Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޓިނޭޒް ހޯދަން ކުރާ މަސައްކަތް

ރެއާލުން މާޓިނޭޒްގެ ސޮއި ހޯދާކަށް ނޫޅޭ

ޒިދާންގެ އިތުބާރު މިހާރުގެ ރެއާލްގެ ސްކޮޑަށް އެބައޮތް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2020 | ހޯމަ 18:37
އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒްގެ ސޮއި ހޯދަން ނޫޅޭ ކަމަށް އެ ކުލަބުން ބުނެފިއެވެ.

މީގެ ކުރިން ސްޕެއިންގެ ބައެއް މީޑިއާތަކުން ވަނީއުމުރުން 23 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމަށް ރެއާލުން ބިޑް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމަކު ރެއާލްގެ އޮފިޝަލަކު ދާދި ފަހުން ބުނީ އެ ކުލަބުން މި ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އޭނާ ބުނީ މާޓިނޭޒް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އަދި ޔޫރަޕްގެ ގިނަ ކުލަބުތަކުން އޭނާއަށް ފާރަލަމުން އައި ނަމަވެސް، ރެއާލުން މާޓިނޭޒް ހޯދުމަށް މަސައްކަތް ނުކުރާ ކަމަށެބެ. އަދި އެޓީމުގެ ކޯޗު ޒިނެދިން ޒިދާންގެ އިތުބާރު މިހާރުގެ ސްކޮޑަށް އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ ރެއާލްގެ މެނޭޖުމަންޓްގެ ފުރިހަމަ އިތުބާރު ޒިދާނަށް އޮންނަ ކަމަށާއި، ޒިދާނާއިއެކު ރެއާލުން މި ސީޒަނުގައިވެސް ކާމިޔާބު ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މާޓިނޭޒް ހޯދަން ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕެއިންފގެ މީޑިއާތަކުން ރިޕޯޓުކުރިއިރު، މީގެ ކުރިން މާޓިނޭޒް ހޯދުމަށް މަސައްކަތް ކޮށްފައިވަނީ ވާދަަވެރި ބާސެލޯނާއިންނެވެ. މާޓިނޭޒް އިންޓައާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން 111 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ. އެކަމަކު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މާޓިނޭޒްގެ ހޯދަން ކުރިން ބިޑް ކުރަން ވިސްނި ނަމަވެސް، އެ ވިސްނުން މިހާރު ނެތް ކަމަށާއި، އެވަރު ބޮޑު ޓްރާންސްފާއެއް ކޮވިޑް-19 ގެ މި ހާލަތުގައި ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނަ މާޓިނޭޒް އިންޓައާ ގުޅުނީ 2018 ވަނަ އަހަރު ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބުން 22 މިލިޔަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 84 މެޗުގައި 30 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 17 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު