Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީގެ ކުރިމަގާ މެދު ވަކި ގޮތެއް ނުނިމޭ!

ބާސެލޯނާގެ ބޯޑުގެ ބައެއް މެމްބަރުން ބޭނުން ވަނީ ކޯޗުކަމުން ޒަވީ ވަކި ކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2024 | އަންގާރަ 07:36
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޒަވީ ހެނާންޑޭޒްގެ ކުރިމަގާ މެދު ވަކި ގޮތެއް ނުނިމޭ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ބާސެލޯނާގެ ކެޕްޓަންކަން މީގެ ކުރިން ކޮށްފައިވާ އެ ކުލަބުގެ ލެޖެންޑް، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ބާސެލޯނާގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، މިއަހަރުގެ ކުރީ ކޮޅު ޒަވީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. އެގޮތުން މި ސީޒަން ނިމުމާއެކު، ބާސެލޯނާގެ ކޯޗުކަމުން ދުރަށް ދާނެކަމަށް ޒަވީ ވަނީ އިއުލާން ކޮށްފަ އެވެ.

އެހެން ނަމަވެސް، ޒަވީ ވަނީ ފަހުން އެ ނިންމުން ބަދަލުކޮށްފަ އެވެ. އެއީ ބާސެލޯނާގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ބާސެލޯނާ އިން ބޭނުންވީ އެ ކުލަބުގެ ކޯޗަކަށް ޒަވީ ބެހެއްޓުމަށެވެ. އެ މަޝްވަރާތަކަށްފަހު ޒަވީ ވަނީ ކުލަބުގައި މަޑު ކުރަން އެއްބަސްވެފަ އެވެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަވީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. އަދި ބާސެލޯނާގެ އިސްވެރިންގެ ނުރުހުން ވަނީ ޒަވީ އަށް އަމާޒުވެފަ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޒަވީގެ ކުރިމަގާ މެދު ބާސެލޯނާ އިން ވަކި ނިންމުމެއް މިހާތަނަށް ނުނިންމަ އެވެ. އަދި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ، ކުރިއަށް އޮތް ދުވަސްތަކުގައި ޒަވީއާ ބައްދަލު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ޒަވީގެ ކުރިމަގާ މެދު ގޮތެއް ނިމޭނީ އެއަށްފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ބާސެލޯނާގެ ބޯޑުގެ ބައެއް މެމްބަރުން ބޭނުން ވަނީ ކޯޗުކަމުން ޒަވީ ވަކި ކުރާށެވެ.

ބާސެލޯނާ އިން އޮތީ ޒަވީ ދޫކޮށްލަން ޖެހިއްޖެ ނަމަ، އެ ޙާލަތަށް ވެސް ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ކޯޗުކަމުން ޒަވީ ވަކިކޮށްފި ނަމަ، ދެން އަންނަ ސީޒަނަށް ގެންނާނެ ކޯޗުންގެ ނަންތަކެއް ވެސް ބާސެލޯނާގެ އަތުގައި އޮތް ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު