Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ވޯލްޑް ކަޕަށް ފަހު ފްރާންސް ޓީމު ދޫކޮށްލާނެކަން ޑެޝޯމްޕްސް ހާމަކޮށްފި

9 ޖެނުއަރީ 2025 | ބުރާސްފަތި 04:13

2012 ވަނަ އަހަރުން ފެށިގެން ފްރާންސް އަށް އިރުޝާދު ދެމުން އަންނަކަން ފާހަގަ ކުރަމުން ޑެޝޯމްޕްސް ބުނީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް މަގާމުގައި ހުންނާނެ ކަމަށާއި، އޭގެ ފަހުން ކޯޗުކަމުން ދުރަށް ދާން ނިންމާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖެނުއަރީ 2025 | ބުރާސްފަތި 04:13
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ކެނެޑާ، އެމެރިކާ އަދި މެކްސިކޯގައި އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު، ފްރާންސް ޤައުމީ ޓީމު ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ހާމަކޮށްފި އެވެ.

ފްރާންސްގެ ޓީއެފް ވަން އަށް ދިން އިންޓަވިޔުއެއްގައި ޑެޝޯމްޕްސް ބުނީ، 2026 ވަނަ އަހަރަކީ އޭނާ ފްރާންސްގެ ކޯޗުކަމުން ދުރަށް ޖެހޭނެ އަހަރު ކަމަށެވެ. 2012 ވަނަ އަހަރުން ފެށިގެން ފްރާންސް އަށް އިރުޝާދު ދެމުން އަންނަކަން ފާހަގަ ކުރަމުން ޑެޝޯމްޕްސް ބުނީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް މަގާމުގައި ހުންނާނެ ކަމަށާއި، އޭގެ ފަހުން ކޯޗުކަމުން ދުރަށް ދާން ނިންމާފައިވާ ކަމަށެވެ.

ފްރާންސްގެ ކޯޗުކަމުން ދުރަށް ދާން ނިންމީ އެކަމާ މެދު ވަރަށް ބޮޑަަށް ވިސްނުމަށްފަހު ކަމަށާއި، އެ ނިންމުމަކީ އޭނާގެ ވިސްނުމަށް އައި އެންމެ ރަނގަޅު ނިންމުން ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. މިހާތަނަށް އައިރު، އެއް އަމާޒެއްގައި، އެއް ޢަޒުމެއްގައި ފްރާންސް ޤައުމީ ޓީމާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، އެންމެ އިސްކަމެއް ދެނީ ފްރާންސް ޤައުމީ ޓީމު އެންމެ މަތީ ފެންވަރުގައި އަބަދު ވެސް ބާއްވަން ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް ޤައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ 11 އަހަރުގެ ތެރޭގައި، ޑެޝޯމްޕްސް ވަނީ ފްރާންސް އާއެކު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 165 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ފްރާންސް ވަނީ 105 މެޗުން މޮޅުވެފަ އެވެ. 26 މެޗުން ބަލިވެފައިވާއިރު، 34 މެޗުން ވަނީ އެއްވަރުވެފަ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށް ދިޔަ ވޯލްޑް ކަޕްގެ އިތުރުން، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. 2016 ވަނަ އަހަރު އޮތް ޔޫރޯ މުބާރާަތުގެ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވެފައިވާއިރު، އެންމެ ފަހުން 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ބަލިވެފައި ވަނީ އާޖެންޓީނާ އަތުންނެވެ.

އެ މުބާރާތަށްފަހު ފްރާންސްގެ ކޯޗުކަމުން ޑެޝޯމްޕްސް ވަކި ކުރާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެ ޓީމުގެ ކޯޗުކަމުގައި ޑެޝޯމްޕްސް ބަހައްޓަން ނިންމައިފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް