Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދީނީ ސިޔާސަތު

ވިއްކަނީ ދީން، ކުރަނީ ފުށުއަރާ ކަންކަން!

މޫނު ބުރުގާ އަޅައިގެން ސަރުކާރުގައި ވަޒީފާ އަދާނުކުރެވޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 16:55
މޫނު ބުރުގާ އަޅައިގެން ހުރި އަންހެން ކަނބަލެއް: ސަރުކާރުގެ ދީނީ ސިޔާސަތާ މެދު ދީނީ އިލްމުވެރިން

މޫނު ބުރުގާ އަޅައިގެން ހުރި އަންހެން ކަނބަލެއް: ސަރުކާރުގެ ދީނީ ސިޔާސަތާ މެދު ދީނީ އިލްމުވެރިން

ނިމިދިޔަ ހަފްތާގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ނިކަން ބިޔަ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ދައްކަން މިއުޅެނީ މާޗް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ބޭއްވި މި ހަފްލާގައި މަޖުބޫރުކޮށްގެން މީހުން ގެންދިޔަ ވާހަކައެއް ނޫނެވެ. އަދި ދިޔަ މީހުންނަށް ނުނިކުމެވޭނެ ގޮތަށް ކާނިވާ ސަރަހައްދުގައި ދާޖަހައި ބަންދުކުރި ވާހައެއް ވެސް ނޫނެވެ. ދައްކަން މިއުޅެނީ އެ ޖަލްސާގައި އަޑަށް ބާރުލާފައި ކަރުން ލޭ ހިލޭ ވަރަށް ލެވި ހަޅޭކުގެ ވާހަކައެވެ. ދީނާއި ގައުމިއްޔަތު ހިމާޔަތްކުރުމުގެ ވާހަކައެވެ.

ފަހަކަށް އައިސް ސަރުކާރުން ބާއްވާ މިފަދަ ހަފްލާތަކުގައި ރައީސް ޔާމީނު ވެސް އަދި ވާހަކަ ދެއްކުމުގެ ހުއްދަ އޮންނަ މަދު މިނިސްޓަރުން ކޮޅާއި އެ މަނިކުފާނުގެ ދިފާއުގައި ތިއްބެވި މަޖިލިސް މެންބަރުން ވެސް ދީނާ ގުޅިގެން ވަރަށް ތަފާތު ވާހަކަ ދައްކަވައެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ވާހަކަ އާއި އެކަން ކުރެވޭނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ފަރާތްތަކަށް ވޯޓު ދީގެން ކަމަށް ދަނީ ބުނަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ދީން ފެތުރުމަށް މަސައްކަތްކުރާ ދީނީ އިލްމުވެރިން އެކަނިހެން ހީވާ ކަހަލައެވެ.

ޖަލްސާތައް އެކަންޏެއް ނޫނެވެ. މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް ދެ ބަހުން އެއްބަހުގައި ދީން ހިމާޔަތްކުރުމުގެ ވާހަކަ ދައްކަވައެވެ. އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދޭނެ ކަމަށާއި މި ސަރުކާރަކީ ދީނީ ތަރުބިއްޔަތު ފެތުރުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.

ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދީނީ އިލްމުވެރިން ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކުން ދޭހަވަނީ މުޅިން އެހެން މަންޒަރެކެވެ. އެމްޑީޕީ ސަރުކާރުގައި ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ފަޔަށް ހިނިއަރައިގެން އުޅުނު ސަލަފް ޖަމާއަތުން ވެސް ދާދި ފަހުން ވަނީ ވަރަށް ނުސީދާ ގޮތެއްގައި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާފައެވެ. މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާނުކުރެވޭނެ ކަމަށް ބުނެ ދެ ޓީޗަރަކު ވަޒީފާ އިން ވަކިކުރި މައްސަލައިގަ ސަލަފުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް ދެރަކަމަކީ އޭރު މާ ހަރުއަޑުން ހަޅޭ ލެވި އެ ޖަމާއަތުގެ ޝައިޚުންނަށް މި ފަހަރު އެއްޗެއް ބުނަން ނުކެރުނު ކަމެވެ. އަޑު އުފުލައި މުޒާހަރާކުރުމަށް އެހީއަށް އެދުނީ އެމްޑީޕީގެ ކިބައިންނެވެ.

މޫނު ބުރުގާގެ އިތުރުން އިސްލާމް ދީނާ ފުށުއަރާ ގޮތަށް އެތައް ކަމެއް ސަރުކާރުން ވަނީ ކޮށްފައެވެ. ޚުދު ވަލީއުލް އަމުރު ވަނީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް އެތައް ވާހަކަތަކެއް ދައްކަވާފައެވެ. ބެންކޮކަށް ގޮސް ހޯދާ އަންހެނުންނަކީ ހިލޭ އަންހެނުން ނޫން ކަމާއި އެ ނޫން ވެސް އެތައް ވާހަކަފުޅުތަކެއް ދައްކަވާފައި ވެއެވެ. އެފަދަ ވާހަކަތައް އޮން އެއާ ކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ތަހުގީގުކުރުމަށް ކުރި ކަމަކީ އެމަނިކުފާނު ދެއްކެވި ވާހަކަ ރަނގަޅުވާނެހެން ހީވާ ގޮތަކަށް ތަރުޖަމާކުރުމެވެ. އެންމެ ފަހުން އެ މައްސަލަ ވެސް ނިމުނީ ކަމަކަށް ނުވެއެވެ.

ދާދި ފަހުން ސަރުކާރުގެ ދެ އިދާރާ ގުޅިގެން "ރަހްމަތުލްލިލްއާލަމީން"ގެ ނަމުގައި ކެމްޕެއިނެއް ފެށުމުން ވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ބަސް ވިދާޅުވެފައެވެ. އެއީ މާތް ރަސޫލާ އަށް ހާއްސަވެގެންވާ ބަސްފުޅެއް ކަމަށް ވިދާޅުވެ އެ ކެމްޕެއިނަށް އިލްމުވެރިން ފާޑު ވިދާޅުވަމުން ގެންދަވާ އިރު ވެސް ސަރުކާރަށް މާ ބޮޑު ކަމަކަށް ނުވެއެވެ. އޭގެ ބަދަލުގައި ކޮންމެ ސްޓޭޖަކަށް އަރައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދައްކަވަނީ ދީން ހިމާޔަތްކުރާ ވާހަކައެވެ.

ދީނީ އިލްމުވެރިންގެ ތެރެއިން ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑުކިޔާ ފަރާތްތަކަށް ވެސް ސަރުކާރުން ގެންދަނީ ހުރަސްތައް ކުރިމަތިކުރުވަމުންނެވެ. އެމްޑީޕީގެ ދީނީ ސިޔާސަތަށް ފާޑު ވިދާޅުވެ މި ސަރުކާރު ގެނައުމުގައި ވާގިވެރިވި ޝައިޚް އިލްޔާސް ހުސައިން އަށް މި ސަރުކާރުގެ ސިޔާސަތުތައް ވެސް ކަމުނުދާތީ ފާޑުވިދާޅުވާން ފެއްޓެވުމުން ހުކުރު ޚުތުބާ ވިދާޅުވުމުގެ ހުއްދަ އާއި ދީނީ ނަސޭހަތް ދެއްވުމުގެ ހުއްދަ ވެސް ވަނީ ބާތިލްކޮށްފައެވެ. މި ސަރުކާރަށް ފާޑު ވިދާޅުވުމުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާމް އަބްދުﷲ ދިގު މުއްދަތަށް ލީ ޖަލަށެވެ. އެހެން ނަމަވެސް އަދިވެސް ސަރުކާރުން ދައްކަނީ މިއީ ދީން ހިމާޔަތްކުރާ ސަރުކާރެއް ކަމަށެވެ.

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާތައް އަދާކުރުމަށް ހުރަސްތައް ކުރިމަތިކުރުވާ އިރު ސަރުކާރުގެ ބައެއް ކިޔަވައިދޭ މަރުކަޒުތަކުގައި ވެސް މޫނު ބުރުގާ އަޅައިގެން އެތަންތަނަށް ދިޔުމުގެ ފުރުސަތު ދީފައި އޮވެއެވެ. ސުވާލަކީ މޫނުބުރާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުދޭ އިރު ކިޔަވައިދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވަޒީފާގެ އެންމެ ބޮޑު ބާޒާރެއް އޮތް ސިވިލް ސާވިސް އިން ފުރުސަތު ނުލިބޭ ނަމަ މޫނު ބުރުގާ އަޅައިގެން އުޅޭ ކަނބަލުންނަށް ވަޒީފާގެ ފުރުސަތު ވަރަށް ހަނިވާނެއެވެ. އެހެން ކަމުން މި ދެ ސިޔާސަތު ދިމަލެއް ނުވެއެވެ.

ދީނޭ ގައުމިއްޔަތޭ ކިޔައިގެން މަޖިލީހުގެ ކޮންމެ ޖަލްސާއެއްގަ އާއި ސަރުކާރުން ބާއްވާ ހަފްލާތަކުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަ ދައްކާ އިރު ކުޑަކޮށް ވެސް ޖެހިލުން ނުވަނީބާއޭ ހިތަށް އަރައެވެ. މި ދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސަތު ވިއްކަން މީގެ އަހަރުތަކެއް ކުރިން ވެސް ސިޔާސީ ފަރާތްތަކުން މަސައްކަތްކުރިއެވެ. ނަމަވެސް މިއީ އެޒަމާނެއް ނޫނެވެ. ދީން ހިމާޔަތްކުރެވޭނީ ހަމައެކަނި ސަރުކާރުގެ ކޯލިޝަނަށް އެކަންޏޭ ބުނާ އިރު މި ސަރުކާރުގެ ސިޔާސަތު ހުރީ ދީނާ ފުށުއަރާ ގޮތަށް ކަމަށް ދީނީ އިލްމުވެރިން އެދަނީ ބުނަމުންނެވެ. އެހެން ސަރުކާރެއް އަތުވެއްޖެ ނަމަ ނުވަތަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަން ނޫން އެހެން ޕާޓީއެއްގެ މެންބަރުންނަށް ވޯޓު ދީފި ނަމަ އިސްލާމް ދީނު ގާދޫ ކޮލުން ބޭރުވާ ކަމަށް ދައްކަން އުޅުމަކީ ވަރަށް ބޮޑު ޖޯކެކެވެ. ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

23 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު