Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމު

ބެލްޖިއަމްގެ ކޯޗަކަށް ގާސިއާ ހަމަޖައްސައިފި

އުމުރުން މިހާރު 60 އަހަރުވެފައިވާ ގާސިއާ، ބެލްޖިއަމްގެ ޤައުމީ ޓީމާ ހަވާލުވީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް މީީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2025 | ހޮނިހިރު 05:01
ބެލްޖިއަމްގެ ކޯޗަކަށް ހަމަޖެއްސި ރޫޑީ ގާސިއާ

ބެލްޖިއަމްގެ ކޯޗަކަށް ހަމަޖެއްސި ރޫޑީ ގާސިއާ

ބެލްޖިއަމްގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ފްރާންސްގެ ރޫޑީ ގާސިއާ ހަމަޖައްސައިފި އެވެ.

ބެލްޖިއަމްގެ ކޯޗަކަށް އެންމެ ފަހުން ހުރީ ޑޮމެނިކޯ ޓަޑެސްކޯ އެވެ. އެ މަޤާމަށް އޭނާ ހަމަޖެއްސީ 2023 ވަނަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރު ޖަރުމަނުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ބެލްޖިއަމް އަށް ލިބުނު ދަށް ނަތީޖާގެ ސަބަބުން، ޓަޑެސްކޯގެ މުސްތަޤުބަލާ މެދު އޮތީ ސުވާލު އުފެދި އެވެ.

އުމުރުން މިހާރު 60 އަހަރުވެފައިވާ ގާސިއާ، ބެލްޖިއަމްގެ ޤައުމީ ޓީމާ ހަވާލުވީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް މީީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ބެލްޖިއަމްގެ ޤައުމީ ޓީމާ އެކު ގާސިިއާ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަަމަވާނީ 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ގާސިއާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން ބެލްޖިއަމްގެ ޤައުމީ ޓީމު ވެގެންދާނީ ގާސިއާ އިރުޝާދު ދޭނެ 11 ވަނަ ޓީމެވެ. މީގެ ކުރިން ގާސިއާ މުޅިން ވެސް މަސައްކަތް ކޮށްފައި ވަނީ ކުލަބުތަކުގަ އެވެ. އެގޮތުން އޭނާ ވަނީ ލީލް، ރޯމާ، މާސޭ، ލިއޯން، އަލް ނަޞްރު އަަަދި ނަޕޯލީ އަށް ވެސް އިރުޝާދު ދީފަ އެވެ. އެންމެ ފަހުން ގާސިއާ ހުރީ ނަޕޯލީގެ ކޯޗުކަމުގެ މަގާމުގަ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 16 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ އަށް މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން އެއްވަރުވެފައިވާއިރު، އަނެއް ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ނަމަވެސް ނަޕޯލީން ވަނީ އެ ޓީމުގެ ކޯޗުކަމުން ގާސިއާ ވަކި ކުރަން ނިންމައިފަ އެވެ.

ބެލްޖިއަމްގެ ޤައުމީ ޓީމު ވެގެން ދާނީ ގާސިއާ އިރުޝާދު ދޭނެ ޤައުމީ ފުރަތަމަ ޓީމަށެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު