Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ޔޫރޯ 2024: ސަލާމަތީ ކަންކަން ވަރުގަދަ!

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް، ސަލާމަތީ ކަންކަމުގައި ޖަރުމަނު އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖޫން 2024 | އާދީއްތަ 03:42
މުބާރާތް ކުރިއަށްދާ ދަނޑެއްގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ޙަރަކާތްތެރި ވަނީ

މުބާރާތް ކުރިއަށްދާ ދަނޑެއްގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ޙަރަކާތްތެރި ވަނީ

ހުކުރު ދުވަހު ޖަރުމަނުގައި ފެށި ޔޫރޯ ފުޓުބޯޅަ މުބާރާތް ބެލުމަށް، 2.7 މިލިއަން ސަޕޯޓަރުން އެ ޤައުމަށް އަންނާނެ ކަމަށް އޮތީ އަންދާޒާ ކޮށްފަ އެވެ.

މުބާރާތައް ޖަރުމަނުން ތައްޔާރުވަމުން އައިސް، މުބާރާތަށް ކުޑަތަން ވެފައި ވަނިކޮށް، އައިއެސްގެ ސަޕޯޓަރަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެއާއެކު ޖަރުމަނުން ވަނީ މުބާރާތާ ގުޅިގެން ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ވެސް ކޮށްފަ އެވެ.

ޔޫރޯ މުބާރާތާ ގުޅިގެން ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފޭޒާ ވިދާޅުވެފައި ވަނީ، ޔޫރޯ މުބާރާތަށް ޖަރުމަނުން ފުރިހަމަ އަށް ތައްޔާރުވެފައިވާއިރު، މުބާރާތުގެ ސަލާމަތީ ކަންކަން ވެސް ފުރިހަމަ ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ރިސްކުތައް ވެސް އެބަ ހުއްޓެވެ. އެހެން ނަމަވެސް، މާ ބޮޑަށް ކަންކަން ހިފެހެއްޓުމުގެ ވިސްނުމެއް ޖަރުމަނުން ނުގެން ގުޅޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފޭޒާ ވިދާޅުވެފައިވާ ގޮތުގައި ސަތޭކަ އިންސައްތަ އަށް އެއްވެސް ކަމެއް ފުރިހަމަ ނުވި ނަމަވެސް، މުބާރާތުގެ ސަލާމަތީ ކަންކަން ހުންނާނީ ފުރިހަމަ އުސޫލެއްގެ ތެރޭގަ އެވެ.

ހުކުރު ދުވަހުގެ ރޭ (ޖޫން 15) ގައި ޖަރުމަނުގައި ފެށި ޔޫރޯ މުބާރާތް، އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޖަރުމަނުގެ 10 ސިޓީއެއްގައި މުބާރާތުގެ މެޗުތައް ކުރިއަށް ދާނެ އެވެ. އެ މެޗުތައް ބެލުމަށް ދަނޑުތަކުގައި ގާތް ގަނޑަކަށް 2.7 މިލިއަން ސަޕޯޓަރުން ޙަރަކާތްތެރިވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަނެއްކޮޅުން އާންމު ތަންތަނުގައި ހުންނަ ސްކްރީންތަކުން މުބާރާތުގެ މެޗުތައް ބަލާ މީހުންގެ އަދަދު 12 މިލިއަނަށް އަރާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

އެކަމަށް އިޝާރާތްކޮށް ފޭޒާ ވިދާޅުވެފައި ވަނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ސެކިއުރިޓީގެ ކަންކަމެވެ. ހުރިހާ ދިމާލަކުން ވެސް ކުރިމަތި ވެދާނެ ނުރައްކަލަކާއި، ހިނގައިފާނެ ހަމަ ނުޖެހުމަކަށް، ޖަރުމަނުގެ ފުލުހުންނާއި، ސަލާމަތީ ޚިދުމަތުގައި ޙަރަކާތްތެރިވާ ބޭފުޅުން އެންމެ ފުރިހަމަ އަށް ތައްޔާރުވެފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، އެއް މަސް ދުވަހުގެ މުބާރާތެއް ޖަރުމަނުގައި ނިންމާލާއިރު، ސުލްހަވެރިކަމާއި، އަމާންކަން ފެނިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫރޯ ފެށުމަށް ޖަރުމަނުގައި މިދިޔަ ހަފްތާގެ ތެރޭގައި ތައްޔާރުވަމުން ދަނިކޮށް، އިސްމާލިކް ސްޓޭޓްގެ ސަޕޯޓަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން ސަލާމަތީ ގޮތުން ބައެއް ކަންބޮޑުވުންތައް ވެސް އޮތީ އުފެދިފަ އެވެ. ޖަރުމަނާއި، މޮރޮކޯ އަދި ޕޮލެންޑުގެ ރަށްވެހިކަން ލިބިފައިވާ އެ މީހާ ހައްޔަރު ކުރީ އައިއެސްގެ އޮފިޝަލަކަށް ނިސްބަތްވާ އެކައުންޓަކަށް 1،700 ޑޮލަރު (1،580 ޔޫރޯ) ޖަމާކުރި ކަމުގެ ތުހުމަތުގައި ކޮލޯން އެއާޕޯޓުންނެވެ.

ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ނޯތު ރައިން-ވެސްފަލިއާގެ އިންޓީރިއާ މިނިސްޓަރު ހާބަޓް ރިއުލް ވިދާޅުވީ، އެ މީހާ އަކީ 2024 ވަނަ އަހަރުގެ ޔޫރޯގައި މީހުން އުފުލުމުގެ މަސައްކަތް ކުރާ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަން ކުރިމަތިލި މީހެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ސަލާމަތީ ގޮތުން އިތުރު ނުރައްކާތެރި ކަމެއް ނުވަތަ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯއާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މުބާރާތުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ޖަރުމަނަށް "ބޮޑު ޗެލެންޖަކަށް" ވީ ނަމަވެސް، އެ ޤައުމުން އެކަން ކާމިޔާބު ކުރާނެ އެވެ. އެގޮތުން މުބާރާތުގެ މެޗުތައް ކުރިއަށްދާ ދަނޑުތަކާއި، ދަނޑުތައް ވަށައިގެންވާ ސަރަހައްދުތަކާއި، ޖަރުމަނުގެ އެތެރޭގެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ޖަރުމަނުން އެކަންކަމަށް ތައްޔާރުވެފައި ވަނީ، "ކުއްލި" ކަމެއް ދިމާވެދާނެ ޙާލަތެއްގައި، އެކަމެއްގެ ނުރައްކާ ވީ އެންމެ އަވަހަކަށް ކުޑަ ކުރެވޭނެ ގޮތުގެ މަތިން ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމުތަކާއި، ޓީމުތަކުގެ ކުޅުންތެރިން އަދި އޮފިޝަލުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އިންތިޒާމުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ އުފުލާއިރު، ޖަރުމަނުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. ޔޫކްރެއިން އާއި ރަޝިއާ އަދި އިސްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ހަނގުރާމަ އާއި، ސައިބާ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާތީ، މިއީ ވަރަށް ރިސްކު ބޮޑު މަސައްކަތެކެވެ.

މި ހުރިހާ ކަމެއްގެ މާނައަކީ ޖަރުމަނު އޮތީ ހައި އެލާޓްގަ އެވެ. ނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި އެތައް ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް، އެމީހުން ތިބީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017
ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

29 އޮކްޓޯބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު