Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ފުރަތަމަ މެޗުން މޮޅުވާނެ ކަމަށް ހީކޮށްގެން ނުވާނެ: ކޫމަން

މަސައްކަތް ކުރަން ޖެހޭނީ މެޗުން މޮޅުވާން، އެކަމަށްޓަކައި މަސައްކަތް ކުރަންވާނީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖޫން 2024 | އާދީއްތަ 06:37
ނެދަލެންޑްސްގެ ކޯޗު ކޫމަން

ނެދަލެންޑްސްގެ ކޯޗު ކޫމަން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕޮލެންޑާ ދެކޮޅަށް ނިކުންނައިރު، އެ މެޗުން މޮޅުވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ނެދަލެންޑްސްގެ ކޯޗުކަމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ލުއިސް ވެންހާލް ވަކިވުމުންނެވެ. ކޫމަންއާ ނެދަލެންޑްސް އިން ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ ވެސް ޔޫރޯ މުބާރާތުގައި އެ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައި ދިނުމެވެ.

ޕޮލެންޑު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫމަން ބުނީ، ނެދަލެންޑްސް ހިމެނިފަައި އޮތް ގްރޫޕް ޑީ ގައި އޮތީ ވަރުގަދަ ޓީމުތަކެއް ކަމަށެވެ. ކޮންމެ ޓީމެއް ފްރާންސްހާ ވަރުގަދަ ނޫން ނަމަވެސް، ޕޮލެންޑަކީ ރޭވުންތެރިކަމާއެކު ކުޅޭ ޓީމެއްކަން އޭނާ ފާހަގަ ކުރި އެވެ.

ޚާއްސަކޮށް ޕޮލެންޑުގެ ޑިފެންސްގައި ތިބޭ ކުޅުންތެރިންނަކީ ހުށިޔާރުވެ، ކޮންމެ ހަމަލާއެއް ވެސް ހުއްޓުވުމުގެ ކުޅަދާނަކަމާއި، ޤާބީލުކަން ލިބިގެންވާ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. އަނެއްކޮޅުން ޕޮލެންޑުގެ މެދު ތެރޭގައި ކުޅެން ތިބި ކުޅުންތެރިންނަކީ، ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ތަކެއް ކަމަށް ވެސް ކޫމަން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ފުރަތަމަ މެޗަށް ނެދަލެންޑްސް ނިކުންނައިރު، އެ މެޗުން މޮޅުވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ކޫމަން ބުންޏެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަން ޖެހޭނީ މެޗުން މޮޅުވާން ކަމަށާއި، އެކަމަށްޓަކައި މަސައްކަތް ކުރަންވާނީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއެކު ކަމަށް ވެސް ކޫމަން ބުންޏެވެ.

ކޫމަން ފާހަގަ ކުރި ގޮތުގައި ޕޮލެންޑު މެޗުގެ ކުރިން ނެދަލެންޑްސް އިން ކުރިއަށް ގެންދިޔަ ފަރިތަކުރުން ވަރަށް ފުރިހަމަ އެވެ. ޚާއްސަކޮށް ކުޅުންތެރިންގެ ރޫޙާއި، ކުޅުންތެރިން ކުރަމުން އައި މަސައްކަތާމެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވެސް ކޫމަން ބުންޏެވެ. އެހެން ނަމަވެސް، އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބޭނީ ފުރަތަމަ މެޗުން ތިން ޕޮއިންޓު ލިބިގެން ކަމަށް ވެސް ކޫމަން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު