Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ރޮނާލްޑޯ އަށް ހަ ޔޫރޯ، އެންމެ މުސްކުޅި ކުޅުންތެރިއަކަށް ޕެޕޭ

19 ޖޫން 2024 | ބުދަ 04:17

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެންމެ މުސްކުޅި ކުޅުންތެރިއަކަށް ޕޯޗުގަލްގެ ޑިފެންޑަރު ކަމުގައި ޕެޕޭ ވެއްޖެ.

ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 04:17
ޕޯޗުގަލްގެ ޕެޕޭ

ޕޯޗުގަލްގެ ޕެޕޭ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެންމެ މުސްކުޅި ކުޅުންތެރިއަކަށް ޕޯޗުގަލްގެ ޑިފެންޑަރު ކަމުގައި ޕެޕޭ ވެއްޖެ އެވެ.

ޗެލް ރިޕަބްލިކް އަތުން 2-1އިން ޕޯޗުގަލް މޮޅުވި މެޗުގައި އޭނާ ނުކުތްއިރު އުމުރަކީ 41 އަހަރާއި 113 ދުވަހެވެ. ކުރިން މި ރެކޯޑް އޮންނަނީ ހަންގޭރީގެ ގޯލްކީޕަރު ގަބޯ ކިރާއީގެ އަތުގަ އެވެ. ޕިޖާމާއެއް ލައިގެން 2016 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު ކީޕަރު އެންމެ މުސްކުޅި ކުޅުންތެރިޔާގެ ރެކޯޑް ހެދީ 40 އަހަރާއި 86 ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅެގެންނެވެ.

ވަރުހަދަ ދިފާއީ ތަނބެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޕެޕޭ ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ކުޅުނީ އުމުރުން 24 އަހަރުގައި ބްރެޒިލްގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީގެ ކޯޗުކަމުގަ އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 136 މެޗު ކުޅެދީފަ އެވެ. މި ހުރިހާ މެޗެއްގައި ގައުމީ ޓީމަށް 8 ގޯލު ޖަހައިދީ 25 ރީނދޫ ކާޑު ހޯދި އެވެ.

ރޭގެ މެޗުގައި ކެޕްޓަން ބޭންޑާއެކު ކުޅެން ނުކުތް ރޮނާލްޑޯ ވަނީ މީގެ ކުރިން ޔޫރޯގައި ފަސް ފަހަރު ކުޅެފަ އެވެ. މި ފަހަރުގެ މުބާރާތަކީ އޭނާގެ ހަ ވަނަ މުބާރާތެވެ. މިހެންވެ މިއީ ވެސް ރެކޯޑެކެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައި އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ދުނިޔޭގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ފޯވަޑް މި ފަހަރުގެ މުބާރާތުގައި ގޯލެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ މުބާރާތުގައި ގޯލެއް ޖަހާ އެންމެ ދޮށީ ކުޅުންތެރިޔާ އަށެވެ. އަދި ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެއީ 25 މެޗެވެ. އޭނާ ވަނީ މުބާރާތުގައި 11 ގައުމެއްގެ ކޮޅަށް ގޯލު ޖަހައިފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް