Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީ އަންހެން ޓީމު

ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ސޮފްވާން ހަމަޖައްސައިފި

26 މެއި 2024 | އާދީއްތަ 07:07

ސޮފްވާން ވަނީ މީގެ ކުރިން ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2024 | އާދީއްތަ 07:07
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާން

ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާން

ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް، ތަޖުރިބާކާރު ކޯޗު ސޮފްވާން އަޙުމަދު ހަމަޖައްސައިފި އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ސޮފްވާން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ޒުވާން ކުޅުންތެރިންނާއެކު ވޮލީގައި މަސައްކަތް ކުރަމުން އަންނަ ސޮފްވާން އަކީ، މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. ސޮފްވާން ވަނީ މީގެ ކުރިން ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އެންމެ ފަހުން އޮތް ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލްގައި ސޮފްވާން ވަނީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން ގޮވައިގެން ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ސޮފްވާންގެ އަންހެން ވޮލީގެ ކާމިޔާބީތަކަށް ބަލާއިރު، ވީއޭއެމް އިން ކޮލެޖު/ޔުނިވަރސިޓީ ތަކަށް ބޭއްވި ވޮލީ މުބާރާތުގައި ހަ ފަހަރު ޓީމުތަކަށް އިރުޝާދު ދީފައިވާއިރު، ފަސް ފަހަރު ވަނީ ފައިނަލްގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ފަސް ފައިނަލް ވެސް ކާމިޔާބުކޮށް ވަނީ، ރަން މެޑަލް ހޯދައިފަ އެވެ.

ވީއޭއެމް ޕްރެޒިޑެންޓް ކަޕަށް ބަލާއިރު، ހަތް މުބާރާތުގައި ޓީމުތަކަށް އިރުޝާދު ދީފައިވާއިރު، ފަސް ފަހަރު ވަނީ ފައިނަލްގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ތިން ފަހަރު ރަން މެޑަލް ހޯދިއިރު، ދެ ފަހަރު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ހަތް މުބާާރާތެއްގައި ޓީމުތަކަށް އިރުޝާދު ދީފައިވާއިރު، ފަސް ފަހަރު ފައިނަލްގައި ކުޅުނެވެ. އޭގެ ތެރެއިން ދެ ފަހަރު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަދި ތިން ފަހަރު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ސޮފްވާން އަކީ ކޮލެޖުތަކުގައި ބާއްވަމުން އަންނަ މުބާރާތްތަކުގައި ވެސް އެކި އެކި ޓީމުތަކަށް އިރުޝާދު ދެމުން އަންނަ، ޒުވާން ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރާ ކޯޗެކެވެ.

ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި ހަމަޖައްސާފައި ވަނީ، އަދީލް ޔޫސުފް (ބޭބެ) އެވެ. އަދީލް އަކީ މީގެ ކުރިން ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން 2016، 2018 އަދި 2019 ވަނަ އަހަރު އަދީލް ވަނީ އަންހެން ޓީމަށް އިރުޝާދު ދީފަ އެވެ. އަދީލްގެ އިރުޝާދުގެ ދަށުން އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން 20 އަހަރުން ދަށުގެ އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ފަތުހުﷲ ވަޙީދު (ފައްލޯ) އެވެ. ފައްލޯ އަކީ ޕޮލިސް ކުލަބަށް އިރުޝާދު ދީފައިވާ ފަރާތެކެވެ. އަދި ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުގެ ގޮތުގައި ވެސް ފައްލޯ ވަނީ މަސައްކަތް ކޮށްފަ އެވެ. މި ޓީމުގެ އެސިސްޓެންޓު ކޯޗަކަށް ހަމަޖައްސާފައި ވަނީ އިސްމާއީލް ޖިނާޙު އެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް