Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު ވަހީދު އާއި އަމީތު

އަމީތާއި ސައުދާއި ވައްޑެއާ މެދު އަމަލު ކުރަނީ އިހާނެތިކޮށް ، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް : ވަކީލުން

ވަހީދުގެ ބަންދަށް އިތުރުކުރި 15 ދުވަސްވީއިރުވެސް އިސްތިއުނާފު ނުފެށުނު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2017 | ބުރާސްފަތި 12:20
މެމްބަރު، އަމީތާއި ވަހީދާއި، ސައުުދު

މެމްބަރު، އަމީތާއި ވަހީދާއި، ސައުުދު

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ބަންދުގައި ބަހައްޓައިގެން އެމީހުންނާމެދު ސަރުކާރުން އަމަލު ކުރަނީ ވަރަށް އިހާނެތިކޮން ކަމަށް ވަކީލުން ބުނެފި އެވެ.

ވަހީދާއި އަމީތާއި ސައުދުގެ ގާނޫނީ ވަކީލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތިން މެމްބަރުންނާ މެދު ފުލުހުންނާއި ކޯޓުން އަމަލު ކުރަމުންދާ ގޮތާއި މެދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އަމީތުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ދޫނިދޫގައި ބަހައްޓާފައިވާ ގޮޅީގެ އިންތިޒާމްތައް ހުރީ ވަރަށް ދެރަކޮން ކަމަށެވެ. އަދި ފާހަގަ ކުރެވެނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ވުރެ ކުށުގެ ތުހްމަތުގައި ތިބޭ މީހުންނާމެދު އަމަލުކުރަމުންދާ ގޮތް ގޯސް ކަމަށެވެ.

ސައުދާއި އަމީތާއި ވައްޑެއާ މެދު ދައުލަތުގެ އެކި މުއައްސަސާތަކުން ބޭ އިންސާފުން އަމަލު ކުރަމުންދާ ގޮތުގެ މައްސަލަ ދައުލަތުގެ އެހެނިހެން ކަމާ ގުޅުންހުރި ހުރިހާ މުވއައްސަސާތަކަށް އާއިލާ އާއި ވަކީލުންގެ ފަރާތުން ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް އެތަން ތަނުން ލިބިފައިނުވާ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.

"ހިއުމަން ރައިޓްސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސެކިއުޓާ ޖެނަރަލްއަށާއި ސުޕްރީމް ކޯޓަށާއި މިހެންގޮސް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ސިޓީތަކެއް ފޮނުވާފައި. އެ މުއައްސަސާތަކަށް އެ މުއައްސަސާއަކާ ގުޅުންހުރި ކަމަކާ ގުޅޭ ގޮތުން. ހިތާމައަކީ މިހާތަނަށްވެސް އެއިން އެއްވެސް މުއައްސަސާއަކުން އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަން،" އޭނާ ވިދާޅުވި އެވެ.

އެ މެމްބަރުން ތިބި ގޮޅިއަކީ އިންސާނުން ތިބެން އެކަށީގެންވާ ތަނެއް ތޯ އެޗްއާރުސީއެމް އިން ކަށަވަރު ކުރުމަށް އަލީ ޒާހިރު ވަނީ ގޮވާލާފަ އެވެ.

ސައުދުގެ ވަކީލް އަލީ ޝާހް ވިދާޅުވީ ސައުދު ބަންދުކޮށްފައި ހުރީ ފިލާފާނެތީ ކަމަށް ފުލުހުން ބުނާއިރު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފަ އޮއްވާ ފިލައިގެންދާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އަދި ސައުދު ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ގާނޫނީ ހަމައެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ ތިން މެމްބަރުން ވެސް ހައްޔަރު ކޮށްފައިވަނީ މެމްބަރުން ނޫން ކަމަށް ބަލައިގެން ކަމަށްވާތީ މެމްބަރުން ހައްޔަރު ކުރުމަށް އަމަލު ކުރާ ގޮތަށް އެމީހުންނާމެދު އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ވައްޑެ ބަންދަށް 15 ދުވަސް އިތުރުކޮށް އެ މުއްދަތު ހަމަވެގެން އިތުރު ހަތަރު ދުވަސް ޖަހާފައިވާއިރު 15 ދުވަހުގެ ބަންދުގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދިވެސް ނުފަށާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ވައްޑެވެސް ބަހައްޓާފައި ހުންނަނީ ވަކިން ގޮޅިއެއްގައި ކަމަށާއި ސާފު ބޯފެން ހަމަ ޖެހުނީ ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރު އެންގުމުން ކަމަށް ވަކީލު ވިދާޅުވިއެވެ.

"ދޫނިދޫގައި ތިބި އެންމެންގެ ހާލަތަކީ ވެސް އެއީ. ޑޮކްޓަރަށް ދައްކައިގެން ސާފު ބޯފެން ދޭން އަންގައިފި ކަމަށް ވާނަމަ ސާފު ބޯފެން މި ލިބެނީ. އެއީ ޑޮކްޓަރު ދޭ އެހެނިހެން ބޭސް ލިޔެގެން ލިބޭ ފަދައިން. ރަނގަޅު ކެއުން ލިބެނީ ޑޮކްޓަރު އެކަމަށް އިރުޝާދު ދިނީމަ،" މަހްފޫޒު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު