Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ނަޕޯލީގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސަނީ

ނަޕޯލީން ކޮންޓޭ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2024 | އާދީއްތަ 02:25
ނަޕޯލީގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކޮންޓޭ

ނަޕޯލީގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކޮންޓޭ

އިޓާލިއަން ލީގުގެ ނަޕޯލީގެ ކޯޗަކަށް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ހަމަޖައްސަން ނިންމައިފި އެވެ.

ނަޕޯލީގެ ކޯޗަކަށް އެންމެ ފަހުން ހުރީ ވޯލްޓާ މަޒާރީ އެވެ. ނަމަވެސް ނަޕޯލީން ވަނީ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު ނަޕޯލީގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ ފްރެންޗެސްކޯ ކަލްޒޯނާ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ސީޒަންގެ ބާކީ ގޮތް މުއްދަތަށެވެ. ނަޕޯލީގެ ވަގުތީ ކޯޗުކަން އުމުރުން 55 އަހަރުގެ ކަލްޒާނޯއާ ހަވާލުކުރިއިރު، އޭނާ ހުރީ ސްލޮވޭކިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުގަ އެވެ.

ނަޕޯލީން ވަނީ ކުރިއަށް އޮތް އައު ސީޒަނަށް ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިގެން، ކޮންޓޭ އާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އިޓަލީގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ނަޕޯލީގެ ފަރާތުން ކޮންޓޭ އަށް ހުށަހަޅާފައިވާ ހުށަހެޅުން، އޭނާ ވަނީ ޤަބޫލު ކޮށްފަ އެވެ. ނަޕޯލީން ކޮންޓޭ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ.

ކޮންޓޭ އާއެކު ނަޕޯލީން އެއްބަސްވުމަކަށް އައިސްފައިވާއިރު، މުސާރަ އާއި އެހެނިހެން އިނާޔަތްތައް އަދި ކޯޗިން ސްޓާފުންގެ މާއްދާތައްް ވެސް އެކުލަވާލީ ދެ ފަރާތް މަޝްވަރާކޮށް، އެއްބަސްވެފައިވާ ގޮތުގެ މަތީންނެވެ. އެހެންކަމުން، ނަޕޯލީގެ އެއްބަސްވުމުގައި ކޮންޓޭ ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮންޓޭ އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ ކޯޗުގެ މަގާމުގަ އެވެ. އެ މަގާމާ އޭނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން، މިދިޔަ އަހަރު ކޮންޓޭ ވަނީ ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ކޮންޓޭ އަށް ބައެއް ކުލަބުތަކުގެ ހުށަހެޅުން ލިބުނު ނަމަވެސް، އޭނާ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.

ސިއެނާގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި 2005 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކޮންޓޭ ވަނީ، އެޓަލަންޓާ، ޔުވެންޓަސް، ޗެލްސީ، އިންޓަ މިލާން އަދި ޓޮޓެންހަމް ފަދަ ކުލަބުތަކަށް އިރުޝާދު ދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު