Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ފުއެންޓޭ ބުނީ ޕޯޗުގަލްއާ ދެކޮޅަށް ނެރޭނީ އެންމެ ވަރުގަދަ ޓީމު ކަމަށް

އޭނާ ބުނީ ފަރިތަކުރުމުގައި ޓީމު ފެނުނީ ވަރަށް ރަނގަޅަށް ކަމަށާއި، ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ނެރޭނީ ސްޕެއިންގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖޫން 2025 | އާދީއްތަ 07:38
ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ނެރޭނީ އެންމެ ވަރުގަދަ ޓީމު ކަމަށް، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.

ޕޯޗުގަލް އަކީ ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ ޗެމްޕިއަނުންނެވެ. އަދި ސްޕެއިން އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މި ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮތީ އާދީއްތަ ދުވަހުގެ ރޭ އެވެ.

ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިންގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ރަނގަޅު ޙާލަތެއްގައި ކަމަށެވެ. އަދި ފައިނަލްގެ ކުރިން އޮތް އެންމެ ހިތްހަމަ ޖެހޭ ކަމަކީ، ހުރިހާ ކުޅުންތެރިން ވެސް ފިޓުކޮށް ތިބުން ކަމަށް ފުއެންޓޭ ބުންޏެވެ.

ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގެ ކުރިން ސްޕެއިން އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކާ މެދު ވެސް ފުއެންޓޭ ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އޭނާ ބުނީ ފަރިތަކުރުމުގައި ޓީމު ފެނުނީ ވަރަށް ރަނގަޅަށް ކަމަށާއި، ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ނެރޭނީ ސްޕެއިންގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ ޕޯޗުގަލް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވެސް އަންނަނީ ތަފާތު ދައްކަމުން ކަމަށާއި، އޭނާ އަކީ ފުޓުބޯޅައިގެ ލެޖެންޑެއް ކަަމަށް ވެސް ފުއެންޓޭ ބުންޏެވެ. އެހެންކަމުން ފައިނަލް މެޗުގައި ސްޕެއިން ފެންނަން ޖެެހޭނީ ވަރަށް ހުށިޔާރުކޮށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ ސްޕެއިންގެ ލަމީން ޔަމާލް އަންނަނީ ޒުވާން އުމުރުގައި ވެސް އެތައް ކަމެއް ސާބިތުކޮށްދެމުން ކަމަށެވެ. ޚާއްސަކޮށް ހުނަރުވެރި ކުޅުމެއް ދައްކައި، އިތުބާރާ އެކު އޭނާ ކުޅެމުން އަންނަކަން ފުއެންޓޭ ފާހަގަ ކުރި އެވެ. އަދި ވަކިން ޚާއްސަކޮށް އެއްވެސް ހާސްކަމެއް ޔަމާލްގެ ފަރާތުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ފުއެންޓޭ ބުނީ އޭނާ ހުރީ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށާއި، އެ އިތުބާރު އޭނާ އަށް ލިބެނީ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތުންް ކަމަށެވެ. އެހެންކަމުން ނޭޝަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދާ އެކު ހުރި ކަަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ސްޕެއިން އާއި ޕޯޗުގަލް ބައްދަލު ކުރާ ނޭޝަންސް ލީގުގެ ފައިނަލް މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު