Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެެރިކާގެ ނޭވީ

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

ސިންގަޕޫރުގެ އިރުމަތީ އައްސޭރިފަށުން "ދަ ޔޫއެސްއެސް ޖޯން މެކޭން" ދަތުރު ކުރަނިކޮށް އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 11:06
އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު

އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު

އެމެރިކާގެ ނޭވީ މަނަވަރު "ދަ ޔޫއެސްއެސް ޖޯން މެކޭން" އެކްސިޑެންޓްވި ހާދިސާ އަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެެކެވެ. ހައިރާންކަން ގެނުވީ އެކްސިޑެންޓަށް ފަހު ގިނަ ކަންކަން ނިއުޅެމުން ދާތީއެވެ. މިއީ މި އަަހަރުގެ މިހާތަނަށް އެމެރިކާގެ މަނަވަރުތަކަށް ކުރިމަތިވި ހަތަރުވަނަ އެކްސިޑެންޓެވެ.

ސިންގަޕޫރުގެ އިރުމަތީ އައްސޭރިފަށުން "ދަ ޔޫއެސްއެސް ޖޯން މެކޭން" ދަތުރު ކުރަނިކޮށް އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާއެވެ. އެމެރިކާގެ ނޭވީގެ މަނަވަރު އެކްސިޑެންޓްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ. ސިންގަޕޫރުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުން ގިނަ މުދާތަކެއް އަބަދުވެސް އެކިގައުމުތަކަށާއި އަދި ސިންގަޕޫރަށް ގެނެވެއެވެ. "ދަ ޔޫއެސްއެސް ޖޯން މެކޭން" އަކީ އެމެރިކާގެ ސެވަންތް ފްލީޓްގައި ހިމެނޭ މަނަވަރަކެވެ. މަނަވަރު ހަރަކާތްތެރިވާ މަރުކަޒަކީ ޖަޕާންގެ ޔޮކުސުކާއެވެ.

ކޮންމެއަކަސް އޯގަސްޓް 21 ވަނަ ދުވަހު ހިނގި މަނަވަރު އެކްސިޑެންޓް ހާދިސާ ހިނގުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޫނުފެނަށް ވެއްޓިފައެވެ. ރައީސް ޓްރަމްޕް ހޫނުފެނަށް ވެއްޓުނީ އެމަނިކުފާނު ހާދިސާ އާއި ގުޅިގެން ވިދާޅުވި ފުރަަތަމަ ބަސްފުޅާއި ގުޅިގެންނެެވެ. އެ ހާދިސާ އާ ބެހޭގޮތުން ރައީސް ޓްރަމްޕް އާދީއްތަ ދުވަހުގެ ރޭ ވައިޓްހައުސްގައި ރިޕޯޓަރުންނަށް ވިދާޅުވީ "އެއީ ވަރަށް ގޯސްކަމެއް ކަމަށެވެ." ރައީސް ޓްރަމްޕް ވިދާޅުވި ބަސްފުޅާ ބެހޭގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ފަހުން އެމަނިކުފާނު ވަނީ ހާދިސާ އާއި ބެހޭގޮތުން ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހެޔޮދުއާ އާއި ހެޔޮ އެދުންތައް ވަނީ"ދަ ޔޫއެސްއެސް ޖޯން މެކޭން" އިން ދަތުރު ކުރި ސެއިލަރުންނާ އެކު ކަމަށާއި އަދި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

"ދަ ޔޫއެސްއެސް ޖޯން މެކޭން" އެކެްސިޑެންޓް ވި ހާދިސާގައި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 10 ސެއިލަރަކު ގެއްލުނެވެ. އަދި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ބުދަ ދުވަހު އިވިގެން ދިޔަ ޚަބަރަކީ ގެއްލުނު 10 ސެއިލަރުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ފެނިފައިވާ ކަމެެވެ. އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ސްކޮޓް ސްވިފްޓް މީޑިއާތަކަށް ވިދާޅުވީ، އެމެރިކާގެ ނޭވީީ އާއި މެރިން ކޯޕްސްގެ ޑައިވަރުންނަށް ގެއްލުނު ބައެއް މީހުންގެ ހަށިތައް ފެނިފައި ވަނީ އެކްސިޑެންޓްވި މަނަވަރުގެ ތެރޭގައި ހުރި ސީލްޑް ކޮމްޕާޓްމަންޓްތަކުގެ ތެރެއިން ކަމަށެވެ. މީހުން ހޯދުމުގެ މަަސައްކަތް އެންމެ ފަހު ވަގުތާ ހަމައަށްވެސް ކުރިއަށް ދާނެ ކަމަށް ސްވިފްޓް ވިދާޅުވިއެވެ. މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މެލޭޝިއާގެ ނޭވީން ވަނީ ގެއްލުނު މީހެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ކަނޑުން ހޯދާފައެވެ. އެހެން ނަމަވެސް އެއީ މަނަވަރު އެކްސިޑެންޓްގައި ގެއްލުނު މީހެއްގެ ހަށިގަނޑު ކަމެއް އަދި ނޭނގެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑައިވަރުން ވެސް ވަނީ ބައެއް މީހުންގެ ހަށިތައް ހޯދާފައެވެ. އެހެންނަމަވެސް އަދި އެއީ ސީދާ މަނަވަރު އެކްސިޑެންޓްގައި ގެއްލުނު މީހުންގެ ހަށިތައް ކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެޑްމިރަލް ޖޯސެފް އޯކެއިން

އެމެރިކާގެ މަނަވަރު އެކްސިޑެންޓް ވި ހާދިސާ އަށް ފަހު ގިނަ ކަންކަން ނިއުޅެމުންދާއިރު އެންމެ ފަހުން މިހާދިސާއާ ގުޅޭގޮތުން އިވުނު ވާހަކައަކީ "ދަ ޔޫއެސްއެސް ޖޯން މެކޭން" ނިސްބަތްވާ އެމެރިކާގެ ސެވަންތް ފްލީޓްގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޖޯސެފް އޯކެއިން މަގާމުން ވަކި ކުރަން، އެމެރިކާގެ ނޭވީ އިން ނިންމައިފި ކަމަށް އޮފިޝަލުން ވިދާޅުވުމެވެ. ޖޯސެފް މަގާމުން ވަކިކުރަން ނޭވީ އިން ނިންމިއިރު ރަސްމީކޮށް އެކަން އިއުލާން ކުރާނެ ތާރީޚެއް އަދި ނޭނގެއެވެ.ގިނަ ކަންކަން ހާދިސާއަށް ފަހު ނިއުޅެމުންދާއިރު ދެންވާނެ ގޮތަކީ ކޮބައިތޯ މިއީ މިހާރު އުފެދިފައިވާ ބޮޑު ސުވާލެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

18 ޖޫން 2020
ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ "ހަނގުރާމަ" އިޢުލާނުކޮށް،" ހޮސްޕިޓަލު މަނަވަރު" ތައް، ކުއްލި ޙާލަތުގައި!

ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ "ހަނގުރާމަ" އިޢުލާނުކޮށް،" ހޮސްޕިޓަލު މަނަވަރު" ތައް، ކުއްލި ޙާލަތުގައި!

21 މާރިޗު 2020
ހުރިހާ ކަމެއްގެ ހައްލަކީ އަސްކަރީ ޖެނެރަލުންނެއް ނޫން!

ހުރިހާ ކަމެއްގެ ހައްލަކީ އަސްކަރީ ޖެނެރަލުންނެއް ނޫން!

23 ޖެނުއަރީ 2020
ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟

ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟

03 އެޕްރީލު 2019
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު