Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ މަސް ބޯޓު

ރައީސް އޮފީހުން އެދިގެން މާފްކުރި އިންޑިއާ މަސްބޯޓުގެ ޖޫރިމަނާގެ މައުލޫމާތު ދޭން ސަރުކާރުން ދެކޮޅު ހަދައިފި

30 މެއި 2024 | ބުރާސްފަތި 09:34

ފިޝަރީޒް މިނިސްޓްރީން 7 މެއި 2024ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ވަނީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މެއި 2024 | ބުރާސްފަތި 09:34
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު

ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ މައުލޫމާތު ދޭން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ މަޢާފްކޮށްފައިވާކަން ހާމަވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެކަން ހާމަކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމްގައެެވެ. ގާނޫނާއި ގަވައިދާ ހިލާފަށް އިންޑިއާގެ އުޅަނދެއް ކަމަށްވާ "ހޮލީ ސްޕިރިޓް" އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި މައްސަލަ އެއް ފެންމަތިވުމާ އެކު އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެންކަމުން އެ ފައިސާ އަކީ އޭނާ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ދައުލަތަށް ހޯދުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

މީގެ އިތުރުން "ހޮލީ ސްޕިރިޓް" ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް ފިޝަރީސް މިނިސްޓްރީން ވަނީ އެދިފައެވެ. އެ މައްސަލައާ ގުޅިގެން އެ ކޯޓުން ބުނެފައި ވަނީ އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢާފްކޮށްދިނީ 10 މާޗް 2024 ގައި ފޮނުވާފައިވާ ސިޓީއަކުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް "ހޮލީ ސްޕިރިޓް" 17 މާޗް 2024 ވަނަ ދުވަހު ވަނީ ރާއްޖެއިން ފުރުވާލާފައެވެ.

ފިޝަރީޒް މިނިސްޓްރީން 7 މެއި 2024ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ވަނީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދިފައެވެ. ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރިކަން ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މަސް ބޯޓުގެ ޖޫރިމަނާ މައާފު ކުރީ ކީއްވެތޯ އެހުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

އިންޑިއާގެ މަސް ބޯޓު ކޯސްޓު ގާޑުން އަތުލައިގަތީ 22 އޮކްޓޯބަރު 2023 ގައެވެ. އަދި އެ ބޯޓު 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 28 އޮކްޓޯބަރު 2023 ގައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް