Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ މުބާރާތް

އިންޓަ ސްކޫލް ވޮލީ މުބާރާތާމެދު އަތޮޅު ތެރޭ ކޯޗުންގެ ކަންބޮޑުވުން

އަތޮޅު ތެރޭ ސްކޫލުތަކުގެ ބައެއް ކޯޗުން ބުނީ، ދެ ދަނޑެއްގައި މުބާރާތް ކުޅެން ޖެހުމަކީ އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 05:36
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެއެމް) އިން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތާ ގުޅޭ ގޮތުން އަަތޮޅު ތެރޭ ސްކޫލުތަކުގެ ކޯޗުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ވީއޭއެމް އިން އިިންތިޒާމުކޮށްގެން ހުސްވި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުބާރާތް ނިމިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ. މި މުބާރާތުގައި އަތޮޅު ތެރޭގެ ގިނަ ސްކޫލުތަކަކުން ބައިވެރިވި އެވެ. މިއަހަރުގެ މުބާރާތުގެ މެޗުތައް ކުޅުމަށް ވީއޭއެމް އިން ހަމަޖައްސާފައި އޮތީ، ޕޮލިސް ކޯޓު އަދި މާފަންނު ޓާފް ކޯޓުގަ އެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.

މުބާރާތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަތޮޅު ތެރޭ ސްކޫލުތަކުގެ ބައެއް ކޯޗުން ބުނީ، ދެ ދަނޑެއްގައި މުބާރާތް ކުޅެން ޖެހުމަކީ އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމެއް ކަމަށެވެ. ޚާއްސަކޮށް ސްކޫލުތަކުން އެއް ޓީމަށް ވުރެ ގިނަ ޓީމުތަކެއް ވާދަކުރިއިރު، ދެ ދަނޑުގައި އެއް ވަގުތެއްގައި ވެސް މެޗު ކުޅެން ޖެހުނު މައްސަލަ ކޯޗުން ވަނީ ފާހަގަ ކޮށްފަ އެވެ. އެކަމުގެ ސަބަބުން ޓީމުގެ އޮފިޝަލުން ދެ ޓީމަށް ބަހާލައިގެން ކުރިއަށް ދާން ޖެހޭއިރު، ޓީމަށް އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް ކޯޗުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ކޯޗުން ފާހަގަކޮށްފައިވާ ގޮތުގައި ޓީމުތަކުން މުބާރާތަށް އަންނަނީ ރަށް ރަށުގައި ޤާއިމު ކޮށްފައި ހުރި ޓާފް ކޯޓުތަކުގައި ފަރިތަކުރުމަށް ފަހު އެވެ. އެހެން ނަމަވެސް، މާލެ އައިސް މުބާރާތް ކުޅެން ޖެހުނީ ވެލި ކޯޓުގައިކަން ފާހަގަކޮށް ކޯޗުން ބުނީ، އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އެތަކެއް އުނދަގުލެއް ކުރިމަތިވި ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުއިރު، ބައެއް ކުޅުންތެރިންނަށް އަނިޔާ ވެސް ވި ކަމަށް ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އަނެއްކޮޅުން ރާއްޖޭގައި ވޮލީ އަކީ މިހާރު ކުރިއަރާފައިވާ ކުޅިވަރަކަށްވާއިރު، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ބޮޑެތި މުބާރާތްތައް ވެލި ކޯޓުުގައި ކުޅެން ޖެހުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ކޯޗުން ވަނީ ބުނެފަ އެވެ،

މީގެ އިތުރުން ކޯޗުން ވަނީ މުބާރާތުގެ ބައެެއް މެޗުތަކުގައި އެންމެ ރެފްރީއެއް ބޭނުން ކުރި ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. މިފަދަ މުބާރާތްތަކުގައި ފްސްޓް ރެފްރީގެ އިތުރުން، ސެކަންޑް ރެފްރީއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އަނެއްކޮޅުން މުބާރާތުގައި ލައިން ބަލަހައްޓާނެ މީހުން ނެތް ކަމަށާއި، އެކަމުގެ ސަބަބުން ނިންމުންތައް ނިންމަން ރެފްރީންނަށް އުނދަގޫވެ، ޓީމުތަކަށް ޕޮއިންޓު ގެއްލުނު މައްސަލަ ވެސް ކޯޗުން ވަނީ ފާހަގަ ކޮށްފަ އެވެ. ހަމައެހެންމެ ވެލި ކޯޓުގައި މުބާރާތުގެ މެޗުތައް ކުޅުނުއިރު، ޓީމުތަަކުގެ ސަޕޯޓަރުންނަށް އެތަނުގައި އެންމެ އެކަށީގެންވާ ޖާގަ ނޯންނަ ކަމުގެ ކަންބޮޑުވުން ވެސް އެ ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މުބާރާތް ރާވާފައި އޮތް ގޮތުން ގާތް ގާތުގައި ވާދަވެރި މެޗުތަކެއް ކުޅެން ޖެހުމުގެ ކަންބޮޑުވުން ވެސް ބައެއް ކޯޗުން ފާހަގަކުރި އެވެ. ޚާއްސަކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވާދަވެރި މެޗުތަކެއް ކުޅެން ޖެހުމުގެ ނަތީޖާ އަކީ، ކުޅުންތެރިންނަށް ވަރުބަލިކަން އިޙުސާސް ކުރެވި އަދި ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލައާ ކުރިމަތިލާން ޖެހުން ކަމަށް ވެސް ކޯޗުން ވަނީ ފާހަގަ ކޮށްފަ އެވެ. އަނެއްކޮޅުން އެހެން އަހަރުތަކުގެ މުބާރާތުގައި ކޮންމެ މެޗެކަށްފަހު މޮޅު ކުޅުންތެރިޔާ ހޮވާ ކަމަށާއި، ނަމަވެސް މިއަހަރުގެ މުބާރާތުގައި އެކަން ކޮށްފައި ނުވާކަމަށް ކޯޗުން ބުންޏެވެ.

ކޯޗުން ބުނެފައި ވަނީ މުސްތަޤުބަލަށް ބަލާއިރު، ވީއޭއެމް އިން އެކަންކަން ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އިންޓަ ސްކޫލަކީ ނަމަކަށް ބާއްވާ މުބާރާތަކަށް ހެދުމުގެ ބަދަލުގައި، ވޮލީގައި ހުނަރުވެރި ކުޅުންތެރިންތަކެއް ބިނާކޮށް، މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުމަށް ބާއްވާ މުބާރާތަކަށް ވާން ޖެހޭ ކަމަށް ވެސް ކޯޗުން ބުންޏެވެ. މީގެ ކުރިން ވެސް އިންޓަ ސްކޫލް މުބާރާތުން މޮޅެތި އެތައް ކުޅުންތެރިންނެއް ފެނިފައިވާއިރު، މިއަދު މުބާރާތުގެ ފެންވަރު ދަށްވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް ކޯޗުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު