Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސަޕޯޓަރުންގެ ލޯތްބާއެކު، ކާންޓޭ އަށް ހާއްސަ އުފަލެއް

ފްރާންސް ޤައުމީ ޓީމަށް އެނބުރި އައިސް، ޤައުމީ ޓީމާ އެކު ބޮޑު މުބާރާތެއްގައި ކުޅެވޭތީ ކާންޓޭ އުފާވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2024 | އަންގާރަ 06:10
ފްރާންސް އަށް ކުޅެމުން އަންނަ ކާންޓޭ

ފްރާންސް އަށް ކުޅެމުން އަންނަ ކާންޓޭ

ފްރާންސްގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ލިބުނު ސަޕޯޓާއެކު ހާއްސަ އުފަލެއް ލިބިއްޖެ ކަމަށް، އެންގޯލޯ ކާންޓޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ ދެކޮޅަށް ކުޅުމަށްފަހު އެވެ. އެ މެޗުން ފްރާންސް މޮޅުވީއިރު، އެންމެ މޮޅު ކުޅުމެެއް ދެއްކީ ވެސް ކާންޓޭ އެވެެ. މެޗުގައި އޭނާ ވަނީ އޮސްޓްރިއާގެ ނުރައްކާތެރި ބޯޅަތަކެއް ހުއްޓުވުމުގައި ވަރަށް މަސައްކަތް ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކާންޓޭ ބުނީ، ހުރިހާ ސަޕޯޓަރުން އަދި އޭނާ އާއެކު ކުޅެމުން އަންނަ ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ފްރާންސް ޤައުމީ ޓީމަށް އެނބުރި އައިސް، ޤައުމީ ޓީމާ އެކު ބޮޑު މުބާރާތެއްގައި ކުޅެވޭތީ އުފާވާ ކަމަށް ވެސް ކާންޓޭ ބުންޏެވެ. ކާންޓޭ ބުނި ގޮތުގައި އަބަދު ވެސް އޭނާ ބޭނުން ވަނީ ޤައުމީ ޓީމާ އެކު ހުންނާށެވެ.

މީގެ އިތުރުން ކާންޓޭ ބުނީ، ފްރާންސްގެ ސަޕޯޓަރުން އޭނާގެ ނަމުން ގޮވުމަކީ ވެސް ލިބޭ އިތުރު ހާއްސަ ކަމެއް ކަމަށެވެ. އެއީ އޭނާ އަށް ވެސް ލިބޭ ހިތްވަރެއް ކަމަށާއި، ބޭނުން ވަނީ ޤައުމީ ޓީމަށް އެންމެ ގިނަ ކާމިޔާބީތައް ހޯދައި ދިނުމުގައި ދެމި ހުންނަން ކަަމަށް ވެސް ކާންޓޭ ވަނީ ބުނެފަ އެވެ. އިތުރަށް ކާންޓޭ ބުނީ ފްރާންސްގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި، ޔޫރޯގައި އެ މީހުން ބޭނުންވާ އަމާޒަށް ދެވޭނެ ކަމަށެވެ.

ފްރާންސް އިން ވަނީ މީގެ ކުރިން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެ ފަހަރުގެ ފައިނަލްގައި ފްރާންސް ބަލިވީ ޕޯޗުގަލް އަތުންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯ ފްރާންސް އިން ނިންމާލަން ޖެހުނީ ގަދަ 16 ބުރާ ހަމައިންނެވެ. ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އެންމެ ފަހުން ކުޅެފައިވާ ފްރާންސް އަކީ މިއަހަރުގެ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންނެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

މެޗު ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެއްޖެ: ޖަވާޒް

12 އޯގަސްޓު 2017
މެޗު ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެއްޖެ: ޖަވާޒް
01 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި

01 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި
03 ޖޫން 2017

ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި

03 ޖޫން 2017
ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި
29 މެއި 2017

އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި

29 މެއި 2017
އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު