Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމިން ފެކްޝަން

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

ބޯހިޔާވހިކަން ނުލިބި ތިބި މީހުން ގާތު ޖީއެމްއާރަށް ދައްކަން ޖެހުނު ފައިސާގެ ވާހަކަ ބުނަން ރައީސް އެދިވަޑައިގެންނެވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2017 | އާދީއްތަ 10:21
ރައީސް ޔާމިން ޑިފެންސް މިނިސްޓަރާ ސަލާމް ކުރައްވަނީ:--

ރައީސް ޔާމިން ޑިފެންސް މިނިސްޓަރާ ސަލާމް ކުރައްވަނީ:--

ރައީސް އަބްދުﷲ ޔާމިން ވަނީ އަންނަ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމުގައި ކެމްޕެއިން ކުރާ މީހުން އަމަލުކުރަންވީ ގޮތް ވިދާޅުވެ ދެއްވާފަ އެވެ. އޭގެ ތެރެއިން އެމަނިކުފާނު ވިދާޅުވި ބައެއް މިސާލުތައް ހުރީ ރައްޔިތުން އެ ވާހަކަތައް ގަބޫލު ނުކުރާނެ ފަދަ ގޮތަކަށެވެ.

ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ރައްޔިތުންނަށް ކޮށްނުދެވި ހުރި ކަންތައްތައް ނުކުރެވިވާ ސަބަބާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރުގެ އަތުން ނެގުމަށް ރާއްޖެއިން ދައްކަން ޖެހުނު ފައިސާއާ ގުޅުވުމަށް ގޮވާލައްވާފަ އެވެ. ޖީއެމްއާރު ކުންފުނިން ވެލާނާ އެއާޕޯޓް އަތުލުމަށް ކުރި މަސައްކަތުގައި ސަރުކާރުން 300 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ އަދަދު ބޭނުންކޮށްގެން މީހުންގެ ގާތު ދެއްކިދާނެ ވާހަކަތަކުގެ މިސާލު އެމަނިކުފާނު ޖެއްސެވިއިރު އެ ވާހަކަތައް އަޑުއަހަން ވެސް ތިބީ ހަމައެކަން ވީގޮތް އެނގޭ މީހުންކަން ހަނދުމަފުޅު ނެތުނީތޯ ސުވާލު އުފެދެ އެވެ.

އަލަށް ކައިވެނި ކޮށްގެން އުޅޭ އަދި ގެދޮރޮ ނެތް މީހުންގެ ގާތު އެމީހުނަށް ބޯހިޔާވަހިކަން ހޯދައި ދެއްވަން 300 މިލިއަން ޑޮލަރު ރައީސް ހަރަދު ކުރެއްވި ކަމަށް ބުނުމަށް ޕާޓީގެ މެމްބަރުން ގާތު އެދިވަޑައިގެންނެވިއިރު މިއަށްވުރެ ބޮޑު އިތުރުފުޅެއް އޮވެދާނެ ހެއްޔެވެ؟. މި ސަރުކާރުން 300 މިލިއަން ޑޮލަރު ޖީއެމްއާރުގެ މައްސަލާގައި ހޭދަކޮށްފައިވުމަކީ ޒުވާނުންގެ ގެދޮރަށް ކުރި ހޭދައެއް ކަމަށް ވިދާޅުވުމަކީ ބޮޑު އޮޅުވާލުމަކަށް ނުވާނެތޯ؟

"މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމުގެ ވާހަކަ ތިޔަބޭފުޅުން ގެންނަވާ ހިތްޕުޅަށް. އަންހެން ބޭފުޅުންނަށް ކައިވެންޏެއް ރޫޅުނީމަ އެންމެ ބޮޑަށް ބޭނުންވާ ކަންތައް، އެންމެ ބޮޑަށް ބޭނުންވާ ރައްކާތެރިކަން ތިޔަ ބޭފުޅުންގެ ހިތައް ގެންނަވާ، ގެދޮރުވެރިކަން އެހެން ނޫންތޯ. އެހެންވީމަ ޒުވާން ކަޕްލްއެއްގައި، ޒުވާން ދެމަފިރިއެއްގެ ޝައުގުވެރިކަން މި ކަމުގައި ހަމަ މިއަދަދު ދީގެން ހޯއްދަވާ ކަމަށްވާނަމަ ވިދާޅުވާންވީ ވިސްނާށޭ ރައީސް ޔާމިން ހަރަދުކޮށްފި މި ކަމުގައި 300 މިލިއަން ޑޮލަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އެ 300 މިލިއަން ޑޮލަރު ދިވެހި ދައުލަތައް ދައްކަން ޖެހުނީ ޖީއެމްއާރު އެއްވެސް އުސޫލެއް ނެތި ބޭރުކޮށްލުމާ ގުޅިގެންނެވެ. އެކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮން އެނގެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނީ 271 މިލިއަން ޑޮލަރެވެ. އެއީ 4.1 ބިލިއަން ރުފިޔާ ކަމާއި އެ އަދަދު ދައްކާ ހަލާސްކޮށްފައިވާ ކަމަށް މި ސަރުކާރުގެ ބަންޑާރަ ނައިބު އަހްމަދު އަނިލް ވިދާޅުވެފައިވާއިރު ޖީއެމްއާރު ފޮނުވާލި މައްސަލާގައި ސަރުކާރުން ހަރަދުކުރާން ޖެހުނު 300 މިލިއަން ޑޮލަރެއްގެ ވާހަކަ ރައީސް ވިދާޅުވާއިރު އެއީ ކިހިނެތް އިތުރުވި 29 މިލިއަން ޑޮލަރެއް ކަމެއް ނޭނގެ އެވެ.

" މި ތިންސަތޭކަ މިލިއަންޑޮލަރު ހައުސިން މަޝްރޫއުތަކަށް ހަރަދުކުރަން ލިބުނުނަމަ، އަޅުގަނޑު މި ހިސާބުކުރަނީ 30000 އެމެރިކާ ޑޮލަރަށް ވަން ރޫމް އެޕާޓްމަންޓެއް އެބަ ހެދޭ، އެހެންވީމަ ސްޓޯޑިއޯ އެޕާޓްމަންޓެއް ހެދޭ، މި ދައްކަނީ 10000 މީހުންގެ އެޕާޓްމެންޓްގެ ވާހަކަ އޭ، 10000 ހައުސިން ޔުނިޓްގެ ވާހަކަ އޭ މި ދައްކަނީ، މީހުންގެ ގާތުގައި ކެމްޕެއިންގައި ދައްކަންވީ ވާހަކަ ވިދާޅުވެ ރައީސް މިސާލު ޖެއްސެވި އެވެ.

އެވަރުން ފަރު ޖައްސާލެއްވީކީވެއް ނޫނެވެ. އެހެން ރަށްރަށުގެ ނަރުދަމާއާއި ބަނދަރު ގާއިމު ނުކުރެވި ހުރި ވާހަކަ ދެއްކުމުންވެސް ހަމަ އެ 300 މިލިއަން ޑޮލަރު ދައްކާން ޖެހުމުން ނުވީ ކަމަށް ދޭހަވާ ގޮތަށް ރައީސް ވާހަކަފުޅު ދެއްކެވީ އެވެ. އެހެން ނަމަވެސް ދިވެހިންނަށް ދިވެހި އެއާޕޯޓަށްވީ ގޮތް އެނގެ އެވެ. އަދި އެ ވިދާޅުވާ ފައިސާ ޖީއެމްއާރަށް ދައްކަން ޖެހުނީ ރައްޔިތުން ކުރި ކުށަކުން ނޫންކަން ވެސް އެނގެ އެވެ.

ޖީއެމްއާރަށް އެއްބަސްވުން ރޫޅާލުމުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރާ ދެކޮޅަށް ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިންމާފައި ނިންމުމަށްފަހު ކަނޑައެޅި އަދަދެވެ. ޖީއެމްއާރަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) އަށް އެރިއިރު، ރާއްޖޭން ޖީއެމްއާރަށް އެ ފައިސާ ދެއްކީ އެމްއޭސީއެލް އިން ދޫކުރި 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ބޮންޑެއް ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެގެންނެވެ. އެއީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި މަރުކަޒީ ބޭންކުން ގަތް، ޑޮލަރުގެ ބޮންޑެކެވެ.

ރައްޔިތުންނަކަށް ނޯޅެ އެވެ. ސަރުކާރުން އައިޖީއެމްއެޗްގެ އާ އިމާރާތް އެޅުމަށް އިތުރަށް އެކުރާ ހަރަދާއި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖަށް ކުރާ ހަރަދު ރައްޔިތުންނަށް އެނގެ އެވެ. މާލޭގައި އަޅަމުންދާ ޕާކްތައް ކުރި ހަރަދާއި އެތަން ދިއްލާފައި ހުންނައިރު އެތަނަށް އެ ކުރާ ހަރަދު ރައްޔިތުނަށް އެނގެ އެވެ. މި ސަރުކާރުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލާއި ސަރުކާރުގެ ކުންފުނިތަކުން ފަޅާއަރާ ކޮރްޕްޝަނުގެ މައްސަލަތަކަކީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަމެއް ނޫނެވެ. ޖީއެމްއާރޭ ބުނެ ކެމްޕެއިންގައި އޮޅުވާލުންތައް ގެންގުޅެން ނުހައްދަވާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީން ނުކުރެއްވި ބައެއް ކަންކަން!

ރައީސް ޔާމީން ނުކުރެއްވި ބައެއް ކަންކަން!

19 އޮކްޓޯބަރު 2018
ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

29 މެއި 2018
ސަރުކާރުން އެ ވަނީ ދެ ފަނޑިޔާރަކު ރަހީނުކޮށްފައިތަ؟ ރައީސް ޔާމީންގެ ފޮތުގައި އެކަމަށް އޮތް އަދަބަކީ ކޮބާ!

ސަރުކާރުން އެ ވަނީ ދެ ފަނޑިޔާރަކު ރަހީނުކޮށްފައިތަ؟ ރައީސް ޔާމީންގެ ފޮތުގައި އެކަމަށް އޮތް އަދަބަކީ ކޮބާ!

02 އެޕްރީލު 2018
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު