Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާ ލެވަކޫސަން

ލެވަކޫސަންގެ ކޯޗަކަށް ޓެން ހާގް ހަމަޖައްސައިފި

ލެވަކޫސަންގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމަށް އިރުޝާދު ދޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2025 | ބުދަ 06:16
ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހަމަޖެއްސި އެރިކް ޓެން ހާގް

ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހަމަޖެއްސި އެރިކް ޓެން ހާގް

ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗަކަށް، ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަމަޖައްސައިފި އެވެ.

ލެވަކޫސަންގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ޒަބީ އަލޮންސޯ ވަކިވުމުންނެވެ. ލެވަކޫސަން އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އުވާލުމަށް ފަހު، އަލޮންސޯ ހަވާލުވީ ސްޕެއިންގެ ރެއާލް މެޑްރިޑާ އެވެ.

ލެވަކޫސަން އިން ވަނީ އެ ޓީމުގެ ކޯޗަކަށް އުމުރުން 55 އަހަރުގެ ޓެން ހާގް ހަމަޖައްސައިފި އެވެ. ލެވަކޫސަންގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމަށް އިރުޝާދު ދޭނެ އެވެ.

ލެވަކޫސަން އިން މިހާރު ވަނީ އެ ޓީމުގެ ކޯޗު ކަމަށް ޓެން ހާގް ހަމަޖައްސައި، އޭނާ އާއެކު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އަދި އެ ޓީމުގެ ކޯޗުގެ ގޮތުގައި ވަނީ ޓެން ހާގް ދައްކާލާފައި އެވެ.

ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނެފައި ވަނީ، އެ ޓީމަކީ ބޮޑު ޓީމެއް ކަމަށާއި، މާޒީގައި އެ ޓީމުން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ލެވަކޫސަން ކުރިއަށް ގެންގޮސް އެ ޓީމަށް ކާމިޔާބުތަކެއް ހޯދައި ދިނުން ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ލެވަކޫސަންގެ ކުރިން ޓެން ހާގް އިރުޝާދު ދިނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. އެ ޓީމުގެ ކޯޗަކަށް 2022 ވަނަ އަހަރު އޭނާ ހަމަޖެއްސީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެްއްގެ ދަށުންނެވެ. ނަަމަވެސް، މިދިޔަ އަހަރު ވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކޮށްފަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ.

ނަމަވެސް، ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ އެފްއޭ ކަޕްގެ އިތުރުން ކަރަބޯ ކަޕް އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅެފައި ވަނީ 128 މެޗެވެ.

ގޯ އަހެޑް އީގަލްސް އިން 2012 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓެން ހާގް އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ އަޔެކްސްގަ އެވެ. އެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އަޔެކްސް އިން ވަނީ 215 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 70 މެޗުން މޮޅުވެފަ އެވެ. 23 މެޗު އެއްވަރުވެފައިވާއިރު، 35 މެޗުން ވަނީ ބަލިވެފަ އެވެ.

ޓެން ހާގްގެ އިރުޝާދުގެ ދަށުން އަޔެކްސް އިން ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. 2022 ވަނަ އަހަރު އޭނާ އަޔެކްސްގެ ކޯޗުކަން ދޫކޮށްލީ ޔުނައިޓެޑާ ހަވާލުވުމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު