Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އަތޮޅު، ޒޯން އަދި ރީޖަނަލް މުބާރާތް އެފްއޭއެމްގެ ކަލަންޑަރުގައި ހިމަނަން ނިންމައިފި

ރީޖަނަލް އެސޯސިއޭޝަން އުފެއްދުމުގެ މަޤުސަދުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅި، ޒޯން އަދި ރީޖަނަލް ފުޓުބޯޅަ މުބާރާތް ނުވަތަ ލީގު އެ އިދާރާގެ 2025/2026 ގެ ކަލަންޑަރުގައި ހިމަނައި، މިއަހަރުގެ ތެރޭގައި އެ މުބާރާތް ފެށުމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2025 | ބުދަ 05:24
މިދިޔަ އަހަރު އޮތް ގޯލްޑް ކަޕްގައި އޭދަފުއްޓާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން

މިދިޔަ އަހަރު އޮތް ގޯލްޑް ކަޕްގައި އޭދަފުއްޓާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން

ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މަޤުސަދުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ފުޓުބޯޅަ މުބާރާތް ނުވަތަ ލީގު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަލަންޑަރުގައި ހިމަނަން ނިންމައިފި އެވެ.

އެފްއޭއެމްގެ އަލަށް އިންތިޚާބުވި ހިންގާ ކޮމެޓީ އިން ވަނީ، އެ ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ބާއްވައިފަ އެވެ. އެ ބައްދަލުން ބާއްވާފައި ވަނީ އެފްއޭއެމްގެ ވަގުތީ އޮފީސް ހިންގަމުން އަންނަ، ގަލޮޅު ރަސްމީ ދަނޑުގަ އެވެެ.

އެފްއޭއެމް އިން ބުނެފައިވާ ގޮތުގައި ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައި ވަނީ، އެފްްއޭއެމްގެ އަސާސީ ޤަވާއިދުގެ 86 ވަނަ މާއްދާގެ ނުވަ ވަނަ ނަންބަރު ބަޔާން ކުރާ ރީޖަނަލް އެސޯސިއޭޝަން އުފެއްދުމުގެ މަޤުސަދުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅި، ޒޯން އަދި ރީޖަނަލް ފުޓުބޯޅަ މުބާރާތް ނުވަތަ ލީގު އެ އިދާރާގެ 2025/2026 ގެ ކަލަންޑަރުގައި ހިމަނައި، މިއަހަރުގެ ތެރޭގައި އެ މުބާރާތް ފެށުމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ، މިއަހަރަކީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވެސް ނިންމައިފަ އެވެ. އަދި އެފްއޭއެމްގެ އަސާސީ ޤަވާއިދުގައި ބަޔާން ކުރާ ގޮތުގެ މަތިން "ޑައިމަންޑްް ޖުބްލީ ކޮމެޓީ"ގެ ނަމުގައި އެކަމަށް ޚާއްސަ ކޮމެޓީއެއް އުފައްދަން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ އައު ހިންގާ ކޮމެޓީ އިން ވަނީ، އެ އިދާރާގެ އަސާސީ ޤަވާއިދުގައި ބުނާ ގޮތުގެ މަތިން "ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމެޓީ"ގެ ނަމުގައި ކޮމެޓީ އެއް އުފައްދަން ވެސް ނިންމައިފަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ އަސާސީ ޤަވާއިދުގައި ބަޔާން ކުރާ ސްޓޭންޑިން ކޮމެޓީ ތަކަށް ބޭނުންވާ މެމްބަރުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތާއި، އަލަށް އެކުލަވާލި ދެ ކޮމެޓީ އަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އެފްއޭއެމްގެ ހުރިހާ މެމްބަރު ކުލަބުތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ކޮމެޓީ ތަކަށް ނަން ހުށަހެޅުމުގެ ސުން ގަޑި އަކީ، 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ކަމަށް ވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ އަލަށް އެކުލަވާލެވޭ ފުޓުބޯޅަ ކަލަންޑަރާ މެދު މަޝްވަރާ ކުރެވި، ކޮމެޓީ ތަކަށް މެމްބަރުން އައްޔަން ކުރެވުމުން، ފުޓުބޯޅަ ކަލަންޑަރާ ދޭތެރޭގައި ގޮތެއް ނިންމުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.

ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ، ޤައުމީ ޓީމުތަކަށް ބައިނަލްއަޤުވާމީ މުބާރާތްތަކެއް ކުރިއަށް ހުރި ދުވަސްތަކުގައި އޮތުމުން، ޤައުމީ ޓީމުގެ ކޯޗުންނާއި އޮފިޝަލުން ކަނޑައަޅާނެ ގޮތަކާމެދު މަޝްވަރާ ކޮށްފަ އެވެ. އަދި އަލަށް އެކުލަވާލެވޭ ކޮމެޓީތައް އެކުލަވާލެވުމުން ގޮތެއް ނިންމުމަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ، އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަޙުމަދު ޠާރިޤު (ޓޮމް) އިންތިޚާބު ކޮށްފަ އެވެ. ޓޮމް އާއި އޭނާގެ ހިންގާ ކޮމެޓީ އަށް ވަނީ، ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ ތާއީދު ލިބިފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ޓޮމް ވަޑައިގެންނެވީ ގިނަ ވައުދުތަކާ އެކު އެވެ. ޚާއްސަކޮށް އިނދަ ޖެހިފައިވާ އެފްއޭއެމް އަލުން ކޮޅަށް ޖަހައި، ރާއްޖޭގައި ގެއްލިފައިވާ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު