Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުން ހިންގާ ގަތުލުއާއްމު

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

31 މެއި 2024 | ހުކުރު 14:38

އިސްރާއީލަކީ އެންމެ ބޮޑު ޓެރަރިސްޓް ޤައުމުކަމަށް ބުނެ އަޑުއުފުލި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މެއި 2024 | ހުކުރު 14:38
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހެދުމަށް ގޮވާލާ ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހެދުމަށް ގޮވާލާ ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން ކަމަށް ކުރީގެރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރކަން އަދާކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް ހުކުރު ދުވަހު ހަވީރު މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ. އުމަރު ވިދާޅުވީ އެކަމާއި ދެކޮޅަށް ހަނގުރާމަ އަށް ނުނިކުމެ ހައްލު ނުވާނެ ކަމަށެވެ. އެހެންކަމުން ތަބަކަކަށް ލާފައި ފަލަސްތީނުގެ މިނިވަންކަން އެ ޤައުމަށް ދީފާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ ފަލަަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ޕެޓިޝަންތައް ލައިގެން އެކަނި ކާމިޔާބު ވެދާނެ ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ފަލަސްތީނުގެ ހައްގުގައި ހަގީގަތުގައި ނުކުތް ބަޔަކީ އީރާން ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނަށް އިސްރާއިލްގެ ޔަހޫދީން ކެނޑިނޭޅި ހަމަލާދެމުންދާއިރު އަވަށްޓެރި މުސްލިމް ޤައުމުތައް ކޮބައިތޯ ސުވާލު އުފެދޭ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ ރާއްޖޭގައި އިސްރާއިލް ޕާސްޕޯޓް މަނާ ނުކުރާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިހާރު ފަލަސްތީނުގައި އިސްރާއީލުން ހިންގާ ޤަތުލުއާއްމަކީ 27 ވަނަ ގަތުލުއާއްމުކަމަށާއި އެކަމާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމައު ނުކުޅެދިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އިސްރާއީލަކީ އެންމެ ބޮޑު ޓެރަރިސްޓް ޤައުމުކަމަށް ވެސް އުމަރު ވަނީ ސިފަކުރައްވާފައެވެ. މުސްލިމުންނަކީ އެއް އުންމަތެއްގެ ބައެއް ކަމަށާއި މިފަދަ ކަންކަމުގައި މުސްލިމުން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްވުން ބާއްވާފައިވަނީ ހުކުރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

މި ހަރަކާތް އޯގަނައިޒް ކުރީ އިސްރާ އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުންނެވެ. މިއެއްވުމުގެ ބައިވެރިވަނީ ފަލަސްތީނަށް ހަމަލާދެމުން ގެންދާ ސަބަބުތަކާ ތާރީހާ ގުޅޭ ގިނަ ވާހަކަތައް ދައްކާފައެވެ. އެއީ މުސްލިމުންގެ ވަރަށް މުގައްދަސް ބިމެއްކަން ފާހަގަކޮށްފައިވެއެވެ. މިހާރު ވެސް ދިވެހިން ފަލަސްތީނަށް ވަމުން ގެންދާ އެހީތެރިކަން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އިސްރާއީލްގެ އުފެއްދުންތައް ބައިކޮޓްކޮށް، އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް