Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

އެމްބުއޭމޯ ޔުނައިޓެޑަށް

22 ޖުލައި 2025 | އަންގާރަ 05:45

ޔުނައިޓެޑާ އެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2025 | އަންގާރަ 05:45
ޔުނައިޓެޑުގެ އެއްބަސްވުމުގައި އެމްބުއޭމޯ ސޮއި ކުރަނީ

ޔުނައިޓެޑުގެ އެއްބަސްވުމުގައި އެމްބުއޭމޯ ސޮއި ކުރަނީ

ބްރެންޓްފޯޑަށް ކުޅެމުން އައި ކެމަރޫންގެ ބްރަޔާން އެމްބުއޭމޯ، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.

ބްރެންޓްފޯޑު ދޫކޮށްލުމަށް ފަހު އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑާ އެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ވާ ގޮތުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އޭނާ ހޯދުމަށް ޔުނައިޓެޑުން ވަނީ 70 މިލިއަން ޕައުންޑު ހޭދަކޮށްފައި ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޔުނައިޓެޑުގައި އެމްބުއޭމޯ ބޭނުން ކުރާނީ 19 ނަންބަރު ޖާޒީ އެވެ. ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ، ޔުނައިޓެޑަކީ އޭނާގެ ހުވަފެނީ ކުލަބު ކަމަށެވެ. އަދި ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު ލިބުނު އިރަށް، ވީ އެންމެ އަވަހަށް އެ ފުރުސަތުގެ ބޭނުން ހިފަން ބޭނުންވި ކަމަށް އެމްބުއޭމޯ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ ޔުނައިޓެޑުގެ ޖާޒީ އަކީ އޭނާ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ލަމުން އައި ޖާޒީއެއް ކަމަށެވެ. މިހާރު ޔުނައިޓެޑަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެމްބުއޭމޯ ބުންޏެވެ. ޔުނައިޓެޑާ އެކު ކުރިއަށް ގޮސް، އެ ކުލަބާ އެކު ކާމިޔާބީތަކެއް ހޯދަން ބޭނުންވެފައި ހުރި ކަމަށް ވެސް އެމްބުއޭމޯ ބުންޏެވެ.

އެމްބުއޭމޯ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އޭނާ ހޯދުމުގެ މަސައްކަތް ބައެއް އެހެން ކުލަބުތަކުން ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން ޗެލްސީ އިން ވެސް ވަނީ އެމްބުއޭމޯ ހޯދުމަށް މަސައްކަތް ކޮށްފައި ކަމަށް ބުނެފައިވެ އެވެ.

އެމްބުއޭމޯ ވަނީ އޭނާ ބްރެންޓްފޯޑަށް ކުޅެދިން 242 މެޗުގައި 70 ލަނޑު ޖަހައިފަ އެވެ. ބްރެންޓްފޯޑަށް ބަދަލުވުމުގެ ކުރިން އެމްބުއޭމޯ ވަނީ ޓްރޮޔީސް އަށް ވެސް ކުޅެފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 މެއި 2017

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
29 އެޕްރީލު 2017

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ
24 އެޕްރީލު 2017

ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!

24 އެޕްރީލު 2017
ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!
07 އެޕްރީލު 2017

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް