Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ރައީސް

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

މުލީއާގެއިން އެންގި ގޮތް ނޫން އެހެން ގޮތަކަށް ވޯޓަށް އެހިނަމަ އެހެން މަންޒަރެއް ފެނުމަކީ އެކަށީގެންވާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މެއި 2024 | ބުދަ 08:40
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މުލިއާގެއިން އައި އެންގުން ނޭންގިނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް އަބްދުﷲ ނީންނަވާނެ ކަމަށާއި، ފެނިގެންދާނީ އެހެން މަންޒަރެއް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މީގެ ކުރިން އިންތިހާބުވެފައި ތިބި މެންބަރުންގެ ނިންމުމަކާއި ނުލާ އެހެން ފަރާތަކުން ވަކި ގޮތްތަކެއް ނިންމާ އެބޭފުޅުންނަށް ވޯޓު ދިނުމަށް އަންގާފައިވާކަން މީގެ ކުރިން އެނގިފައި ނެތްކަމަށެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބްރައީސް އިންތިހާބުކުރުމުގެ ކަންކަން ނިމިގެން އައީ މުލީއާގެއިން ކަމަށް މީޑިއާތަކުން އެނގިވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ މުލީއާގެއިން އެންގި ގޮތް ނޫން އެހެން ގޮތަކަށް ވޯޓަށް އެހިނަމަ އެހެން މަންޒަރެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ކޮމިޓީތަކުގެ މުގައްރިރުންނާއި ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގެ ކަންކަން ނިމިފަިއވާ ކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މެންބަރުންގެ ތެރޭގައި ވެސް ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ.

ނާޒިލް ވިދާޅުވީ 75 މެންބަރުންގެ ސުޕަރ މެޖޯރިޓީއަކާއެކު މަސައްކަތްކުރާނަމަ މެންބަރުންނާއި ނުގުޅޭ ބަޔަކު މެންބަރުންގެ މައްޗަށް ބަސްބުނުމަކީ މެންބަރުން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި އެކަންކަން ފެނިގެންދާނެ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު