Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

2018/2017 ގެ ސީޒަނުގައި ގިނަ ރެކޯޑްތަކެއް ފެނިގެންދާނެ : ރިޕޯޓް

ގިނަ އާރެކޯޑްތަކެއް ފެނިގެން ދާނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 15:00
އެލެން ޝިއެރާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ގިނަ ރެކޯޑްތަކެއް ހަދާފައިވޭ

އެލެން ޝިއެރާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ގިނަ ރެކޯޑްތަކެއް ހަދާފައިވޭ

މިހާރު ފެށުމަށް ތައްޔާރުވަމުން އަންނަ ފުޓްބޯޅައިގެ އާ ސީޒަން ވެގެން ދާނީ ދުނިޔޭގެ ނިބަތުން ފުޓްބޯޅައިގެ ގިނަ ރެކޯޑް ތަކެއް މުގުރާލާނެ ސީޒަނަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ރިޕޯޓްތައް ބުނާގޮތުން އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ސީޒަންގައި ގިނަ އަދަދެއްގެ ރެކޯޑްތަކެއް ފެނިގެން ދާނެއެވެ. ބޮޑެތި ގިނަ ޚަރަދުތަކެއް ކުރެވިގެން ދިޔަ ޓްރާންސްފާ ބާޒާރަކީ ވެސް ރެކޯޑްތަކެއް ފެނިގެންދިޔަ ޓްރާންސްފާ ބާޒާރެކެވެ. އެގޮތުން ބާސެލޯނާއަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ނޭމާ 222 މިލިއަން ޔޫރޯއަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވި ބަދަލުވުން ފާހަގަ ކޮށްލަން ޖެހެއެވެ.

މީ އަދި މިހާތަނަށް ފުޓްބޯޅަ ޓްރާންސްފާގައި ހަދާފައިވާ އެންމެ ބޮޑު ރެކޯޑްއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ތަނުގައި މިޔައްވުރެ ވެސް ބޮޑެތި ރެކޯޑްތަކެއް އަދި ފެނުން ގާތެވެ.

އެގޮތުން ގޯލް އިން އާންމު ކޮށްފައިވާ ރިޕޯޓަކަށް ނަޒަރުހިންގާލާއިރު މިފަހަރުގެ ސީޒަންގައި ރެކޯޑްތައް ހަދާނެ ކަމަށް ބޮޑަށް ބެލެވިފައިވާ ފަރާތް ތަކަކީ މެސީ، ރޮނާލްޑޯ ފަދަ ހައި ޕްރޮފައިލް ފަރާތްތަކެވެ.

އެގޮތުން ކުރިޔަށް އޮތްތަނުގައި އިތުރު ރެކޯޑްތައް ހަދާނެ ކަމަށް ގޯލް އިން ފާހަގަ ކޮށްފައިވާ ބައެއް ރެކޯޑް ތަކަކީ :

ޕްރިމިއާ ލީގުގެ އެންމެ ގިނަ މެޗުގައި ކޯޗު ކޮށްދިނުމުގެ ރެކޯޑް:

އާސެން ވެންގާ އަކީ އާސެނަލްގެ އެންމެ ދުވަސްވީ އެޓީމުގެ ހެޑް ކޯޗެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ވެންގާ މިހާރު ގުނަމުން ދަނީ އާސެނަލްގެ ކޯޗިން ކެރިއަރުގެ އެންމެ ފަހު ދުވަސްތަކެވެ. އެހެން ނަމަވެސް އެއް ޓީމަކަށް އެންމެ ގިނަ ދުވަހު އަދި އެންމެ ގިނަ މެޗު މެނޭޖް ކުރި ކޯޗުގެ ޝަރަފް އޭނާއަށް ލިބިގެންދާނެއެވެ.

ޕްރިމިއާ ލީގުގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް:

ރިޕޯތްތައް ބުނާގޮތުން ގެރެތް ބެރީއަކީވެސް ކުރިޔަށް އޮތް ތަނުގައި ރެކޯޑެއް ގާއިމް ކުރާނެ ކުޅުންތެރިއެކެވެ. އެވަޓަންއަށް ކުޅެމުންއަންނަ އުމުރުން މިހާރު 36 އަހަރުގެ ގެރެތް ބެރީ އަކީ މިވަގުތު ޕްރިމިއާ ލީގުގެ ރެކޯޑް އޮތް ރަޔާން ގިގްސްއާ އެންމެ ކައިރިން ވާދަކުރަމުން އަންނަ ކުޅުންތެރިއާއެވެ. އެގޮތުން އޭނާ މިފަހަރުގެ ސީޒަންގައި 4 މެޗު ކުޅުމުން ގިގްސްގެ ރެކޯޑާ އަރާ ހަމަވާނެއެވެ. މިވަގުތު މި ރެކޯޑް އޮތް ގިގްސް 632 މެޗު ކުޅެފައިވާއިރު ބެރީ ވަނީ 628 މެޗު މިހާރުވެސް ކުޅެފައެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޭނާ ހާސިލް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް:

އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އަދި ވެސް އޮތީ އެލެން ޝިއެރާ އަތުގައެވެ. ކޭން ބުނާގޮތުން އޭނާވެސް ނިމިގެން ދިޔަ ސީޒަނުގައި އަނިޔާއާ ކުރިމަތިލާން ނުޖެހުނު ނަމަ އެ ސީޒަނުގައި އެ ރެކޯޑް މުގުރާލެވޭނެއެވެ. އެގޮތުން އެލެން ޝިއެރާ ވަނީ އެއް ސީޒަނުގައި ކުޅުނު 38 މެޗުގައި 31 ގޯލް ޖަހައިގެން ރެކޯޑް ގާއިމް ކޮށްފައެވެ. ހެެރީ ކޭން ވަނީ ނިމިގެން ދިޔަ ސީޒަނުގައި ކުޅުނު 30 މެޗުގައި 29 ގޯލް ޖަހާ މިރެކޯޑާ ގާތް ކޮށްފައެވެ. އެހެން ކަމުން މިފަހަރުގެ ސީޒަންގައި އެލެން ޝިއެރާގެ ރެކޯޑް ޖެރީކޭން ނިމުކަމަށް ގެންނާނެ ކަމުގައި ބެލެވެއެވެ.

ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް:

މިހާތަނަށް އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހަދާފައިވާ ކުޅުންތެރިޔާގެ ރެކޯޑް އޮތީ އާސެނަލްގެ ކުރީގެ ލެޖެންޑް ތިއެރީ އޮންރީއަތުގައެވެ. އޭނާ ވަނީ އެއް ސީޒަނުގައި 20 އެސިސްޓް ހަދައިގެން މި ރެކޯޑް ހާސިލް ކޮށްފައެވެ. އެހެން ނަމަވެސް މި ރެކޯޑް މުގުރާލުމާ ވަރަށް ގާތަށް ވަނީ ގޮސްފައެވެ. އެގޮތުން ކެވިން ޑެބްރެއިނާ ، މެސުޓް އޮޒިލް އަދި ފަބްރިގާސް ވަނީ މި ރެކޯޑް މުގުރާލުމާއި ގާތަށް ޖެހިލާފައެވެ. އެގޮތުން އެންމެ އަވަހަށް މި ރެކޯޑް މުގުރާލާނެ ކަމަށް ބޮޑަށް ބެލެވެނީ ކެވިން ޑެބްރެއިނާއެވެ. އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައި 36 މެޗުގައި 18 އެސިސްޓް ހަދާފައެވެ. އެހެން ކަމުން މިފަހަރުގެ ސީޒަންގައި މި ރެކޯޑް އޭނާ މުގުރާލާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު