Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލްޖިއަމް ޤައުމީ ޓީމު

ކޯޓުއާ ބާކީކޮށް، ބެލްޖިއަމްގެ ސްކޮޑު އިއުލާން ކޮށްފި

ކޯޓުއާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނިމުނު ސީޒަންގެ ބޮޑުބައި އޭނާ ހޭދަކުރީ ކުޅުމާ ދުރުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2024 | ބުރާސްފަތި 02:25
ގިނަ ދުވަސްތަކެއް ވަންދެން ބެލްޖިއަމްގެ ގޯލު ބެލެހެއްޓި ތިބައޫ ކޯޓުއާ

ގިނަ ދުވަސްތަކެއް ވަންދެން ބެލްޖިއަމްގެ ގޯލު ބެލެހެއްޓި ތިބައޫ ކޯޓުއާ

ބެލްޖިއަމްގެ އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ ބާކީކޮށް، އެ ޤައުމުގެ ފުޓުބޯޅަ ޓީމުގެ ސްކޮޑު އިއުލާން ކޮށްފި އެވެ.

ޑޮމެނިކޯ ޓަޑެސްކޯ އެކުލަވާލި ސްކޮޑަކީ، އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ބެލްޖިއަމް އިން އެކުލަވާލި ސްކޮޑެވެ. ގިނަ ދުވަސްތަކެއް ވަންދެން ބެލްޖިއަމްގެ ގޯލު ބަލަހައްޓާފައިވާ ކޯޓުއާ ޤައުމީ ޓީމުން ބާކީ ކުރީ، އަނިޔާ އިން ރަނގަޅުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުން އަންނަނިކޮށެވެ.

ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަނިކޮށް، ކޯޓުއާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނިމުނު ސީޒަންގެ ބޮޑުބައި އޭނާ ހޭދަކުރީ ކުޅުމާ ދުރުގަ އެވެ. އެ އަނިޔާގެ ސަބަބުން ކޯޓުއާ ވަނީ ކަކުލުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ. ސާޖަރީ އަށް ފަހު ކޯޓުއާ ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އަނެއްކާ ވެސް ރެއާލްގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފަ އެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް އަނިޔާވެ އަނެއްކާ ވެސް އޭނާ ކުޅުމާ ދުރަށް ދާން ޖެހުނެވެ.

މިވަގުތު ކޯޓުއާ ހުރީ އަނިޔާ އިން ރަނގަޅުވެ އެވެ. އޭނާ އަންނަނީ ރެއާލްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުންނެވެ. އެންމެ ފަހުން ސްޕެނިޝް ލީގުގައި ރެއާލުން، ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކޯޓުއާ ކުޅުނެވެ. އަނެއްކޮޅުން، ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރެއާލުން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކޯޓުއާ ފެނުމުގެ ފުރުސަތު އޮތް ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

މީގެ ކުރިން ބެލްޖިއަމްގެ ކެޕްޓަން ބޭންޑުގެ މައްސަލާގައި ވެސް ކޯޓުއާ ވަނީ އަމިއްލަ އަށް ޤައުމީ ޓީމުން ވަކިވެފަ އެވެ. ބެލްޖިއަމްގެ ކުރީގެ ކެޕްޓަން އެޑެން ހަޒާޑް ފުޓުބޯޅައިން ރިޓަޔާ ކުރަން ނިންމުމުން، ދެން ބެލްޖިއަމްގެ ބޭންޑް ދިނުމަށް ކޯޗު ހަމަޖެއްސި ކުޅުންތެރިޔަކީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. އެ މައްސަލާގައި ކޯޓުއާ އާއި ކޯޗާ ދެމެދު މައްސަލަ ގޯސްވި އެވެ.

ބެލްޖިއަމްގެ ސްކޮޑުގައި ހިމެނި 25 ކުޅުންތެރިން:

ގޯލު ކީޕަރުން:ތޯމަސް ކަމިންސްކީ، މަޓް ސެލްސް، ކޯއެން ކަސްޓީލްސް

ޑިފެންޑަރުން:މެކްސިމް ޑެކޫޕާ، ޔާން ވެޓޮންގަން، ތޯމަސް މުއިނިޔާ، އާތާ ތިއާޓޭ، ޓިމޮތީ ކަސްޓާންގޭ، ޒެނޯ ދެބާސް، ވައުޓް ފައެސް، އެލެކްސް ވިޓްސެލް

މިޑްފީލްޑަރުން:ކެވިން ޑި ބްރޭނާ، އަސްޓާ ވްރަންކްސް، އޮރެލް މަންގާލާ، ޔޫރީ ޓިއެލްސްމަންސް، އަމަދޫ އޮނާނާ، އާތާ ވެރްމީރަން

ފޯވާޑުން:ލިއަންޑްރޯ ޓްރޮސާޑް، ޔަނިކް ކަރަސްކޯ، ރޮމެލޫ ލުކާކޫ، ޗާލްސް ޑެ ކެޓަލައޭރޭ، ލޮއިސް އޮޕެންޑާ، ޑޯޑީ ލުކެބަކިއޯ، ޖެރެމީ ޑޯކޫ، ޖޯހަން ބަކަޔޯކޯ

މިއީ ބެލްޖިއަމްގެ ކޯޗުކަމާ ޓެޑެސްކޯ ހަވާލުވީ ފަހުން އެ ޤައުމުން ކުރިމަތިލާ ފުރަތަމަ މުބާރާތެވެ. ބެލްޖިއަމްގެ ކޯޗުކަމާ ޓެޑެސްކޯ ހަވާލުވީ 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ބެލްޖިއަމް އިން ވަނީ، 12 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އަށް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަތަރު މެޗު ވަނީ އެއްވަރުވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބެލްޖިއަމް ބަލިވެފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި

04 މެއި 2017
ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި
02 މެއި 2017

ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި

02 މެއި 2017
ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި
08 އެޕްރީލު 2017

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

08 އެޕްރީލު 2017
އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް
30 މާރިޗު 2017

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
26 މާރިޗު 2017

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު