Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ޓެއިލާ ސްވިފްޓް ރެއާލްގެ ސަޕޯޓަރުން ފިނިކޮށްފި!

އޭނާގެ ކޮންސެޓަަށް ފަހު ސްޓޭޖް ރޫޅައި މިރޭގެ މެޗު ބަލަން ދަނޑު ތައްޔާރުކޮށްފި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 1 ޖޫން 2024 | ހޮނިހިރު 09:17
ޓެއިލާ ސްވިފްޓް އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް

ޓެއިލާ ސްވިފްޓް އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް

އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޓެއިލާ ސްވިފްޓްގެ ކޮންސެޓްގެ ސަބަބުން ރުޅި އައިސްފައިތިބި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ފިނިވެއްޖެ އެވެ.

ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ރުޅި ގަދަވެފައި ތިބީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ރެއާލްގެ ސްޓޭޑިއަމުގައި ޓެއިލާ ސްވިފްޓްގެ ހާއްސަ ކޮންސެޓެއް ބާއްވާތީ އެވެ. މި ކޮންސެޓްގެ ސަބަބުން އުފެދުނު ސުވާލަކީ މިރޭ ކުޅޭ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ރެއާލްގެ ދަނޑުގައި ބެލޭނެ އިންތިޒާމް ހަމަޖެއްސޭނެތޯ އެވެ. ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅޭ މުހިންމު މެޗުތައް ސަޕޯޓަރުންނަށް ދެއްކުމަށް ރެއާލްގެ ސަޕޯޓަރުންނަށް ދަނޑުގައި ބޮޑު ސްކްރީނުން މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖައްސަ އެވެ. މިކަން ކުރަނީ ކުޑަ އަގެއްގައި ޓިކެޓް ވެސް ވިއްކައިގެންނެވެ. މިހެންވެ މިއީ ރެއާލް މެޑްރިޑަށް އާމްދަނީ ވެސް ލިބޭ ކަމެކެވެ. ނަމަވެސް ފައިނަލް މެޗު ބެލުމަށް ހުރަސް އެޅިދާނެތީވެ ކޮންސެޓް ކެންސަލް ކުރަން ވެސް ރެއާލް މެޑްރިޑުން ފުރަތަމަ ވިސްނި އެވެ.

ރެއާލް މެޑްރިޑުން އެންމެ ބޭނުންވާ މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. އެމީހުންނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސްމެ އެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ލަންޑަނުގެ ވެމްބެލީ އަށް މިރޭ ރެއާލް ނުކުންނާނީ 15 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ކުރިން ބެލެވިފައި އޮތީ ޓެއިލާ ސްވިފްޓްގެ ކޮންސެޓް ރޭ ނިމުމާއެކު ދަނޑު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށެވެ. ނަމަވެސް މިކަމަށް މަގު ފަހިވީ ކޮންސެޓް ނިމުމާއެކު އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް ރެއާލް މެޑްރިޑްގެ ސަޕޯޓް ސްޓާފުން ކުރި މަސައްކަތުންނެވެ. ދަނޑުގައި ތައްޔާރުކޮށްފައިވާ ސްޓޭޖާއި ކޮންސެޓްގެ ސާމާނުތައް ނަގައި މިރޭގެ 12 ޖަހާއިރު ކުޅޭ މެޗަށް ސަޕޯޓަރުންނަށް މެޗު ބެލޭނެ އިންތިޒާމް މިހާރު ވަނީ އެންމެ ފުރިހަމަކޮށްފަ އެވެ.

ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް ސްޓޭޑިއަމެވެ. ފުޓްބޯޅައިގެ އިތުރުން ކޮންސެޓްތަކާއި ހަފުތާތައް ވެސް ބޭއްވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޑިއަމުގައި ޓެއިލާ ސްވިފްޓް ފާފޯމް ކުރުމުން ކުލަބަށް ވެސް ވަނީ ބޮޑު ފައިދާއެއްވެފަ އެވެ. ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ކޮންސެޓުން ލިބުނު ފައިސާގެ އަދަދަކީ ގާތްގަނޑަކަށް 13 މިލިއަން ޑޮލަރެވެ. ކޮންސެޓްގެ އެގްރީމަންޓްގައިވާ ގޮތުން ރެއާލް މެޑްރިޑަށް 70 ޕަސެންޓް ފައިސޭ ލިބޭނެ އެވެ. އެއީ ގާތްގަނޑަކަށް 9 މިލިއަން ޑޮލަރެވެ.

ޗެމްޕިއަންސް ލީގު ފައިނަލަށް ސްޓޭޑިއަމް ތައްޔާރުނުކެވިދާނެ ކަމުގެ ބިރު ހީވިޔަސް ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މި ކޮންސެޓް ނުބާއްވައި ދޫކޮށްނުލި ސަބަބަކީ ވެސް މިހާބޮޑު ފައިދާއެއް ލިބޭތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު