Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުން

ޖަރުމަން ލީގުގެ ކުޅުންތެރިންނަށް ތައުރީފު ހައްގު: އިންފަންޓީނޯ

ޖަރުމަން ލީގުގެ ބައެއް ކުޅުންތެރިން ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖޫން 2020 | ބުދަ 07:16
ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލި ޖަރުމަން ލީގުގެ ބައެއް ކުޅުންތެރިން

ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލި ޖަރުމަން ލީގުގެ ބައެއް ކުޅުންތެރިން

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް އެދި ދަނޑުމަތީގައި ޖަރުމަން ލީގުގެ ކުޅުންތެރިން ދިން މެސެޖަށް ތައުރީފް ހައްގު ކަމަށް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ވަނީ ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި މަރާލާފައެވެ. އެއާއެކު ގިނަ ކުޅިވަރު ތަރިން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އެގޮތުން ޖަރުމަނު ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި އަޝްރަފް ހަކީމީ ވަނީ "ޖަސްޓިސް ފޯ ޖޯޖް ފްލޮއިޑް" ޖަހާފައިވާ މެސެޖެއް ދައްކާލާފައެވެ. އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފޯވާޑް މާކަސް ތުރާމް ވަނީ ލަނޑު ޖަހުމަށްފަހު ކަކޫ ޖައްސައިގެން އިށީނދެފައެވެ. އޭގެ އިތުރަށް ޝާލްކާ އަށް ކުޅެމުން އަންނަ އެމެރިކާގެ މިޑްފީލްޑަރު ވެސްޓެން މެކެނީ ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ މެސެޖު ލިޔެފައިވާ ބޭންޑެއް އަތުގައި އަޅާފައެވެ.

ޑޯޓްމުންޑް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ސަންޗޯ އޭނާގެ ޖާޒީ ބާލައި ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ލިޔެފައިވާ މެސެޖު ދައްކާލުމުން، ގަވާއިދުގެ ދަށުން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައެވެ. ފުޓްބޯޅަ ގަވާއިދު ބުނާ ގޮތުން އުފާފާޅުކުރުމަށް ޖާޒީ ބާލައިފިނަމަ، އެ ކުޅުންތެރިއަކަށް ރީނދޫ ކަޑެއް ދައްކަން ޖެހެއެވެ. ސަންޗޯ އޭނާގެ ޖާޒީ ބޭލުމަށްފަހު ހާއްސަ މެސެޖު ދައްކާލި ނަމަވެސް، އެ ކްލަބުގެ ހަކީމީ ޖާޒީ ބާލާފައެއް ނުވެއެވެ. އެހެންކަމުން ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލި އަނެއް ތިން ކުޅުންތެރިންނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ނަސްލީ ތަފާތުކުރުން ހުއްޓާލުމަށް ފީފާ އިން ވެސް ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި، އެކަމަށް ގޮވާލާ ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ތައުރީފް ހައްގު ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާ ކުޅުންތެރިންނަށް އަދަބު ނުދޭން އިންފަންޓީނޯ ވަނީ ގޮވާލާފައެވެ.

ޖަރުމަން ލީގުގެ އިތުރުން ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންވެސް އަންނަނީ ފްލޮއިންޑަށް އިންސާފު ހޯދައިދޭން ގޮވާލަމުންނެވެ. އެގޮތުން ލިވަޕޫލާއި ޗެލްސީން ފަރިތަކުރުންތައް ފެށީ ހުރިހާ ކުޅުންތެރިން ކަކޫ ޖައްސައިގެން އިށީނދެ އިނުމަށްފަހު އެވެ.

މީގެ ކުރިން އިނގިރޭސި އެފްއޭ އިން ވަނީ ޕްރިމިއާ ލީގުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާ އެއްވެސް ކުޅުންތެރިއަކަށް ފިޔަވަޅު ނާޅާނެކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު