމަކަށް ކެޔޮޅު ފާހަގަ ކުރީ މަސްވެރިން ބޭނުންވަނީ މަސްކިރާ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ފައިސާ ޖަމާ ކޮށްދޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން އެމީހުންނަށް ދޭންވާނެ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

ތިންވަނަ ކަމަކަށް މަސްވެރިން ބޭނުންވަނީ އީދު ބަންދާ ހަމަ އަށް ނުދީ ހުރި ފައިސާ މަސްވެރިންނަށްި އެއްކޮށް ދީ ޚަލާސް ކުރުމެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އައްޑޫ މަސްވެރިން ކުރަމުންދާ މުޒާހަރާމަސްވެރިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
08 ނޮވެމްބަރު 2025

ބަޖެޓަކީ ރައްޔިތުންނަށް ސާފުވާ ގޮތަށް، ތަފްސީލުތަކާއެކު ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށް މި ސަރުކާރުން ގަބޫލެއް ނުކުރޭ: އެމްޕީ ދީދީ

08 ނޮވެމްބަރު 2025
ބަޖެޓަކީ ރައްޔިތުންނަށް ސާފުވާ ގޮތަށް، ތަފްސީލުތަކާއެކު ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށް މި ސަރުކާރުން ގަބޫލެއް ނުކުރޭ: އެމްޕީ ދީދީ
25 އޮކްޓޯބަރު 2025

"މި އަހަރަށް ކަނޑައެޅީ ތާރީޚުގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު ބަޖެޓު، އަހަރު ނިމެނީ އެންމެ ފްލެޓެއްގެ ވެސް ބިންގާ ނޭޅި"

25 އޮކްޓޯބަރު 2025
"މި އަހަރަށް ކަނޑައެޅީ ތާރީޚުގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު ބަޖެޓު، އަހަރު ނިމެނީ އެންމެ ފްލެޓެއްގެ ވެސް ބިންގާ ނޭޅި"
26 ޖެނުއަރީ 2025

ޕީއެންސީ މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ މާޔޫސްވެ، ''ބްރޭކް އައުޓް'' ވާ ހިސާބުގައި: މެންބަރު އަހުމަދު ދީދީ

26 ޖެނުއަރީ 2025
ޕީއެންސީ މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ މާޔޫސްވެ، ''ބްރޭކް އައުޓް'' ވާ ހިސާބުގައި: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު