Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

އިންގްލެންޑުގެ ކުޅުމާ މެދު ސައުތުގޭޓް ހިތްހަމަ ޖެހޭ!

ސައުތުގޭޓް ބުނީ، ފުރަތަމަ ހާފުގައި އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ، މެޗުގެ ކޮންޓްރޯލް އެމީހުންގެ އަތް މައްޗަށް ނެގި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2024 | ހޯމަ 05:21
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް، ކުޅުންތެރިންނާއެކު

އިންގްލެންޑުގެ ކޯޗު ސައުތުގޭޓް، ކުޅުންތެރިންނާއެކު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް އިންގްލެންޑުން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މީގެ ތިން އަހަރެއް ކުރިން އަމިއްލަ ގައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ކުޅުނު އިންގްލެންޑަކީ، މިއަހަރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގައި ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޓީމެކެވެ. ހާއްސަކޮށް މިހާރު އިންގްލެންޑުގައި އޮތް ސްކޮޑަށް ބަލާއިރު، އެ ޓީމަށް މިއަހަރުގެ މުބާރާތް ކާމިޔާބު ކުރެވެން ޖެހޭނެ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އާދިއްތަ ދުވަހުގެ ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ފުރަތަމަ ހާފުގައި އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ، މެޗުގެ ކޮންޓްރޯލް އެމީހުންގެ އަތް މައްޗަށް ނެގި ކަމަށެވެ. ފުރަތަމަ ހާފުގައި ޖެހި ލަނޑުގެ އިތުރުން، ދެވަނަ ލަނޑެއް ވެސް އިންގްލެންޑަށް ޖެހުނީސް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، ފުރަތަމަ ހާފުގައި އިންގްލެންޑުން ވަރަށް ހިތްވަރާއި، ޖޯޝާއެކު ކުޅުނު ކަމަށާއި، އުއްމީދުކޮށްގެން ހުރީ ދެވަނަ ހާފުގައި ވެސް އެކަން ތަކުރާރު ވާނެ ކަމަށެވެ. އެހެންނަމަވެސް، ސާބިއާ އިން ވެސް ލަނޑެއް ޖަހަން މަޖުބޫރުވެފައި އޮތްއިރު، ދެވަނަ ހާފުގައި އިންގްލެންޑުގެ ކުޅުން ކޮންމެވެސް ވަރަކަށް ދަށްވި ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

އެހެންނަމަވެސް، މެޗުގައި އިންގްލެންޑުގެ ކުޅުންތެރިން ޖުމްލަ ގޮތެއްގައި ދެއްކި ކުޅުމާއި، ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމުގައި ސައުތުގޭޓް ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ މުބާރާތުގެ ފުރަތަމަ މެޗުން ބޭނުންވި ތިން ޕޮއިންޓު ލިބުމުން، ދެން މަސައްކަތް ކުރަންވީ ކުރިއަށް އޮތް ދެ ވަނަ މެޗަށް ކަމަށެވެ. ހާއްސަކޮށް ފުރަތަމަ މެޗުން ލިބުނު މޮޅާއެކު، ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު އިންގްލެންޑު ނިކުންނާނީ ޑެންމާކާ ދެކޮޅަށެވެ. ޑެންމާކު ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު