Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުވޭތުގެ އައު ވަލީ އަހުދު

ކުވޭތުގެ އަމީރު އެ ގައުމުގެ އައު ވަލީ އަހުދު ކަމަށް ޝެއިޚް ސޮބާހް ޚާލިދް އަލް-ސޮބާހް ހަމަޖައްސަވައިފި

މި ދަނޑިވަޅަކީ ކުވޭތުގެ ސިޔާސީ މަސްރަހް ހަލަބޮލިވެފައިވާ ދަނޑިވަޅެއް

ރާއްޖެ އެމްވީ | 2 ޖޫން 2024 | އާދީއްތަ 02:47
ޝެއިޚް ސޮބާހް ޚާލިދް އަލް-ސޮބާހް

ޝެއިޚް ސޮބާހް ޚާލިދް އަލް-ސޮބާހް

ކުވޭތުގެ އަމީރު ޝެއިޚް މިޝާލް އަލް އަހްމަދު އަލް-ޖާބިރު އެ ގައުމުގެ އައު ވަލީ އަހުދު ކަމަށް ޝެއިޚް ސޮބާހް ޚާލިދް އަލް-ސޮބާހް ހަމަ ޖައްސަވައިފި ކަމަށް ކުވޭތުގެ ރަސްމީ ނިއުސް އޭޖެންސީ ކޫނާ އިން ހާމަކޮށްފިއެވެ.

އައު ވަލީ އަހުދުގެ ގޮތުގައި ބޭފުޅަކު ރަސްގެފާނު މި ހަމަޖެއްސެވީ ރަސްކަމަށް އިސްވެ ވަޑައިގެންނެވިތާ 6 މަސް ދުވަސް ފަހުންނެވެ.

އުމުރުފުޅުން 71 އަހަރުގެ އައު ވަލީ އަހުދު ޝެއިޚް ސޮބާހް އަކީ ކުރިން ކުވޭތުގެ ބޮޑު ވަޒީރު ކަމާއި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އައު ވަލީ އަހުދު އައްޔަން ކުރެވުނު މި ދަނޑިވަޅަކީ ކުވޭތުގެ ސިޔާސީ މަސްރަހް ހަލަބޮލިވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. ސިޔާސީ މަސްރަހް ގޯސްވުމުގެ ސަބަބުން އަމީރު ޝެއިޚް މިޝާލް ވަނީ ދާދި ފަހުން ކުވޭތުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވާފައެވެ.

ކުވޭތު ސިޔާސީ މަސްރަހް ނުތަނަވަސްވެ ގައުމުގެ ކަންކަން ހިންގުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ސަބަބުތަކުގެ ތެރޭގައި ވެލްވެފެއަރ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ސަރުކާރު ހިންގުމުގައި ދަރަނި އިތުރުވެގެން ދިއުން ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ތެލުގެ އާމްދަނީ އިންތިހާ އަށް ލިބޭ ކުވޭތުގެ ސިޔާސީ މަސްރަހް ނުތަނަވަސް ވެފައި ވުމާއެކު ސަރުކާރު މުވައްޒަފުންގެ މުސާރަ ބަޖެޓުން ހަމަ ޖެއްސުމަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށްވެއެވެ.

އާބާދީގައި 4.2 މިލިއަން މީހުން ހިމެނޭ ކުވޭތަކީ ދުނިޔޭގެ 6 ވަނަ އަށް އެންމެ ބޮޑު ތެލުގެ ރިޒާވް ލިބިފައިވާ ގައުމެވެ.

ކުވޭތަކީ 1991 ވަނަ އަހަރު ސައްދާމް ހުސެއިންގެ ސިފައިން އެގައުމުން ބޭލުމަށް ކުރެވުނު ގަލްފް ހަނގުރާމައިގެ ފަހުން އެމެރިކާ އާ ގާތް ގުޅުމެއް އަންނަ ގައުމެކެވެ. ކުވޭތުގައި އެމެރިކާގެ 13،500 ސިފައިން ގާއިމްވެ މިހާރުވެސް އެބަތިއްބެވެ. އޭގެ އިތުރުން އެމެރިކާ ސިފައިންގެ މެދުއިރުމަތީގެ ހެޑްކުއަރޓާ ވެސް ހުންނަނީ ކުވޭތުގައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
07 ޖޫން 2017

ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

07 ޖޫން 2017
ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު