Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙުމަދު ފާރިސް މައުމޫން

ފާރިސްއާ މެދު ގާނޫނާ ހިލާފަށް ކުރާ ކަންކަން ފޮރުވަން ޕީޖީ މަސައްކަތް ކުރޭ: މައުމޫނު ހަމީދު

9 އޯގަސްޓު 2017 | ބުދަ 15:39

ގާނޫނާ ހިލާފު ކަންކަމުގައި ގާނޫނީ ސިފަ ޖައްސަން ޕީޖީ މަސައްކަތް ކުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 9 އޯގަސްޓު 2017 | ބުދަ 15:39
މައުމޫނު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މައުމޫނު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާމެދު ފުލުހުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާކަން އެނގިވަޑައިގެންވެސް ޕްރޮސެކިއުޓާ ޖަނެރަލް މަސައްކަތް ކުރައްވަނީ އެކަން ފޮރޮވުމަށް ކަމަށް ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ފާރިސްއަށް ލިބިދޭ ހައްގުތައް ނިގުޅައިގަތުމަށް ކުރާ ކަންކަން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ޕީޖީ މަސައްކަތް ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މައުމޫނު ވިދާޅުވީ ފުލުހުން ގާނޫނާ ހިލާފަށް ކަމެއް ކުރުމުން އެކި ބަހަނާތައް ދައްކައިގެން އެކަން ރަނގަޅު ކުރުމަށް ޕީޖީ މަސައްކަތް ކުރެއްވުމަކީ ގާނޫނާ ހިލާފުވުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށެވެ. ގާނޫނާ ހިލާފަށް ފުލުހުން ކުރާ ކަންކަމާ އަޅާ ނުލާ ޕީޖީ ހުންނެވުމަށްވުރެ އެކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރުމަކީ މާ ނުރައްކާތެރި ކަމެއް ގޮތުގައިވެސް މައުމޫނު ފާހަގަ ކުރެއްވި އެވެ.

"ފުލުހުންނަށް މި ލިބޭ މެސެޖަކީ ގާނޫނާ ހިލާފަށް ކަމެއް ކުރިއަކަސް ދައުވާއެއްވެސް ނުކުރާނެ އޭ، ތިމަންނަމެންނާމެދު ފިޔަވަޅެއްވެސް ނާޅާނައޭ. ޕްރޮސެކިއުޓާ ޖެނަރަލް ހުންނަވާނީ ތިމަންނަމެން ހިމާޔަތްކޮށްދޭށޭ. މިއީ ހާދަ ނުރައްކާތެރި މެސެޖެކޭ. އެއްވެސް ފަރާތަކަށް ލިބިގެންނުވާނެ ނުރައްކާތެރި މެސެޖެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ފާރިސް ހައްޔަރުކޮށްގެން އެންމެ ކައިރީގައި ހުރި ފުލުސް އޮފީހަކަށް ގެންގޮސްފައިވާނުވާ ކަމަށް ފުލުހުން ހައިކޯޓުގައި އިއުތިރާފުވެފައިވާއިރު އެ ގާނޫނާ އެއްގޮތަކަށް އަމަލު ކުރުމުގެ ވިސްނުންވެސް ނެތްކަން ފުލުހުންގެ ވާހަކައިން އެނގުނު ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. ނަމަވެސް ޕީޖީ ހައި ކޯޓުގައި މަސައްކަތް ކުރެއްވީ އެކަމުގައި ވެސް ގާނޫނީ ސިފައެއް ޖެއްސޭތޯ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

ރިޝްވަތު ދިނުމުގެ ކުށުގައި ފާރިސް ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ މައްޗަށް ކުރެވޭ ކުށަކީ ބޮޑު ކުށެއް ކަމަށްވާތީ ކަމަށް ދަށުކޯޓުގައި ފުލުހުން ބުނި ނަމަވެސް ފާރިސް މައްޗަށް ތުހްމަތު ކުރެވެނީ ބޮޑެތި ކުށްތަކުގެ ހިމެނޭ ކުށެއް ނޫންކަން ހައި ކޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފާރިސްގެ މައްޗަށް ފުލުހުން ތުހްމަތު ކުރާ ކުށަކީ ބޮޑު ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ކުށެއް ނޫން ކަމަށް ފާރިސްގެ ފަރާތުން ފާހަގަ ކުރުމުން ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ ކުށް ކޮރަޕްޝަން ކަމަށްވެސް ބެލެވޭ ކަމަށް ޕީޖީގެ ވަކީލުން ވިދާޅުވާން ފެށި ކަމަށެވެ. ނަމަވެސް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމެއް ޕީޖީއަށް މާނަ ނުކުރެއްވޭނެ ކަމަށާއި ޕީޖީން އެ ވަނީ ގާނޫނު މާނަ ކުރަން ފަށާފައި ކަމަށްވެސް ވިދާޅުވި އެވެ.

"ޕްރޮސެކިއުޓާ ޖެނަރަލް މި ވިދާޅުވަނީ ކޯޓަށްވެސް ލިބިގެންނުވާ ބާރެއް ތިމަންނަ އަށް ލިބިގެން އެބަވެ އޭ. އެއީ ގާނޫނު މާނަކުރުން. ތިމަންނާމެނަށް އެބަ މާނަ ކުރެވޭ ޖިނާއީ އިޖްރާއަތުގެ ގާނޫނު މި ގޮތައްވެސް. ހައްޔަރުކުރީ ބޮޑު ކުށަކަށް ނުފެތޭ ކުށަކަށޭ. އެކަމު ބޮޑު ކުށެއް ކަމަށް ތިމަންނަމެނަށް މާނަ ކުރެވިދާނެ އޭ. ގާނޫނަށް ތަންކޮޅެއް ފުޅާކޮން ބަލާލީމަ އެގޮތައް އެބަ ފެނެއޭ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

ތަހްގީގު ނިންމާ މައްސަލަ ޕީޖީއަށް ފޮނުވުމަށް ޕީޖީއާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލާގެ ތަހްގީގު އަދި ނުނިމެނޭ ކަމަށް ޕީޖީ ފާހަގަ ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނުފަށާ ޝަރީއަތެއް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކޮށްފައިވާ އަމުރަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރު ދެއްކުމަށް ކޮށްފައިވާ ކަމެއް ގޮތުގައި ކަމަށް މައުމޫނު ހަމީދު ފާހަގަ ކުރެއްވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް