Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޓިނޭޒްގެ އޭޖެންޓުގެ ބައްދަލުވުންތަކެއް

މާޓިނޭޒްގެ އޭޖެންޓް ރެއާލާއި އެތުލެޓިކޯއާ ބައްދަލުކޮށްފި

މާޓިނޭޒް ހޯދަން ބާސާއިން ވަނީ މީގެ ކުރިން މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މެއި 2021 | އާދީއްތަ 13:58
އިންޓައަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

އިންޓައަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒްގެ އޭޖެންޓް ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާއެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އުމުރުން 23 އަހަރުގެ މަޓިނޭޒަކީ މީގެ ކުރިން ބާސެލޯނާއިން ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި މަޓިނޭޒް ބުނީ އާޖެންޓީނަގެ ތަރި ލިއޮނެލް މެސީގެ އެދުމަކަށް ބާސާއަށް ދާން މީގެ ކުރިން މަސައްކަތްކުރި ކަމަށާއި، އެކަމަކު މި ވަގުތު އިންޓަގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.

އެކަމަކު ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ދާދި ފަހުން މާޓިނޭޒްގެ އޭޖެންޓް ވަނީ މެޑްރިޑުގެ ދެ ކުލަބު ކަމަށްވާ ރެއާލާއި އެތުލެޓިކޯއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި މި ބައްދަލުވުންތަކަކީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި މާޓިނޭޒް ކުލަބު ބަދަލުކުރުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި މާޓިނޭޒްގެ ޓްރާންސްފައާ ގުޅޭ ވާހަކަތައް ގަދަވިއިރު، އެ ފަހަރުވެސް މާޓިނޭޒް ހޯދަން ރެއާލުން މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ފަހުން އެ ކުލަބުން ވަނީ މާޓިނޭޒްގެ ސޮއި ހޯދަން މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެފައެވެ.

ޔޫރަޕުގައި ފާހަގަކޮށްލެވޭ ފޯވާޑުންގެ ތެރޭގައި މާޓިނޭޒް ހިމެނޭއިރު، އޭނާ އިންޓައަށް ބަދަލުވީ 2018 ވަނަ އަހަރު ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކުލަބުން 22 މިލިޔަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް އިންޓަރއަށް ކުޅެދިން 131 މެޗުގައި 48 ލަނޑު ޖަހާފައެވެ. އަދި ވަނީ އިންޓައާއެކު މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2020

ސިޓީގައި ސްޓާލިން މަޑުކުރާނެ: އޭޖެންޓް

17 ފެބުރުއަރީ 2020
ސިޓީގައި ސްޓާލިން މަޑުކުރާނެ: އޭޖެންޓް
15 ފެބުރުއަރީ 2020

ހޫނު މޫސުމުގައި ޔުވެންޓަސްއަށް ބަދަލުވާން ޕޮގްބާ ބޭނުންވޭ: އޭޖެންޓް

15 ފެބުރުއަރީ 2020
ހޫނު މޫސުމުގައި ޔުވެންޓަސްއަށް ބަދަލުވާން ޕޮގްބާ ބޭނުންވޭ: އޭޖެންޓް
03 ފެބުރުއަރީ 2020

ބޭލް އަނބުރާ ޓޮޓެންހަމަށް ބަދަލުވުން ނާދިރު: އޭޖެންޓް

03 ފެބުރުއަރީ 2020
ބޭލް އަނބުރާ ޓޮޓެންހަމަށް ބަދަލުވުން ނާދިރު: އޭޖެންޓް
25 އޯގަސްޓު 2019

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ދަގަނޑޭ ބައްދަލުކޮށްފި

25 އޯގަސްޓު 2019
އެފްއޭއެމްގެ ރައީސް ބައްސާމް އާއި ދަގަނޑޭ ބައްދަލުކޮށްފި
06 ޖެނުއަރީ 2019

ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި

06 ޖެނުއަރީ 2019
ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި
05 ޖެނުއަރީ 2019

މާޔަން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި

05 ޖެނުއަރީ 2019
މާޔަން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި
07 އޮކްޓޯބަރު 2018

ޓްރާންސިޝަން ކޮމިޓީން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށްފި

07 އޮކްޓޯބަރު 2018
ޓްރާންސިޝަން ކޮމިޓީން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށްފި
04 އޯގަސްޓު 2018

ކޯޓުއާ ރެއާލްއަށް ވިއްކާލަ ދިނުމަށް އޭނާގެ އޭޖެންޓް އެދިއްޖެ

04 އޯގަސްޓު 2018
ކޯޓުއާ ރެއާލްއަށް ވިއްކާލަ ދިނުމަށް އޭނާގެ އޭޖެންޓް އެދިއްޖެ
07 އެޕްރީލު 2018

ޕޮގްބާގެ އޭޖެންޓް އޭނާ ސިޓީއަށް ހުށަހެޅި: ގާޑިއޯލާ

07 އެޕްރީލު 2018
ޕޮގްބާގެ އޭޖެންޓް އޭނާ ސިޓީއަށް ހުށަހެޅި: ގާޑިއޯލާ
12 ޖުލައި 2017

އެންމެ ފަހުން އެމްބަޕޭ އާއި ވެންގާ ބައްދަލުކޮށްފި

12 ޖުލައި 2017
އެންމެ ފަހުން އެމްބަޕޭ އާއި ވެންގާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު