Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފީފާ އިން ބައްސާމް ސަސްޕެންޑު ކޮށްފި

ބައްސާމް ސަސްޕެންޑު ކުރުމަށް ފީފާ އިން ނިންމީ ނުވަ މަސް ދުވަހުގެ މުއްދަތަކަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2024 | ބުރާސްފަތި 15:21
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑު ކޮށްފި އެވެ.

އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައްސާމް ސަސްޕެންޑު ކުރުމަށް ފީފާ އިން ނިންމީ ނުވަ މަސް ދުވަހުގެ މުއްދަތަކަށެވެ. ފީފާ އިން ބައްސާމް ސަސްޕެންޑު ކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް ދައުވާ އުފުލުގައި، އެ މައްސަލައިގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

ފީފާ އިން ވަނީ ބައްސާމް ސަސްޕެންޑު ކުރުމަށް ނިންމާފައިވާކަން ހާމަކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ބައްސާމް ސަސްޕެންޑު ކުރުމަށް ނިންމީ ފީފާގެ އެތިކްސް ކޮމެޓީންނެވެ. އެއީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ނިންމުމަކީ ކޮރަޕްޝަން، މަނީ ލޯންޑަރިން އަދި ޖިނާއި އިތުރު ކުށްތަކެއްގެ ސަބަބުން އެފްއޭއެމް ބަލާ ފާސް ކުރުމާ ގުޅިގެން ފީފާ އިން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ނިންމާފައިވާ ނިންމުމެކެވެ.

ފުލުހުން އެފްއޭއެމްގެ އިދާރާ އަށް ވަދެ، އެ އިދާރާ ބަަލައި ފާސް ކުރުން ކުރިއަށް ގެންދިޔައީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ އަމުރެއްގެ ދަށުންނެވެ. އެ ބަލައި ފާސް ކުރުމަށް ފަހު ފުލުހުން ވަނީ ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ވެސް ގެންގޮސްފަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ރައީސްކަމުގެ ހައިސިއްޔަތުން ބައްސާމަށް، އެހެން ފަރާތަކުން އެއްވެސް ހަދިޔާއެއް ނުވަތަ މަންފާއެއް ލިބިފަައިވޭތޯ ބެލުމަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަ އެހެންމެ، އެކި އެކި އިދާރާތަކުން އެފްއޭއެމަށް ދެމުންއ ައި ފައިސާ، ބައްސާމް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާވޭތީ ބެލުމަށް ވެސް ތަހުގީގު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ދެ ވަނަ ދައުރެއް ފުރުއްވަމުންް ގެންދަވާ ބައްސާމް، ނުވަ މަސް ދުވަހަށް ފުޓުބޯޅައިގެ ހުރިހާ ޙަރަކާތަކުން ސަސްޕެންޑު ކުރަން ނިންމާފައިވާކަން، ފީފާ އިން ވަނީ ބައްސާމަށް ވެސް އަންގައިފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު