Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރު

އަމިއްލަ ނަފްސަށް ގެއްލުންދޭން ކުރިންވެސް މޭރީ މަސައްކަތް ކުރިކަމަށް މާވިން ބުނި: ހެކިވެރިޔާ

27 މެއި 2024 | ހޯމަ 10:44

ހެކިވެރިޔާއަކީ ޙާދިސާ ހިނގިއިރު އައިޖީއެމްއެޗްގައި ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2024 | ހޯމަ 10:44
މޭރީ ގްރޭސްގެ މަރުގެ މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި

މޭރީ ގްރޭސްގެ މަރުގެ މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ ޙާދިސާ ހިނގިއިރު އައިޖީއެމްއެޗްގައި ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ.  

ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ، އޭނާ މަސައްކަތް ކުރީ މާވިންއާއި ލަމްހާއާއެކު އެއް ޑިޕާޓްމަންޓެއްގައި ކަމަށެވެ. ޙާދިސާ ހިނގައިގެން މޭރީ ހޮސްޕިޓަލަށް ގެނައިރު އޭނާވެސް ހުރީ ޑިއުޓީގައިކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، މާވިން އޭރު ހުރީ ވަރަށް ހާސްވެ ދެރަވެފައި ކަމަށާއި، ވެގެން އުޅޭ ގޮތް އެހުމުން އެވަގުތު އެ ސުވާލަށް މާވިން ޖަވާބެއް ނުދޭ ކަމަށެވެ.

އެހެންނަމަވެސް ފަހުން އެކުގައި މަސައްކަތް ކުރި އެހެން ނަރުހުންވެސް ތިއްބައި، މިއީ އަލަށްވީ ކަމެއް ނޫން ކަމަށާއި، ކުރިންވެސް އަމިއްލަ ނަފްސަށް ގެއްލުން ދޭން މޭރީ މަސައްކަތް ކުރިކަމަށް މާވިން ބުނިކަމަށްވެސް ހެކިވެރިޔާ ހެކިބަސް ދިނެވެ.

މާވިން އެހެން ބުނުމުން ކައުންސިލިން ނުދިނީ ކީއްވެތޯ އެެހެން ނަރުހަކު ވަނީ ސުވާލުކޮށްފައެވެ. ހެކިވެރިޔާ ބުނިގޮތުގައި އޭގެ ޖަވާބުގައި މާވިން ބުނީ، "ވައި ޝުޑް އައި" (ތިމަންނާ އެކަން ކުރަންވީ ކީއްވެހޭ) ކަމަށެވެ.

ހެކިވެރިޔާ އިތުރަށް ބުނީ، މޭރީގެ ހަށިގަނޑުންނާއި ކަރުންވެސް، ދަން ޖެހިގެން މަރުވިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް ކަމަށެވެ.

އެހެންނަމަވެސް މާވިންގެ އަތުގައި އަނިޔާގެ ކުޑަ ނިޝާނެއް ފެންނަން ހުރިކަަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، އެ ދުވަހު ޑިއުޓީ ނިންމާފައި ދަނިކޮށް ލަމްހާއާ ދިމާވި ކަމަށާއި، ލަމްހާވެސް ހުރީ ހާސްވެފައިކަމަށް ހެކިވެރިޔާ ބުންޏެވެ. މި މައްސަލައިގައި ޝައްކު ކުރަނީ މާވިންއަށްތޯ އެވަގުތު ލަމްހާ ސުވާލު ކުރިކަމަށްވެސް ހެކިބަސްދެމުން އޭނާ ބުންޏެވެ.

ހަމައެއާއެކު، މާވިން ޝިފްޓް އިންޗާޖަކަށް ހުންނައިރު ލަމްހާއަށް ލުއިތައް ލިބޭކަންވެސް ފާހަގަ ކުރެވޭކަމަށް ހެކިވެރިޔާ ބުންޏެވެ. އެކަންކަން ފާހަގަ ކުރެވެން ފެށީ ފަހުންކަަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުން އެބައޮތެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް

28 މާރިޗު 2017
ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް