Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

މާޓިނޭޒްގެ ތައުރީފު ކޮންސެއިސާއޯ އަށް

މާޓިނޭޒް ބުނީ ކޮންސެއިސާއޯ އަކީ ވަރަށް އާދަޔާ ޚިލާފު ހުނަރެއް ލިބިގެންވާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ނުރައްކާތެރި ކުޅުންތެރިޔެއްކަން ވެސް ދައްކައިދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2024 | ބުދަ 06:50
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮންސެއިސާއޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކޮންސެއިސާއޯ އުފާ ފާޅު ކުރަނީ

ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ފްރެންސިސްކޯ ކޮންސެއިސާއޯ އަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ކޮންސެއިސާއޯ އަށް ތައުރީފުކޮށް މާޓިނޭޒް ވާހަކަ ދެއްކީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗަށްފަހު އެވެ. ޗެކް ރިޕަބްލިކާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން އެ ޓީމު މޮޅުވީ ފަހު ވަގުތު ކޮންސެއިސާއޯ ޖެހި ލަނޑުންނެވެ.

މާޓިނޭޒް ބުނީ، ކޮންސެއިސާއޯ ސާބިތު ކޮށްދިނީ އޭނާގެ ފެންވަރު ކަމަށެވެ. އަދި ޕޯޗުގަލް ޓީމުގައި އޭނާ ހިމެނެން ޖެހޭ ކުޅުންތެރިޔެއްކަން އޭނާ ސާބިތުކޮށްދިން ކަމަށާއި، ޓީމަށް އެހީތެރިވެވިދާނެކަން ވެސް ކޮންސެއިސާއޯ ސާބިތު ކޮށްދިން ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މާޓިނޭޒް ބުނީ ކޮންސެއިސާއޯ އަކީ ވަރަށް އާދަޔާ ޚިލާފު ހުނަރެއް ލިބިގެންވާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ނުރައްކާތެރި ކުޅުންތެރިޔެއްކަން ވެސް ދައްކައިދީފައިވާ ކަމަށެވެ. ޚާއްސަކޮށް ޗެކް ރިޕަލްބިލްގެ އޭރިޔާ ތެރޭގައި ނުރައްކާ ކުރުމަށް ކޮންސެއިސާއޯ ގިނަ މަސައްކަތްތަކެއް ކުރިކަން މާޓިނޭޒް ފާހަގަ ކުރި އެވެ.

މީގެ އިތުރުން މާޓިނޭޒް ބުނީ، ބެންޗުން ކުޅެން އެރުމަށް ފަހު ކޮންސެއިސާއޯ ދެއްކި ކުޅުމަކީ، ކޯޗެއްގެ ޙައިސިއްޔަތުން އޭނާ އަށް ވެސް ހައިރާންކަން ލިބުނު ކުޅުމެއް ކަމަށެވެ. އެހެންކަމުން ކޮންސެއިއާސޯއާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، ޕޯޗުގަލް އަށް ކުރިއަށް ދާން އިތުރު ހިތްވަރެއް ވެސް ލިބުނު ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. ތުރުކީން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2022

ހާލަންޑުގެ ތައުރީފު ރެއާލްގެ ކެޕްޓަން ބެންޒެމާއަށް

24 އޯގަސްޓު 2022
ހާލަންޑުގެ ތައުރީފު ރެއާލްގެ ކެޕްޓަން ބެންޒެމާއަށް
23 އޯގަސްޓު 2022

ވާދަވެރި ލިވަޕޫލް އަތުން މޮޅުވުމުން ޓެން ހާގްގެ ތައުރީފު ކުޅުންތެރިންނަށް

23 އޯގަސްޓު 2022
ވާދަވެރި ލިވަޕޫލް އަތުން މޮޅުވުމުން ޓެން ހާގްގެ ތައުރީފު ކުޅުންތެރިންނަށް
07 އޯގަސްޓު 2022

ގަލްޓިއޭގެ ތައުރީފު މެސީއަށް: "މެސީ ހިނިތުންވުމުން މުޅި ޓީމު ހިނިތުންވޭ"

07 އޯގަސްޓު 2022
ގަލްޓިއޭގެ ތައުރީފު މެސީއަށް: "މެސީ ހިނިތުންވުމުން މުޅި ޓީމު ހިނިތުންވޭ"
03 ޖުލައި 2022

ނަލަގެ ތައުރީފު ސިޓީގެ ބިދޭސީ ކުޅުންތެރިންނަށް

03 ޖުލައި 2022
ނަލަގެ ތައުރީފު ސިޓީގެ ބިދޭސީ ކުޅުންތެރިންނަށް
05 މާރިޗު 2022

މާޓިނޭޒްގެ ހެޓްރިކާއެކު އިންޓަރ ތާވަލުގެ އެއްވަނައަށް

05 މާރިޗު 2022
މާޓިނޭޒްގެ ހެޓްރިކާއެކު އިންޓަރ ތާވަލުގެ އެއްވަނައަށް
23 މެއި 2021

މާޓިނޭޒްގެ އޭޖެންޓް ރެއާލާއި އެތުލެޓިކޯއާ ބައްދަލުކޮށްފި

23 މެއި 2021
މާޓިނޭޒްގެ އޭޖެންޓް ރެއާލާއި އެތުލެޓިކޯއާ ބައްދަލުކޮށްފި
14 ސެޕްޓެމްބަރު 2020

ރެއާލުން މާޓިނޭޒްގެ ސޮއި ހޯދާކަށް ނޫޅޭ

14 ސެޕްޓެމްބަރު 2020
ރެއާލުން މާޓިނޭޒްގެ ސޮއި ހޯދާކަށް ނޫޅޭ
03 ޖޫން 2020

ޖަރުމަން ލީގުގެ ކުޅުންތެރިންނަށް ތައުރީފު ހައްގު: އިންފަންޓީނޯ

03 ޖޫން 2020
ޖަރުމަން ލީގުގެ ކުޅުންތެރިންނަށް ތައުރީފު ހައްގު: އިންފަންޓީނޯ
20 މެއި 2020

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެއްބަސްވުން އާކޮށްފި

20 މެއި 2020
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެއްބަސްވުން އާކޮށްފި
16 މާރިޗު 2020

ޑަބްލިއުއެޗްއޯގެ ތައުރީފު ރޮނާލްޑޯ، މެސީ އަދި ޕޮގްބާއަށް

16 މާރިޗު 2020
ޑަބްލިއުއެޗްއޯގެ ތައުރީފު ރޮނާލްޑޯ، މެސީ އަދި ޕޮގްބާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު