Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ނަތީޖާ

އިންތިޚާބުތަކުގެ ނަތީޖާ ދައްކާގޮތުން ރައްޔިތުންނަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަން ހާމަވޭ: މެންބަރު ޒިޔާދު

ނިޒާމުގެ ވޯޓަކަށް ދިޔަ ނަމަވެސް ބަރުލަމާނީ ނިޒާމު ކާމިޔާބުވުމަކީ ދުރުގައި އޮތް ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 25 މެއި 2024 | ހޮނިހިރު 08:53
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަދައްކަވަނީ

ރާއްޖޭގައި މިހާރު ބާއްވާ އިންތިޚާބުތަކުގެ ނަތީޖާ ދައްކާގޮތުން ރައްޔިތުންނަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަން ހާމަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މެންބަރު ޒިޔާދު ވިދާޅުވީ އެއްވެސް އިރެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބުތަކުގެ ނަތީޖާތަކަށް ބަލާއިރު، ރައްޔިތުންނަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަރުލަމާނީއޭ ބުނުމުން ބައެއް ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށާއި، ނިޒާމުގެ ވޯޓަކަށް ދިޔަ ނަމަވެސް ބަރުލަމާނީ ނިޒާމު ކާމިޔާބުވުމަކީ ދުރުގައި އޮތް ކަމެއް ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށްފަހު ރައީސްއަށް ދެބާރު ހިބަކޮށް ދެނީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުން ޖުޑިޝަރީ ވަކިން ނޯންނާނެ ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މިދިޔަ ދެދައުރުގައި ވެސް މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުނު ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި މަޖިލިސް މެޖޯރިޓީ ލިބުނު ނަމަވެސް އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފުރުސަތު ދީފައިވާ ކަމަށާއި، މިނިސްޓަރުންނާއި، މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށް، މަޝްރޫއުތައް ކުރިއަށްދާ ގޮތްތައް ބަލައި، ފެންމަތިވާ މައްސަލަތައް ބެލުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް މިކަން ހިނގާނީ އެ އޮންނަ ސަރުކާރެއްގެ އިހުލާސްތެރިކަމެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދިޔަ ކެންޕެއިންތަކަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް ވެސް ރަށްރަށަށް ވަޑައިގަންނަވާ އެރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމުން ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެސަބަބާ ގުޅިގެން ރަށުގެ ތަރައްގީއަށް ވިސްނާ ގިނަ ރައްޔިތުން ސަރުކާރު ކެންޑިޑޭޓަށް ވޯޓުދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއުސޫލު ބަދަލުކުރަންޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުންނަށް ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު