Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނަައިޓެޑު

ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ޓެން ހާގް ދިނީ، އެފްއޭ ކަޕް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން

ޓެން ހާގް ބުނީ، ޔުނައިޓެޑުގެ ސަޕޯޓަރުންނަކީ އެންމެ ރަނގަޅު އަދި ކުލަބު ދެކެ އެންމެ ލޯބިވާ ސަޕޯޓަރުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2024 | ބުރާސްފަތި 07:30
މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނާ ޓެން ހާގް ވާހަކަ ދައްކަނީ

މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނާ ޓެން ހާގް ވާހަކަ ދައްކަނީ

އިނގިރޭސި އެފްއޭ ކަޕް މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން، އެ ކުލަބުގެ ސަޕޯޓަރުންނަށް ކޯޗު އެރިކް ޓެން ހާގް ދީފި އެވެ.

ޓެން ހާގް މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ޔުނައިޓެޑުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުންނެވެ. މި މަހުގެ 25 ވަނަ ދުވަހު އޮންނަ އެފްއޭ ކަޕްގެ ފައިނަލްގައި ޔުނައިޓެޑު ނިކުންނާނީ، ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޔުނައިޓެޑުގެ ސަޕޯޓަރުންނަކީ އެންމެ ރަނގަޅު އަދި ކުލަބު ދެކެ އެންމެ ލޯބިވާ ސަޕޯޓަރުން ކަމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން ޔުނައިޓެޑަށް ލިބެމުން އަންނަ ސަޕޯޓާއި، ހިތްވަރަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އަދި އަބަދު ވެސް ސަޕޯޓަރުން ތިބޭނީ ކުލަބާއެކު ކަމަށާއި، ކުލަބު ދެކެ ސަޕޯޓަރުން އިންތިހާ އަށް ލޯބިވާ ކަމުގައި ވެސް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، ޔުނައިޓެޑުގައި ތިބި އެންމެހާ ކުޅުންތެރިން، އެފްއޭ ކަޕްގެ ތަށި ޔުނައިޓެޑުގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ސަޕޯޓަރުންނަށް ދޭން ބޭނުންވާ ކަމަށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ޔުނައިޓެޑުގައި ތިބި ކުޅުންތެރިންނަށް އެކަން ކުރެވޭނެ އެވެ. އަދި އެ ކުޅުންތެރިންނަކީ އެ ފެންވަރު ހުރި ކުޅުންތެރިން ކަމަށް ވެސް އޭނާ ޤަބޫލު ކުރެ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ނަތީޖާ ދަށްވެފައިވާތީ ޓެން ހާގަށް ޕްރެޝަރު ބޮޑުވެ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން، ޔުނައިޓެޑު މޮޅުވެފައި ވަނީ 17 މެޗުންނެވެ. 14 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގު ތާވަލްގައި ޓެން ހާގް އޮތީ އަށް ވަނައިގަ އެވެ. ނިއުކާސަލް އަތުން ހޯދި މޮޅާއެކު ޔުނައިޓެޑުން ވަނީ ކުރިއަށް ދިއުމުގެ އުންމީދެއް ހޯދައިފަ އެވެ.

އިނގިރޭސި އެފްއޭ ކަޕްމެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު