Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީ ބާސެލޯނާ ދޫކޮށްލާނީ ފަޚުރުވެރިކަމާއެކު!

ބާސެލޯނާ އިން ވަނީ އެ ކުލަބުގެ ކޯޗުކަމުން ޒަވީ ވަކި ކުރަން ނިންމާފައިވާކަން ހުކުރު ދުވަހު އޭނާ އަށް އަންގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2024 | ހޮނިހިރު 04:46
ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޒަވީ ހެނާންޑޭޒް

ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމުން ވަކިވާނީ ފަޚުރުވެރިކަމާއެކު ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާ އިން ވަނީ އެ ކުލަބުގެ ކޯޗުކަމުން ޒަވީ ވަކި ކުރަން ނިންމާފައިވާކަން ހުކުރު ދުވަހު އޭނާ އަށް އަންގައިފަ އެވެ. އެހެންކަމުން ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ކުޅޭނެ އެންމެ ފަހު މެޗަކީ، އާދިއްތަ ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ބާސެލޯނާގެ ނިންމުމާ ގުޅިގެން ޒަވީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މުޅި ޙަޔާތް އެ ކުލަބަކަށްޓަކައި ހޭދަކޮށްފައިވާ ކުލަބު ދޫކޮށްލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ބާސެލޯނާގައި ހޭދަ ކުރެވުނު ދެ އަހަރާ ބައިގެ މުއްދަރުގައި ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ފަޚުރުވެރިކާ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ އަކީ އޭނާގެ ދެ ވަނަ އާއިލާ އެވެ.

މީގެ އިތުރުން ޒަވީ ވަނީ ފާއިތުވި މުއްދަތުގައި ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ލިބެމުން އައި ސަޕޯޓާއި، ހިތްވަރަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. ބާސެލޯނާ އަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް، ކުލަބު ދެކެ ލޯބިވާ ސަޕޯޓަރުން އަބަދު ވެސް ދައްކައިދިން ލޯތްބަށް ޒަވީ ޝުކުރު އަދާ ކުރި އެވެ.

ޒަވީ ބުނީ އާދިއްތަ ދުވަހުގެ ފަހުން އޭނާ ވެސް ހުންނާނީ ބާސެލޯނާގެ ސަޕޯޓަރުންނާ އެއް ސްޓޭންޑުގައި ކަމަށެވެ. ސަބަބަކީ ކުރިން އޭނާ އަކީ ބާސެލޯނާގެ ކުޅުންތެރިޔެއް އަދި ކޯޗެއް ކަމަށާއި، ދެން ހުންނާނީ އެންމެ ލޯބިވާ ކުލަބުގެ ވަފާވެރި ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކުރަމުން ޒަވީ ބުނީ، އަބަދު ވެސް އޭނާ އެދެނީ އެންމެ ލޯބިވާ ބާސެލޯނާ އަށް ފުރިހަމަ ކާމިޔާބަށް ކަމަށެވެ.

އިތުރަށް ޒަވީ ވަނީ އޭނާ ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ކުލަބުގެ ބޯޑު މެމްބަރުން އަދި ރައީސް ޖޯން ލަޕޯޓާގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އެއްބާރުލުމަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. ޚާއްސަކޮށް މިދިޔަ މުއްދަތުގައި ހޭދަވި ކޮންމެ ދުވަހަކީ ވެސް މުހިންމު އދި ހަނދާނުން ފޮހެލަން އުނދަގޫ ދުވަސްތަކެއް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ބާސެލޯނާގެ ކެޕްޓަންކަން ކޮށްފައިވާ އެ ކުލަބުގެ ލެޖެންޑު، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ
13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު