Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބަޔާނުން ސީޒަން ނިންމާލަން ޖެހުނީ ބައްޔަކުން!

ލީގުގައި ކުޅުނު 34 މެޗުން އެ ޓީމަށް 72 ޕޮއިންޓު ލިބޭއިރު، ލީގު ނިންމާލަން ޖެހުނީ ތިން ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2024 | ހޮނިހިރު 20:52
މެޗުގައި ލަނޑު ޖެހުމަށްފަހު ހޮފެންހައިމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ހޮފެންހައިމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބަޔާން މިއުނިކުން ބައްޔަކާއެކު ސީޒަން ނިންމާލަން ޖެހިއްޖެ އެވެ.

ހޮފެންހައިމްގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗަކީ މި ސީޒަންގެ ޖަރުމަނު ލީގު އަދި މުޅި ސީޒަންގައި ވެސް ބަޔާންގެ ފަހު މެޗެވެ. އެ މެޗުން ބަޔާން ބަލިވީ ލަނޑު ޖަހައި ލީޑު ވެސް ހޯދާފައި ވަނިކޮށް، 4-2 އިންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މަތީސް ޓެލް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ތޯމަސް މުލާ އެވެ. އޭގެ ދެ މިނެޓު ފަހުން ބަޔާންގެ ދެ ވަނަ ލަނޑު ޖަހަައި ލީޑު ފުޅާކޮށްދިނީ އަލްފަންސޯ ޑޭވިސް އެެވެ. އޭނާ އެ ލަނޑު ޖެހީ ޓެލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބަޔާނުން ދެ ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ހޮފެންހައިމްގެ ފުރަތަމަ ލަނޑު ޖެހީ މެކްސިމިލިއަން ބެއީ އެވެ. ހޮފެންހައިމުން އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މެޗުގެ ފަހު ހާފުގަ އެވެ. ތިން ލަނޑު ވެސް ޖެހީ އެންޑްރެޖް ކްރަމަރިކް އެވެ. އޭނާ ލަނޑުތައް ޖެހީ މެޗުގެ 68 ވަނަ މިނެޓު، 85 ވަނަ މިނެޓު އަދި 87 ވަނަ މިނެޓުގަ އެވެ.

މިއީ މި ސީޒަންގައި ބަޔާންގެ އަށް ވަނަ ބައްޔެވެ. ލީގުގައި ކުޅުނު 34 މެޗުން އެ ޓީމަށް 72 ޕޮއިންޓު ލިބޭއިރު، ލީގު ނިންމާލަން ޖެހުނީ ތިން ވަނައިގަ އެވެ. ބަޔާން އަތުން ހޯދި މޮޅާއެކު ހޮފެންހައިމުން ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޖާގައެއް ހޯދައިފަ އެވެ. ލީގުގައު ކުޅުނު 34 މެޗުން 46 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު